Roadha Mihaaru
އެމްއެންޔޫގެ ކޯސްތަކަށް ހުޅުވާލައިފި

އެމްއެންޔޫގެ ކޯސްތަކަށް ހުޅުވާލައިފި

25 ޖޫން 2020

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ އޮގަސްޓް މަހު ފަށަން ކަނޑައަޅާފައިވާ ކޯސްތަކަށް ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ އޮގަސްޓް މަހު ފަށަން ކަނޑައަޅާފައިވާ ކޯސްތަކަށް ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.

އެމްއެންޔޫ އިން މިދިޔަ ހަފްތާގައި ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ ޔުނިވާސިޓީގެ ކޯސްތަކަށް އަންނަ މަހުގެ 30 އާ ހަމައަށް ހުށަހެޅޭނެ ކަމަށެވެ. ކޯސްތަކަށް އެޕްލައި ކުރަން ޖެހޭނީ mnu.edu.mv/apply/ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

އެ ޔުނިވާސިޓީ އިން ކިޔަވައިދޭ ކޯސްތަކުގެ މައުލޫމާތު އެމްއެންޔޫގެ ވެބްސައިޓުން ލިބޭނެ އެވެ.

އެޑްވާންސް ސެޓްފިކެޓް ކޯސްތަކުން ފެށިގެން މާސްޓާސް ކޯސްތައް ވެސް އެމްއެންޔޫ އިން ކިޔަވައިދެ އެވެ. އާޓްސް އާއި އެޑިއުކޭޝަން އާއި އިންޖިނިއަރިން އާއި ހެލްތު ސައިންސަސް އާއި ހޮސްޕިޓަލިޓީ އާއި ޓޫރިޒަމް ސްޓަޑީސް އާއި ލޯ އެންޑް އިސްލާމިކް ސްޓަޑީސް އާއި ބިޒްނަސްގެ އިތުރުން ނާސިން އާއި މެރިޓައިމް ސްޓަޑީސް އަދި ފައުންޑޭޝަން ސްޓަޑީސް އިން 104 ކޯހެއް އެމްއެންޔޫ އިން ކިޔަވައިދެ އެވެ. މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި އާއި ރ. އުނގޫފާރު އާއި ލ. ގަން އާއި ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ވެސް އެމްއެންޔޫގެ ކޯސްތައް ކުރިއަށް ގެންދެ އެވެ. ފުލްޓައިމްކޮށް އާއި ޕާޓްޓައިމްކޮށް އަދި ހަވީރާއި ހަފްތާ ބަނދަށް ހާއްސަކޮށްގެން ވެސް އެތަނުން ކޯސްތައް ކުރިއަށް ގެންދެ އެވެ.