20 މާޗް 2018
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އިމާރާތުގެ ޝީޓުން ބައެއް މިއަދު ވެއްޓިއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އިމާރާތުގެ ޝީޓުން ބައެއް މިއަދު ވެއްޓިއްޖެ އެވެ.
އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން ވިދާޅުވީ، ބިލަބޮންގް ސްކޫލްގެ ކުރިމަތީގައި ހުންނަ އެ އިމާރާތުގެ ޝީޓުން ބައެއް ވެއްޓުނީ މަރާމާތުގެ މަސައްކަތް ކުރަނިކޮށް ކަމަށް ބެލެވޭ ކަމަށެވެ.
އެ އިމާރާތް ބާވެފައި ވާތީ އެތަން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
"މިއަދު ކްލާސްތައް ނުނަގަން އަންގާފައި އޮންނާނީ. ދަރިވަރުންނަށް ގެއްލުމެއް ލިބޭނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން. އެހެންވެ އެހެން ދިމާއެއްގައި އެ ދަރިވަރުންގެ ކްލާސްތައް ނެގުމުގެ މަސައްކަތްތައް ކުރަމުން މި އަންނަނީ،" ޝާހީން ވިދާޅުވި އެެވެ.
"އެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ވެސް ކުރަމުން ދިޔައީ. އެކަމަކު އެ ކަން ހިނގި ފަހުން އަޅުގަނޑުމެން ވާނީ މަސައްކަތް ހުއްޓާލާފައި. ބޮޑަށް ބެލެވެނީ އެހެން ވެގެން ކަމަށް އެ ވެއްޓުނީ. އިޝޫތައް ފާހަގަކޮށް މައްސަލަ ހައްލުުކުރަމުން މި އަންނަނީ."
ޝީޓުން ބައެއް ވެއްޓުނީ އިމާރާތުގެ ސިޑިއާ ދިމާލުންނެވެ.
ޝާހީން ވިދާޅުވި ގޮތުގައި އިމާރާތުގައި ކްލާސްތައް ނުނަގަން އަންގާފައިވާނެ ކަމަށާއި އެތަނުން ދަރިވަރުން ނެރެފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް އެމްއެންޔޫގެ އެކި ފެކަލްޓީތައް ހިންގި، ބާ ޖަމާލުއްދީންގެ އިމާރާތް ވަނީ ހައުސިން މިނިސްޓްރީން ރަތް ނޯޓިސް ދިނުމާއެކު 2015 ގައި ހުސްކޮށްފަ އެވެ.
މުސާރައާއެކު ވެސް ޓީޗިންގެ ކޯސްތަކުގެ ޑިމާންޑަށް ބަދަލެއް ނާދޭ
އެމްއެންޔޫ އިންޓޭކަށް ބަދަލު ގެންނަ ވިސްނުން އެބަހުރި
ޕްރީ ސްކޫލާއި ކޮލެޖުތައް ބަންދުކުރަން އަންގައިފި
އެމްއެންޔޫގެ ބޮޑު ކެމްޕަހެއް ހުޅުމާލޭގައި އިމާރާތްކުރަނީ
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން 65 ދަރިވަރުން
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހަދައިފި
ސޮލާހުއްދީން ބިލްޑިންގް ތަޅާލައި އާ އިމާރާތެއް އަޅަނީ
އިންޖިނިއަރިން ފެކަލްޓީގެ އިމާރާތް ހުސް ކުރަނީ
އެމްއެންޔޫގެ އޯޕަންޑޭއެއް މާދަމާ ހަވީރު ބާއްވަނީ
ކަނޑޫމާ އިން ދިވެހި ޝެފުންނަށް ރަނުގެ ފުރުސަތެއް