20 މާޗް 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު، ވަކި މުއްދަތެއް ނެތި، ކްރިމިނަލް ކޯޓުގައި ވަކާލާތު ނުކުރެވޭ ގޮތަށް އެ ކޯޓުން މިއަދު ސަސްޕެންޑް ކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު، ވަކި މުއްދަތެއް ނެތި، ކްރިމިނަލް ކޯޓުގައި ވަކާލާތު ނުކުރެވޭ ގޮތަށް އެ ކޯޓުން މިއަދު ސަސްޕެންޑް ކޮށްފި އެވެ.
އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސުއޫދު ސަސްޕެންޑް ކުރީ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ދައުވާގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު، މީޑިއާގައި ދައްކަވާފައި ހުރި ވާހަކަތަކުގެ ސަބަބުން މި މައްސަލައާ މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދިދާނެ ކަމަށް ބެލެވޭތީ އެވެ.
މީޑިއާ މެދުވެރިކޮށް، މި މައްސަލަ އަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭތީ އާއި ކޯޓާއި ކޯޓުގެ ގާޒީންނާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ކޯޓުގެ ހުރުމަތް ކެނޑޭނެހެން ހަގީގަތާ ހިލާފު މައުލޫމާތު މީޑިއާ އަށް ދީފައިވާ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ސުއޫދަށް އެންގި އެވެ. ނަމަވެސް ކޯޓަށް ހާޒިރުނުވެ، މައްސަލައިގައި ޖަވާބުދާރީވުމަށް ދިން ފުރުސަތު ދޫކޮށްލުމުން ސުއޫދު ސަސްޕެންޑު ކުރީ ކަމަށް އެ ކޯޓުގެ ބަޔާނުގައިވެ އެވެ.
އެހެންވެ، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވައިދުގެ ދަށުން ކްރިމިނަލް ކޯޓުން ބަލަމުން އަންނަ މައްސަލަ ބަލައި ނިމެންދެން، ސުއޫދު މިއަދުން ފެށިގެން އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ނުކުރެވޭނެ ކަމަށް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ސުއޫދު ސަސްޕެންޑް ކުރީ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ދިޔަ ގޮތާ މެދު ޓުވިޓާ މެދުވެރިކޮށް، ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ސުއޫދު އާދިއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ކުރިއަށް ދަނީ "އާބިޓްރެރީ"ކޮށް ކަމަށް ގާޒީއާ ސުވާލު ކުރެއްވި ކަމަށެވެ. އަދި ޖަވާބުގައި ގާޒީ "އާނއެކޭ" ވިދާޅުވި ކަމަށް ސުއޫދު ވިދާޅުވި އެވެ. ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނާނެ ކަމަށް ގާޒީ ވިދާޅުވިކަން ވެސް ސުއޫދު ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 54 ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސުއޫދު ސަސްޕެންޑް ކުރި އިރު، އޭނާގެ ސަސްޕެންޝަން އުވައިލީ މިދިޔަ މަހުގެ 5 ވަނަ ދުވަހު އެވެ.
ބަންދުގައި ހުރެގެން ނާޒިމް ވަކާލާތުކުރާތީ ފާޑުކިޔުން
ދެ ގާޒީން ހައްޔަރުކުރަން ސުއޫދު ގޮވާލައިފި
ހުސްނުއް ސުއޫދު ސަސްޕެންޑްކޮށްފި
ހިސާން ހާޒިރުކުރީ އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެން
ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި
ސުއޫދުގެ ސަސްޕެންޝަން އުވާލައިފި
ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އިންޒާރު ދީފި
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން
ސުއޫދާއި އަލީ ހުސެއިން ވަކާލާތު ކުރުން މަނާ ކޮށްފި
ދިފާއީ ވަކީލުން ގޮތުގައި ބަލައިގަންނަ އުސޫލު ލުއިކޮށްފި