Roadha Mihaaru

މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

05 އޯގަސްޓް 2025

މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ، އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން ސެޕްޓެމްބަރު 15ގެ ނިޔަލަށް ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ހަތަރު ދާއިރާތަކުން މި އަހަރު އިނާމު ދޭން ނިންމާފައި ވެ އެވެ. އެއީ:

1. މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ މީހުންނަށް އިނާމުދޭ ގިންތި.

2. ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެ ނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ މީހުންނަށް އިނާމުދޭ ގިންތި.

3. ރާއްޖެ އަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި.

4. ހުނަރުވެރި، ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީ އަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި.

އެ އިނާމު ދޭނީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު 11 ގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.