ކ. ހިންމަފުށީ ކައުންސިލުން ކޮންމެ އަހަރަކު، ރަށުގެ ރައްޔިތަކު ހައްޖަށް ފޮނުވުމަށް މިއަދު ނިންމައިފި އެވެ. މިއީ ރަށެއްގެ ކައުންސިލަކުން ބަޔަކު ހައްޖަށް ފޮނުވަން ނިންމި ފުރަތަމަ ފަހަރެވެ.
18 ޖުލައި 2016
ކ. ހިންމަފުށީ ކައުންސިލުން ކޮންމެ އަހަރަކު، ރަށުގެ ރައްޔިތަކު ހައްޖަށް ފޮނުވުމަށް މިއަދު ނިންމައިފި އެވެ. މިއީ ރަށެއްގެ ކައުންސިލަކުން ބަޔަކު ހައްޖަށް ފޮނުވަން ނިންމި ފުރަތަމަ ފަހަރެވެ.
އެ ރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޝަރުތުހަމަވާ މީހުން އެކަމަށް އެދޭ ފޯމު އޮގަސްޓު 24 ގެ ކުރިން ކައުންސިލަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ހިންމަފުށީ ކައުންސިލުން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން އެ ރަށު މީހުން ހައްޖަށް ގެންދިއުމަށެވެ.
ހައްޖަށްދާ މީހުން ކަނޑައަޅާނީ ކައުންސިލުގެ އުސޫލާ އެއްގޮތަށް ހާއްސަ ކޮމެޓީއަކުން ޝަރުތު ހަމަވާ ފަރާތްތަކަށް ބަލާ ގުރުއަތުންނެވެ. ހިންމަފުށީ މީހުން ހައްޖަށް ފޮނުވަނީ ކައުންސިލްގެ ބަޖެޓުންނެވެ.
ހިންމަފުށީ މީހުން ހައްޖަށް ފޮނުވަން ނިންމީ ހައްޖުގެ އަޅުކަން އަދާކުރުމަށް ހިތްވަރު ދިނުމާއި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް ދީނީ ރޫހު އާލާ ކުރުމުގެ މަގްސަދުގައި ކަމަށް ކައުންސިލުން ބުނެ އެވެ.
ކައުންސިލުން އާންމުކުރި މުހިންމު އުސޫލުތަކުގައިވާ ގޮތުން ހައްޖަށް ދިއުމުގެ ފުރުސަތު އޮތީ ހިންމަފުށީގައި ރަށްވެހިވެފައިވާ މީހަކަށްވުމާއި ފިރިހެނަކުނަމަ، އުމުރުން 40 އަހަރުވުމާއި އަންހެނަކުނަމަ، އުމުރުން 45 އަހަރުވުމާއި މީގެ ކުރިން ހައްޖު އަދާކޮށްފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.
ހިންމަފުށީ ކައުންސިލުން ނިންމާފައި ވަނީ ހައްޖު ކޯޕަރޭޝަނާ ގުޅިގެން މީހުން ހައްޖަށް ފޮނުވުމަށެވެ. އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާނަމަ، މީހެއްގެ އަތުން 70،000 އެއްހާ ރުފިޔާ ނަގަ އެވެ.
ހައްޖަށް ދާން ހިންމަފުށިން ހޮވުނީ ރާފިއާ ރަގީބް
ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި
ހައްޖުވެރިން 15 ދުވަހަށްވުރެ އިތުރަށް މައްކާގައިތިބޭނެ
މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް
މޯލްޑިވިއަން އެއާލައިންގައި ދިވެހިން ހައްޖަށް
އެއާޕޯޓަށް ބާރުބޮޑުވާނެތީ އަވަހަށް ޗެކިން ވާން އެދެފި
ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ 26 ގައި
ހައްޖަށް ސައުދީގައި ތިބޭ މުއްދަތު މިފަހަރު ކުރުވެއްޖެ
މިއަހަރު ހައްޖުކިއުގައި ތިބި އެންމެންނަށް ފުރުސަތު ދެނީ
އަލަަށް ހައްޖުވާން އިސްކަންދޭ ގޮތަށް އުސޫލު ހަދައިފި