12 މެއި 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާ ބޭއްވުމަށް ތާވަލްކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާ ބޭއްވުމަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި އޮތީ ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެކެވެ. މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ އަންގާރަ ދުވަހު ވެސް ބޭއްވި އެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޮތީ ކުރިއަށް ގެންދިޔައީ މައުމޫންގެ ބައި ނުލަ އެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ބޮޑުވުމާ ގުޅިގެން އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް މީގެ ކުރިން ފުލުހުން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ. މައުމޫންގެ ޝަރީއަތް ކޯޓުގައި ތާވަލްކޮށްފައިވާއިރު، އެމަނިކުފާނު އިއްޔެ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވި އެވެ.
މީގެއިތުރުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތެއް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް މިދިޔަ ހަފްތާގައި ވަނީ ދެ ހުކުމެއް އިއްވައިފަ އެވެ. އެއީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަން ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވިކަން ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ކުރި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ޢަލީ ހަމީދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވިކަން ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
މީގެއިތުރުން ކުރީ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތް ވެސް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެއް ވަނީ ތާވަލްކޮށްފަ އެވެ.
ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު
މައުމޫނާއި ދެ ފަނޑިޔާރުންގެ އަޑުއެހުން ފަސްކޮށްފި
ދިފާއީ ހެކިބަސް ނުނަގާނެ، ފަހު އަޑުއެހުން ބާއްވަނީ
"މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ފުލުހުންނަށް ނުދޭ"
މައުމޫނާއި ދެ ފަނޑިިޔާރުންގެ ޝަރީއަތް މިރޭ ކެންސަލް
ވަކީލުން ނެތަސް ޝަރީއަތުގައި ހެކިބަސް ނެގުން ކުރިއަށް
ދެ ފަނޑިޔާރުންގެ ވަކީލުން ވެސް މައްސަލަ ދޫކޮށްލައިފި