10 މެއި 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށްލާން ހުކުމްކުރި މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ އަވަސް އަރުވާލައިގެން ކަމަށާއި އެ ބޭފުޅުން ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ވަކީލުން ބުނެފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށްލާން ހުކުމްކުރި މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ އަވަސް އަރުވާލައިގެން ކަމަށާއި އެ ބޭފުޅުން ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ވަކީލުން ބުނެފި އެވެ.
ޖެމްސް ސިސްޓަމް ހުއްޓުމަކަށް ގެންނަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ އަންގާރަ ދުވަހު ވަނީ އިއްވައިފަ އެވެ. އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އެ ދެ ބޭފުޅުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ވަކީލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފުރުސަތުތައް ދިނުމެއް ނެތި އަވަސް އަރުވާލައިގެން ކަމަށެވެ. އެގޮތުން، ޖެމްސް ސިސްޓަމް ޑައުންކުރަން އެންގި މައްސަލާގައި ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފެށުމަށް ފަހު ބޭއްވީ ތިން އަޑުއެހުން ކަމަށާއި އަދި ނުފޫޒު ފޯރުވި މައްސަލާގައި ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފެށުމަށް ފަހު ބޭއްވީ ދެ އަޑުއެހުމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"ދައުވާއިން ބަރީއަވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. އެ ފުރުސަތު ދިނުމެއް ނެތި ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އިންސާފުވެރި ޝަރީއަތެއްގެ ހައްގުން މަހްރޫމް ވެގެންދާނެ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން، ނުފޫޒު ފޯރުވި މައްސަލާގައި ދެ ފަނޑިޔާރުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވަނީ އެ މައްސަލާގައި ހެކިބަސް ދިން ދެ ފަނޑިޔާރަކު "އުފެއްދި ތުހުމަތަށް" އެކަނި ރިއާޔަތް ކޮށްގެންނެވެ. އަދި ފަނޑިޔާރަކު ނުފޫޒެއްގައި ޖެހުމަކީ އެކަމެއްގެ ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އެ ފަނޑިޔާރަކު އުފުލަން ޖެހޭނެ ކަމަށް އެ ހުކުމުގައި ފާހަގަ ކޮށްފައިވާއިރު، އެ މައްސަލާގައި ހެކިބަސް ދިން އެ ފަނޑިޔާރުންގެ ހެކިބަހަށް ރިއާޔަތްކޮށް، އެ މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވަނީ އިސްލާމީ ޝަރީއަތާއި ކޯޓުތަކުން ކުރިން ނިންމާފައި ހުރި މައްސަލަތަކާ ޚިލާފަށް ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ނުފޫޒު ފޯރުވިކަމުގެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ސާބިތުވިއިރު، އެ އަމަލު ހިމަނައިގެން ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކީ ގާނޫނުގައި އަސާސީގައި ބުނާ އެއް ކުށަކަށް އަދަބު ނުދިނުމުގެ އުސޫލާ ޚިލާފް ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ދެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފް ކުރަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ އާބިޓްރަރީކޮށް، ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ދެ ފަނޑިޔާރުންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފްގެ ހުރިހާ މަރުހަލާއަކުން ދަމަހައްޓައިފި ނަމަ އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން އޮޓަމެޓިކުން ވަކިވާނެ އެވެ.
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން
ދެފަނޑިޔާރުންގެ ހައްގު ވަނީ ނިގުޅައިގެންފައި: ވަކީލުން
ވަކީލުންގެ ބައްދަލުވުންތައް އެކަށީގެންވާ ގޮތެއްގައި ދެނީ
އަބްދުﷲ ސައީދާއި އަލީ ހަމީދަށް ކުރި ދައުވާއެއް ބާތިލް
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
ފޯނު ނުދިން މައްސަލާ އިއްވި ހުކުމް އިސްތިއުނާފަށް
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު
މައުމޫނާއި ދެ ފަނޑިޔާރުންގެ އަޑުއެހުން ފަސްކޮށްފި
ދިފާއީ ހެކިބަސް ނުނަގާނެ، ފަހު އަޑުއެހުން ބާއްވަނީ