04 މެއި 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާއަކާ ގުޅޭ ޝަރީއަތެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާއަކާ ގުޅޭ ޝަރީއަތެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.
މާދަމާ ހެނދުނު އޮތީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލާފައިވާ ދައުވާގެ އަޑުއެހުމެކެވެ. މިއީ ސިއްރު ކޮށްގެން ކުރިއަށް ގެންދާ އަޑުއެހުންތަކެކެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ފަރާތުން އެ މައްސަލައާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ އެއްވެސް އެއްވެސް ހުށަހެޅުމެއް ބަލައި ނުގަތުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތަށް، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ފަނޑިޔާރު އަލީ ހަމީދު ގެންދަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ގިނަ އަދަދެއްގެ ދައުވާތަކާ ގުޅޭ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
އެގޮތުން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނެ، އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ވެސް އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ. އެ ދައުވާ ކުރަނީ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން މެދުކަނޑާލަން އެންގެވި ކަމަށް ބުނެ އެވެ. މި ދައުވާ އަށް އެމަނިކުފާނު މީގެ ކުރިން ވަނީ އިންކާރު ކުރައްވައިފަ އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތަށް، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގެންދަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އާދިއްތަ ދުވަހު އޮންނަ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހެކި ބަސް ނެގުން އޮންނާނެ އެވެ. މި މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ތެރެއިން އެކަކު ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހެކި ބަސް ދީފަ އެވެ.
މީގެއިތުރުން، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ދެވަނަ އަޑުއެހުމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ދެވަނަ އަޑުއެހުން އާދިއްތަ ދުވަހު އޮންނާނެ އެވެ.
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު
މައުމޫނާއި ދެ ފަނޑިޔާރުންގެ އަޑުއެހުން ފަސްކޮށްފި
ދިފާއީ ހެކިބަސް ނުނަގާނެ، ފަހު އަޑުއެހުން ބާއްވަނީ
"މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ފުލުހުންނަށް ނުދޭ"
މައުމޫނާއި ދެ ފަނޑިިޔާރުންގެ ޝަރީއަތް މިރޭ ކެންސަލް
ވަކީލުން ނެތަސް ޝަރީއަތުގައި ހެކިބަސް ނެގުން ކުރިއަށް
ދެ ފަނޑިޔާރުންގެ ވަކީލުން ވެސް މައްސަލަ ދޫކޮށްލައިފި