06 ނޮވެމްބަރ 2024
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ ވަކީލެއްގެ ގޮތުގައި އެންވަޔަރްމަންޓް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޣިބު އަހުމަދު ވަކާލާތު ކުރުމުގައި ހުރަހެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ ވަކީލެއްގެ ގޮތުގައި އެންވަޔަރްމަންޓް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޣިބު އަހުމަދު ވަކާލާތު ކުރުމުގައި ހުރަހެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ދަށު ކޯޓުން މިހެން ނިންމި އިރު މިދިޔަ ހަފްތާގައި ހައި ކޯޓުން ވަނީ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމައިފަ އެވެ.
ކޭ ޕާކް ހަދަމުންދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ކުރެ އެވެ. އެއީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ 50 ދައުވާއެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ ކުރާ ފުރަތަމަ މައްސަލަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަމްދޫހުގެ ދިފާއީ ވަކީލެއްގެ ގޮތުން ރާޣިބް ހުންނެވުމުން ދައުލަތުން އެކަމަށް އިއުތިރާޒްކޮށް، ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު ވަކާލާތު ކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި އަދި އެއީ ވަކީލުން ސުލޫކާ ޚިލާފް ކަމެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި ރާޣިބް ވަކާލާތުކުރި އެހެން މައްސަލައެއްގައި، އޭނާއަށް ދިފާއީ ވަކީލެއްގެ ގޮތުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ދާދިފަހުން ހައި ކޯޓުން ނިންމިކަން ދައުލަތުން ފާހަގަކުރި އެވެ.
ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީީ އެ މީހަކު އިިހްތިޔާރުކުރާ ވަކީލަކު ހަމަޖެއްސުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށެވެ. އަދި ހައި ކޯޓުން އެގޮތަށް ނިންމާފައި އޮތް ނަމަވެސް ރާޣިބްގެ އެ އަމަލަކީ ސުލޫކާ ޚިލާފް އަމަލެއްކަން ނުވަތަ ނޫންކަން ކޯޓަށް ނުނިންމޭނެ ކަމަށާއި އެކަން ކުރެވޭނީ ބާ ކައުންސިލަށް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވަކީލުންގެ ސުލޫކާ ގުޅޭގޮތުން ކޯޓަށް ފިޔަވަޅު އެޅޭނީ ޝަރީއަތުގެ މަޖިލީހުގައި ހިނގާ ކަންކަމާ ގުޅިގެން އެކަނި ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
އެހެންވެ، ރާޣިބަށް އެ މައްސަލާގައި ދިފާއީ ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.
ދާދިފަހުން ރާޣިބް ދިފާއީ ވަކީލެއްގެ ގޮތުގައި ވަކާލާތުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގަ އެވެ. ނަމަވެސްސިޔާސީ މަގާމެއްގައި ހުރެގެން ވަކާލާތު ކުރާތީ ދައުލަތުން ހައި ކޯޓުގައި އެކަން ފާހަގަ ކުރުމުން، އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އަންގާފައިވަނީ ސިޔާސީ މަގާމުތަކުގައި ތިބެގެން ދިފާއީ ވަަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ހައި ކޯޓުން ވެސް ނިންމާފައި އޮތީ ރާޣިބަށް އެ މައްސަލާގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ.
100 ދައުވާ އުފުލާފައިވާ މަންޑޭގެ ޝަރީއަތް ފަށައިފި
ސާހިލަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދެނީ
ބަންދުގައި ހުރެގެން ނާޒިމް ވަކާލާތުކުރާތީ ފާޑުކިޔުން
ޕީޖީ ވަކީލުން ޝަރީއަތުގައި"ސަކަރާތް ޖަހާތީ" އިންޒާރެއް
ގިނަ ޝަރީއަތްތައް ކެންސަލްވީ އިދާރީ މައްސަލަތަކާ ހެދި
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން
ދެ ގާޒީން ހައްޔަރުކުރަން ސުއޫދު ގޮވާލައިފި
ވަކީލް ސިރާޖްގެ ބަންދަށް ހަ ދުވަސް އިތުރުކޮށްފި
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން
"ދެ ފަނޑިޔާރުންނަށް ހުކުމްކުރީ އަވަސް އަރުވާލައިގެން"