03 ސެޕްޓެމްބަރ 2018
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބޮޑު ކެމްޕަހެއް ހުޅުމާލޭގައި އިމާރާތް ކުރަން ނިންމައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބޮޑު ކެމްޕަހެއް ހުޅުމާލޭގައި އިމާރާތް ކުރަން ނިންމައިފި އެވެ.
އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން މިއަދު ވިދާޅުވީ، ކެމްޕަސް އިމާރާތް ކުރާނެ ބިމެއް ހަމަޖެއްސުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ބިން ހަމަޖެހުނުހާ އަވަހަކަށް އެ މަސައްކަތްތައް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަސްތައް ގާއިމްކޮށްފައި ވެ އެވެ. އެއީ ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫ ގަ އެވެ. އެ ތަންތަނުގައި 9،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު، ހުޅުމާލޭ ކެމްޕަހާ އެކު އެތައް ހާސް ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ޝާހީން ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ކެމްޕަހުގައި އެމްއެންޔޫގެ އެކި ފެކަލްޓީތައް ހުންނާނެ އެވެ. ހާއްސަ އިސްކަމެއް ދީގެން ސައިންސް އެންޑް އިންޖީނިއަރިން ފެކަލްޓީގެ އިތުރުން ތިމާވެއްޓާ ގުޅޭ އެކި ދިރާސާތައް ހަދާނެ ލެބެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ސަބަބުން މުޖުތަމައަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ޝާހީން ވިދާޅުވި އެވެ.
"ކެމްޕަހުގެ އިތުރުން އެ ތަނުގައި ތިބެގެން ދަރިވަރުން ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމަށް ދަނާލެއް ވެސް އަޅަން މަޝްވަރާ ކުރަމުން އަންނަނީ. އެއީ އެމްއެންޔޫގައި ކިޔަވަމުން އަންނަ ބޭރުގެ ދަރިވަރުން ވެސް ހިމަނައިގެން،" އޭނާ ވިދާޅުވި އެވެ.
އެމްއެންޔޫ އިންޓޭކަށް ބަދަލު ގެންނަ ވިސްނުން އެބަހުރި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހަދައިފި
މަތީ ތައުލީމުގެ އެކި ފުރުސަތުތަކަށް ބައި ބިލިއަން ރުފިޔާ
މާލޭގެ ސްކޫލްތައް އަނެއްކާވެސް ދެ ހަފުތާ އަށް ބަންދު
އެމްއެންޔޫގެ "ވާޗުއަލް އޯޕަންޑޭ" މާދަމާ ރޭ ބާއްވަނީ
އެމްއެންޔޫގެ ކޯސްތަކަށް ހުޅުވާލައިފި
ދަސްވެނި ހުނަރުތައް ހާސިލްވަނީ ކިހާ ވަރަކަށް؟
އެޖެންޓުން ކަމަށްބުނެ ދަރިވަރުންގެ އަތުން ފައިސާ ނަގަނީ
އެމްއެންޔޫގެ އާ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފި
އެމްއެންޔޫ އިން "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތެއް