Roadha Mihaaru
އިންޑިއާ ކަނޑުގެ ކަލިނަރީ އެވޯޑު އެފްއެޗްޓީއެސްއަށް

އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ކަލިނަރީ އިންސްޓިޓިއުޝަނަށް އެފްއެޗްޓީއެސް

03 ޑިސެމްބަރ 2021

އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ކަލިނަރީ އިންޓިޓިއުޓްގެ އެވޯޑު ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް (އެފްއެޗްޓީއެސް) އަށް ލިބިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ކަލިނަރީ އިންޓިޓިއުޓްގެ އެވޯޑު ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް (އެފްއެޗްޓީއެސް) އަށް ލިބިއްޖެ އެވެ.

އެ ފެކަލްޓީއަށް މި އެވޯޑު ލިބުނުކަން ދުނިޔޭގެ ކަލިނަރީ އެވޯޑު ވެބްސައިޓުގައި ވަނީ އާއްމުކޮށްފަ އެވެ. މި އެވޯޑު އެ ފެކަލްޓީއަށް ލިބުނީ ސީޝެލްސް އާއި މޮރިޝަސްގެ ތިން އިންސްޓިޓިއުޓަކާ ވާދަކޮށްގެންނެވެ. އެއީ ސީޝެލްސްގެ ޓޫރިޒަމް އެކެޑެމީ އާއި މޮރިޝަސްގެ އޮލީވިއާ ކަލިނަރީ ސްކޫލް އަދި ކަލިނަރީ މާސްޓާ އެވެ. މިދިޔަ އަހަރުގެ މި އެވޯޑު ކާމިޔާބުކުރީ މޮރިޝަސްގެ އޮލީވިއާ ކަލިނަރީ ސްކޫލުންނެވެ.

ދުނިޔޭގެ ކަލިނަރީ އެވޯޑަކީ، ވޯލްޑް ޓްރެވަލް އެވޯޑްސްއިން ކަލިނަރީ ދާއިރާއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު އިންތިޒާމްކުރާ ވަކި އެވޯޑެކެވެ. މި އެވޯޑު ދޭން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ.

މި އެވޯޑަށް ނޮމިނޭތުވަނީ ކެއްކުމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މަސައްކަތް ކުރާ އިންސްޓިއުޓްތަކެވެ. މި އެވޯޑަށް އެފްއެޗްޓީއެސް ނޮމިނޭތުވެފައިވާ ކަން މިދިޔަ މެއި މަހު އިއުލާން ކުރި އިރު ސެޕްޓެމްބަރު 17އާ ހަމައަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލި އެވެ.

ދުނިޔޭގެ ކަލިނަރީ އެވޯޑުގައި ހިމެނޭ އިތުރު ދާއިރާތަކުގެ ތެރޭގައި ބެސްޓް ރޫފްޓޮޕް ރެސްޓޮރެންޓާއި ކަލިނަރީ ފެސްޓިވަލާއި ފައިން ޑައިނިން ހޮތެލް ރެސްޓޯރެންޓް ހިމެނެ އެވެ.