Roadha Mihaaru
އެމްއެންޔޫ އިން "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތެއް

އެމްއެންޔޫ އިން "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތެއް ބާއްވަނީ

11 ޖުލައި 2019

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މަތީ ތައުލީމު ހާސިލްކުރަން ހުރި ފުރުސަތުތައް އަންގައިދޭ "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދަން އެ ޔުނިވާސިޓީން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މަތީ ތައުލީމު ހާސިލްކުރަން ހުރި ފުރުސަތުތައް އަންގައިދޭ "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދަން އެ ޔުނިވާސިޓީން ނިންމައިފި އެވެ.

އެމްއެންޔޫގައި ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކުރިއަށް ގެންދާ މި ހަރަކާތުގައި އޯލެވެލް އަދި އޭލެވެލް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ހުރި މަތީ ތައުލީމުގެ ފުރުސަތުތައް އަންގައިދޭނެ އެވެ.

މި ހަރަކާތުގައި އެ ޔުނިވާސިޓީގައި އަންނަ މަހު ފަށާ ކޯސްތަކަށް ފޯމު ހުށަހެޅުމާއި ބަލައިގަތުން ވެސް ކުރިއަށް ދާނެ އެވެ. އަދި ޝަރުތު ހަމަވާ ދަރިވަރުންނަށް ޖާގަ ކަށަވަރުކޮށްދިނުމުގެ ކަންތައްތަކާއި، ފޯމާއެކު ހުށަހަޅަން ޖެހޭ ސެޓްފިކެޓްތައް އެޓެސްޓު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި އެ ޔުނިވާސިޓީގެ ގަމު ކެމްޕަހުގަ އާއި ތިނަދޫ ކެމްޕަހުގައި ވެސް ވަން ސްޓޮޕް އެޑްމިޝަންގެ ހަރަކާތްތައް އެ ދުވަހު ކުރިއަށް ދާނެ އެވެ. ނަމަވެސް އެ ކެމްޕަސްތަކުގައި މި ހަރަކާތް ކުރިއަށް ދާނީ ހަވީރު 4:00 އިން 6:00 އަށް އެކަނި އެވެ. އެ ކެމްޕަސްތަކުގައި ވެސް މާލޭގެ ކެމްޕަހުގައި އޮންނަ ހަރަކާތުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެ އެވެ.

މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ މަހުގެ ހަތަރެއްގައި އެމްއެންޔޫގައި ފަށާ އިރު، ކޯހަށް ހޮވިފައިވާ ދަރިވަރުންގެ އޮރިއެންޓޭޝަން މި މަހުގެ 28 ގައި ފަށާނެ އެވެ. އެ ޔުނިވާސިޓީގައި 7000 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ވެސް އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރެއެވެ.