10 އޮކްޓޯބަރ 2017
ދިވެހި ޝެފުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ އެކަށީގެންވާ ފުރުސަތުތަކެއް ފަހިވެފައި ނެތުމެވެ. ކެއްކުމުގެ ދާއިރާއިން އެތައް އެވޯޑްތަކެއް ހޯދަމުން އަންނަ މަޝްހޫރު ރިސޯޓެއް ކަމަށްވާ ހޮލިޑޭ އިން ކަނޑޫމާ ރިސޯޓުން ބުނަނީ ދިވެހި ޝެފުންނަށް ރަނުގެ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި އެކަމަކު ދިވެހި ޝެފުން ހޯދަން ދަތިވެފައިވާ ވާހަކަ އެވެ.
ދިވެހި ޝެފުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ އެކަށީގެންވާ ފުރުސަތުތަކެއް ފަހިވެފައި ނެތުމެވެ. ކެއްކުމުގެ ދާއިރާއިން އެތައް އެވޯޑްތަކެއް ހޯދަމުން އަންނަ މަޝްހޫރު ރިސޯޓެއް ކަމަށްވާ ހޮލިޑޭ އިން ކަނޑޫމާ ރިސޯޓުން ބުނަނީ ދިވެހި ޝެފުންނަށް ރަނުގެ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި އެކަމަކު ދިވެހި ޝެފުން ހޯދަން ދަތިވެފައިވާ ވާހަކަ އެވެ.
ކަނޑޫމާ ރިސޯޓުގެ އެގްޒެކްޓިވް އެސިސްޓެންޓް މެނޭޖަރު ހުސައިން ޝާހިދު ވިދާޅުވީ އެ ރިސޯޓުން އަބަދުވެސް ދިވެހި ޝެފުން ތަމްރީނު ކުރުމަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ. ނަމަވެސް ދިވެހިންގެ ފަރާތުން މި ތަމްރީނުތަކަށް އެކަށީގެންވާ ތަރުހީބެއް ލިބެމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެމްއެންޔޫގެ ފެކަލްޓީ އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީއާ ގުޅިގެން އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށް އެބަ ގެންދަން. މި ޕްރޮގްރާމްގެ ދަށުން ރިސޯޓްގެ ފަރާތުން ހަ މަސް ދުވަހުގެ ޓްރެއިނިން އެބަ ދެވޭ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރިސޯޓަށް ދާ ޝެފުންނަށް ތަމްރީނު ދެނީ، ބޭރުގެ ކަލިނަރީ ޗެލެންޖްތަކުގައި ފަނޑިޔާރުކަން ކޮށްފައިވާ އެ ރިސޯޓުގެ އެގްޒެކްޓިވް ޝެފް ވިންސެންޓް ޓޭން އެވެ.
ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި ކަނޑޫމާ އިން ހޯދި ބައެއް އެވޯޑްތަައް.
ޝެފް ވިންސެންޓްގެ ބެލެނިވެރިކަމުގެ ދަށުން ކަނޑޫމާ އިން ވަނީ ހޮޓެލް އޭޝިއާގެ ކަލިނަރީ ޗެލެންޖްގައި ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފަ އެވެ. އެގޮތުން މި އަހަރާއި، 2015 ގައި، އެ މުބާރާތުގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ "ބެސްޓް ކަލިނަރީ އެސްޓަބްލިޝްމަންޓް"ގެ އެވޯޑް ކާމިޔާބުކުރި އެވެ.
"އަޅުގަނޑުމެންނަށް ދިވެހި ޝެފުން ލިބެން ދަތިވެގެން އުޅޭއިރު، ބޭރު ޝެފުން ވަރަށް ރިކުއެސްޓް ކުރޭ މިކޮޅަށް ޓްރެއިނިން އަށް އަންނަން،" ޝާހިދު ވިދާޅުވި އެވެ.
"ވިލްސެންޓް ކަހަލަ ޝެފަކާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ވަރަށް ރަނގަޅު ފުރުސަތެއް. ވަރަށް ކައިރިން މަސައްކަތް ކުރަން ފުރުސަތު ލިބޭނެ."
ޗައިނާ ދަރިކޮޅުގެ މެލޭޝިޔާ މީހެއް ކަމަށްވާ ވިންސެންޓް، ކަނޑޫމާގެ އެގްޒެކްޓިކް ޝެފުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ މިއީ ހަތަރު ވަނަ އަހަރެވެ. އޭނާ އެ މަގާމާ ހަވާލުވި ފަހުން އެ ރިސޯޓުން ބައިވެރިވާ މުބާރާތްތަކުން ގިނަ މެޑަލްތަކެއް އަންނަނީ ހޯދަމުންނެވެ.
ޝާހިދު ވިދާޅުވީ ދިވެހިންގެ ތަރުހީބު ބޮޑުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެމްއެންޔޫގައި ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ފެކަލްޓީގައި ކިޔަވާ ދަރިވަރުން މި ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން އޭނާ އެދިވަޑައިގަތެވެ.
ޝެފް އޮލިމްޕިއަޑްގައި ރާއްޖެއަށް ކާމިޔާބީއެއް ލިބިއްޖެ
ގޭ ބަދިގެއިން ނުކުމެ ތޮހާ ދެއްކި ތަފާތު ހިތްވަރު
މުސާރައާއެކު ވެސް ޓީޗިންގެ ކޯސްތަކުގެ ޑިމާންޑަށް ބަދަލެއް ނާދޭ
އިންޑިއާ ކަނޑުގެ ކަލިނަރީ އެވޯޑު އެފްއެޗްޓީއެސްއަށް
އެމްއެންޔޫ އިންޓޭކަށް ބަދަލު ގެންނަ ވިސްނުން އެބަހުރި
ޕްރީ ސްކޫލާއި ކޮލެޖުތައް ބަންދުކުރަން އަންގައިފި
އެމްއެންޔޫގެ ބޮޑު ކެމްޕަހެއް ހުޅުމާލޭގައި އިމާރާތްކުރަނީ
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން 65 ދަރިވަރުން
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހަދައިފި
ސޮލާހުއްދީން ބިލްޑިންގް ތަޅާލައި އާ އިމާރާތެއް އަޅަނީ