04 މެއި 2018
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ގިނަ ހައްގުތައް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށް އެ ބޭފުޅުންގެ ވަކީލުން ރޭ ބުނެފި އެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ގިނަ ހައްގުތައް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށް އެ ބޭފުޅުންގެ ވަކީލުން ރޭ ބުނެފި އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭފުޅުންނާ ދެކޮޅަށް ދައުވާ ކުރާ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން، ދައުވާ ލިބޭ ބޭފުޅުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ކަމަށެވެ.
ދައުވާ އިން ދިފާއުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށް ވާއިރު، އެ ހައްގު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށް ވެސް ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ ތެރެއިން އެއް ކަމެއް ގޮތުގައި ވަކީލުން ފާހަގަކުރީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއެއްގެ އަޑުއެހުން ތާވަލް ކޮށްފައި ވަނިކޮށް، ވަކީލުން ވަންނަން ޖެހޭ އެހެން އަޑުއެހުމެއް ތާވަލް ކުރައްވައި ކޮންމެވެސް އެއް އަޑުއެހުމަކަށް ވަންނަން ވަކީލުންނަށް މަޖުބޫރު ކުރުމެވެ. އެކަމުގެ ސަބަބުން އުއްތަމަ ފަނޑިޔާރަށް ވަކީލުންގެ އެހީތެރިކަން ލިބުމުގެ ހައްގުން މަހްރޫމްވި ކަމަށް ބަޔާނުގައި ވެ އެވެ.
އުއްތަމަ ފަނޑިޔާރު އިއްޔެ އޮތް ޝަރީއަތުގެ އަޑުއެހުމަކަށް ހާޒިރު ކުރަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް މިދިޔަ ފެބްރުއަރީ 1 ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިނގި ކަންތައްތަކާ އެކު، ފުލުހުން ނެގި ބަޔާންތަކެއް ލީކްވެފައިވާ ދަނޑިވަޅުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލާފައިވާ ދައުވާގެ އަޑުއެހުމާ ގުޅޭ ގޮތުން ވެސް ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ހެކި ބަސް ދެއްވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކަމަށް ބެލެވޭ ކަމަށް ވަކީލުން ބުނެ އެވެ. ވަކީލުން ބުނި ގޮތުގައި އެ މައްސަލަ ބައްލަވަނީ އާދަމް އާރިފެވެ.
ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށް ވަކީލުން ބުނީ އާދަޔާ ޚިލާފު ބާރުމިނުގައި އަޑުއެހުން ކުރިއަށް ގެންދަވަނީ އިންސާފު ގާއިމުކުރުމުގެ ބަދަލުގައި އެހެން މަގްސަދެއްގައި، އަދި ނުފޫޒުގަދަ ބައެއްގެ ނުފޫޒުން ކަން ތުހުމަތު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެހެންވެ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް އިޖުރާއަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށާއި ގާނޫނުއަސާސީން ލިބޭ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ވަކީލުން ވަނީ ގޮވާލައިފަ އެވެ. އަދި އެ ހައްގުތައް ލިބޭކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ވަކީލުން ގޮވައިލި އެވެ.
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން
"ދެ ފަނޑިޔާރުންނަށް ހުކުމްކުރީ އަވަސް އަރުވާލައިގެން"
އަލީ ހަމީދާއި ހަސަން ސައީދުގެ ހެކި ބަހެއް ނުނެގި!
ވަކީލުންގެ ބައްދަލުވުންތައް އެކަށީގެންވާ ގޮތެއްގައި ދެނީ
ގިނަ ޝަރީއަތްތައް ކެންސަލްވީ އިދާރީ މައްސަލަތަކާ ހެދި
އަބްދުﷲ ސައީދާއި އަލީ ހަމީދަށް ކުރި ދައުވާއެއް ބާތިލް
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
ފޯނު ނުދިން މައްސަލާ އިއްވި ހުކުމް އިސްތިއުނާފަށް
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު