25 ސެޕްޓެމްބަރ 2018
ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަކި މުއްދަތެއް ނެތި، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ސަސްޕެންޑްކޮށްފި އެވެ.
ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަކި މުއްދަތެއް ނެތި، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ސަސްޕެންޑްކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 54 ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ވެސް އެ ވަކީލުންނާ އެކު، ސުއޫދު ވެސް ސަސްޕެންޑް ކުރި އެވެ. އޭނާގެ އެ ސަސްޕެންޝަން އުވައިލީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ، ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރުމާ އެކުގަ އެވެ. އަދި އެރޭ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި އެވެ.
In the interests of national unity and stability, call upon Maseeh and Dr. Ahmed Abdulla Didi to resign from the posts of Speaker of Majlis and Chief Justice respectively.
— Husnu Al Suood (@hsuood) September 24, 2018
ސުއޫދު އިއްޔެ ކުރެއްވި ޓުވީޓް
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސުއޫދު ސަސްޕެންޑް ކުރީ އިއްޔެ ކުރި ޓުވީޓަކާއި އޭނާއާ ހަވާލާދީ ވީނިއުސްގައި ލިޔެފައިވާ ޚަބަރަކާ ގުޅިގެން އެ މައްސަލަ ބަލަމުން ގެންދާތީ ކަމަށެވެ. ނަމަވެސް، އޭގެ ތަފްސީލެއް ޑީޖޭއޭ އިން ނުދެ އެވެ.
ސުއޫދު އިއްޔެ ކުރެއްވި ދެ ޓުވީޓްގެ ތެރެއިން އެއް ޓުވީޓުގައި ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ މަސްލަހަތާއި ގައުމުގެ ހަމަޖެހުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އާއި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށެވެ.
Supreme court issued an unconstitutional ruling to extend the presidential term in November 2013. https://t.co/nFp4dBK47r
— Husnu Al Suood (@hsuood) September 24, 2018
މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސުއޫދު އިއްޔެ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ރިޔާސީ ދައުރުގެ މުއްދަތު އިތުރު ކުރަން ނިންމީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. ސުއޫދު އެހެން ވިދާޅުވީ 2013ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން، ދެ ފަހަރަށް އިންތިޚާބު ފަސްކޮށް، ނޮވެމްބަރު 11 އަށް ރައީސްގެ މަގާމަށް މީހަކު އިންތިހާބު ނުކުރެވުމުންނެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ހުވާ އޭރު ކުރެއްވީ ނޮވެމްބަރު 17 ގަ އެވެ.
ސުއޫދުގެ އެ ޓުވީޓާ ގުޅިގެން މިއަދު އޭނާ ސަސްޕެންޑް ކުރުމާ ވިދިގެން، އެކަން އާންމުކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ކުރި އިއުލާނާ އެކުގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ސުއޫދު ވަނީ އަނެއްކާ ވެސް ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފަ އެވެ.
I was suspended by the SC on 25th September 2013. On the occasion of its 5th anniversary today, SC suspends me from practice. #AharemenEdheyVerikameggai javaabudhaaree vumuge furusathu nudhee, arbitrary koh vakeelun suspend kurun huttuvaanan. Justice Dr. Didi must resign. pic.twitter.com/M1Ggc6dit0
— Husnu Al Suood (@hsuood) September 25, 2018
ސުއޫދު މިއަދު ކުރެއްވި ޓުވީޓް
މިއަދު ކުރެއްވި ޓުވީޓްގައި ސުއޫދު ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ސެޕްޓެމްބަރު 25، 2013 ގައި ވެސް ސުޕްރީމް ކޯޓުން އޭނާ ސަސްޕެންޑް ކުރި ކަމަށެވެ.
"އަހަރެމެން އެދޭ ވެރިކަމެއްގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ، އާބިޓްރަރީ ކޮށް ވަކީލުން ސަސްޕެންޑް ކުރުން ހުއްޓުވާނަން. އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވަން ޖެހޭނެ،" ސުއޫދު މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
ސުއޫދު، ވަކި މުއްދަތެއް ނެތި، ކްރިމިނަލް ކޯޓުގައި ވަކާލާތު ނުކުރެވޭ ގޮތަށް އެ ކޯޓުން މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު ވެސް ނިންމި އެވެ. ސުއޫދު ސަސްޕެންޑް ކުރީ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތުގައި އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ދައުވާގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު، މީޑިއާގައި ދައްކަވާފައި ހުރި ވާހަކަތަކުގެ ސަބަބުން މި މައްސަލައާ މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދިދާނެ ކަމަށް ބެލެވޭތީ އެވެ.
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން
ފަނޑިޔާރުންނާ ގޭންގުތަކާ ގުޅުން އޮތްތޯ ބަލަނީ
ސުއޫދު ހަތަރު މަހަށް ސަސްޕެންޑްކޮށްފި
ސުއޫދުގެ ސަސްޕެންޝަން އުވާލައިފި
ވަކީލުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
"އިސްލާހަށް އެދުމުން ފިޔަވަޅު އެޅުމަކީ ބޭއިންސާފެއް"
ޕެޓިޝަނާ ގުޅިގެން 54 ވަކީލުން ސަސްޕެންޑްކޮށްފި
ސުއޫދުގެ ސަސްޕެންޝަން އުވާލައިފި
ސުއޫދާއި އަލީ ހުސެއިން ވަކާލާތު ކުރުން މަނާ ކޮށްފި
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!