24 ސެޕްޓެމްބަރ 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ބަންދު ރިވިއު ކުރަން ކްރިމިނަލް ކޯޓަށް މިރޭ ހާޒިރު ކުރުމަށް ފަހު، އެކަން އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ބަންދު ރިވިއު ކުރަން ކްރިމިނަލް ކޯޓަށް މިރޭ ހާޒިރު ކުރުމަށް ފަހު، އެކަން އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިއަދު ކޯޓަށް ހާޒިރު ކުރީ އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކުރިން ނެރެފައިވާ އަމުރު ރިވިއު ކުރަން އެ ބޭފުޅުންގެ ފަރާތުން ހުށަހެޅުމުންނެވެ. އެ ބޭފުޅުންގެ އިތުރުން ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް މިއަދު ކޯޓަށް ހާޒިރުކުރި އެވެ.
އެ ބޭފުޅުންގެ ބަންދު ރިވިއު ކުރުން އެހެން ދުވަހަކަށް ފަސް ކުރުމަށް ފަހު، އެ ހަތަރު ބޭފުޅުންނަކީ ވެސް ކުށްތަކެއް ސާބިތުވެ ހުކުމެއް އައިސްފައިވާ ބޭފުޅުން ކަމަށް ވާތީ އެވެ.
އެހެން މައްސަލައެއްގައި އެ ބޭފުޅުންގެ މައްޗަށް އެކި މުއްދަތުގެ ޖަލު ހުކުމްތައް އައިސްފައި ވަނިކޮށް، އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރު ބާތިލް ކުރިޔަސް، އެ ބޭފުޅުން ބަންދުން މިނިވަން ނުވާނެތީ އެކަން އެހެން ދުވަހަކަށް ފަސްކުރީ ކަމަށް ކޯޓުން ބުންޏެވެ.
މައުމޫން މިހާރު ވެސް ގެންދަވަނީ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދަށް ވެސް ތަފާތު ދެ މައްސަލައެއްގައި ދެ އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އިއްވާފައިވާއިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސް ގެންދަވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
މީގެ އިތުރުން ހަސަން ސައީދުގެ މައްޗަށް ވެސް ވަނީ އެހެން މައްސަލައަކާ ގުޅިގެން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ.
މައުމޫނާއި ކުރީގެ ދެ ފަނޑިިޔާރުންނާއި ފާރިސް އާއި ހަސަންގެ މައްސަލާގައި މިރޭ ގޮތެއް ނުނިންމިޔަސް، ބަންދުގައި ތިބި އިދިކޮޅު ތިން މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފް ވަނީ ކޯޓުން މިރޭ މިނިވަންކޮށްފަ އެވެ.
ހަ ބޭފުޅެއްގެ ޝަރީއަތުގެ މަރުހަލާ ކުރިއަށްދާނީ އެއްކޮށް
މައުމޫނާއި ދެ ފަނޑިޔާރުންގެ އަޑުއެހުން ފަސްކޮށްފި
ދިފާއީ ހެކިބަސް ނުނަގާނެ، ފަހު އަޑުއެހުން ބާއްވަނީ
"މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ފުލުހުންނަށް ނުދޭ"
މައުމޫނާއި ދެ ފަނޑިިޔާރުންގެ ޝަރީއަތް މިރޭ ކެންސަލް
ވަކީލުން ނެތަސް ޝަރީއަތުގައި ހެކިބަސް ނެގުން ކުރިއަށް
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން
މައުމޫނާއި ދެ ފަނޑިޔާރުންގެ މިއަދުގެ އަޑުއެހުން ކެންސަލް
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ