19 މާޗް 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތާ ގުޅިގެން ވަކީލް ހިސާން ހުސެއިން އިއްޔެ މީޑިއާގައި ދެއްކެވި ވާހަކަތަކުގެ ކްރިމިނަލް ކޯޓަށް އޭނާ މިއަދު ހާޒިރުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތާ ގުޅިގެން ވަކީލް ހިސާން ހުސެއިން އިއްޔެ މީޑިއާގައި ދެއްކެވި ވާހަކަތަކުގެ ކްރިމިނަލް ކޯޓަށް އޭނާ މިއަދު ހާޒިރުކޮށްފި އެވެ.
ސިޔާސީ އިދިކޮޅު ގިނަ ބައެއްގެ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާ ހިސާން މިއަދު ހަވީރު ކޯޓަށް ހާޒިރުކުރީ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް، އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ހިންގަވަނީ އާބިޓްރަރީކޮށް ކަމަށް ވިދާޅުވެ، އިއްޔެ މީޑިއާގައި ކަންބޮޑުވުން ފާޅު ކުރެއްވުމުން ކަމަށް އެނގިފައި ވެ އެެވެ.
ހިސާންގެ އެ އަމަލުގެ ސަބަބުން ކޯޓާ މެދު ނޭދެވޭ ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެކެވިފައިވާތީ، އެކަމަށް މާފަށް އެދިވަޑައިގެން ކްރިމިނަލް ކޯޓަށް ބަޔާނެއް ދެއްވި ކަމަށް ވެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް މިހާރު ކުރިއަށް ގެންދަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ނޫން ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހައިލަމް އިއްޔެގެ ޝަރީއަތުގައި ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލާގައި އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުން ފެށުމާ އެކު، އުއްތަމަ ފަނޑިޔާރުގެ ވަކީލުން، އެ މައްސަލަ ކުރިއަށް ގެންދަނީ ކޮން އިޖްރާއާތެއްގެ ދަށުންތޯ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި، ގާޒީ ހައިލަމް ވިދާޅުވީ އެ މައްސަލަ މިހާރު ކުރިއަށް ގެންދަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ނޫން ކަމަށާއި ސަބަބަކީ އެ މައްސަލާގައި ދައުލަތުން ތުހުމަތު ކުރާ އަމަލަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގައި ފާހަގަކޮށްފައިވާ ސަބަބެއް ކަމަށް ވާތީ ކަމަށެވެ.
އެކަމަކު ގާނޫނުއަސާސީން ލިބިދޭ ހައްގުތައް އުއްތަމަ ފަނޑިޔާރަށް ލިބޭނެ ކަމަށާއި ޝަރީއަތް ކުރިއަށް ދާނީ އެ ފުރުސަތު ދެވޭނެ ގޮތަކަށް ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ. އަދި ކުއްލި ނުރައްްކަލުގެ ހާލަތު ނިމުމަކަށް އައިސް، ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން އެ ޝަރީއަތް ކުރިއަށް ގެންދާނީ އެ ގާނޫނާ އެއްގޮތަށް ކަމަށް ގާޒީ ވިދާޅުވި އެވެ.
މީގެ ކުރިން ގިނަ ވަކީލުންތަކެއް މިދިޔަ އަހަރު ސަސްޕެންޑް ކުރިއިރު އޭގެ ތެރޭގައި ހިސާން ވެސް ހިމެނުނެވެ. އެކަމަކު ފަހުން ވަނީ އެ ވަކީލުންގެ ސަސްޕެންޝަން އުވާލައިފަ އެވެ.
ބަންދުގައި ހުރެގެން ނާޒިމް ވަކާލާތުކުރާތީ ފާޑުކިޔުން
ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި
ހައި ކޯޓުން ބަލައިނުގަތް ރާޣިބް ކްރިމިނަލް ކޯޓުގައި
ސާހިލަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދެނީ
ޕީޖީ ވަކީލުން ޝަރީއަތުގައި"ސަކަރާތް ޖަހާތީ" އިންޒާރެއް
ގިނަ ޝަރީއަތްތައް ކެންސަލްވީ އިދާރީ މައްސަލަތަކާ ހެދި
ފައިސާ ނަގަން އެދުމަކީ އިސްތިއުނާފަށް ހުރަސްއެޅުން
ދެ ގާޒީން ހައްޔަރުކުރަން ސުއޫދު ގޮވާލައިފި
ވަކީލް ސިރާޖްގެ ބަންދަށް ހަ ދުވަސް އިތުރުކޮށްފި
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން