10 އޮކްޓޯބަރ 2017
ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އަދިވެސް ސަސްޕެންޑްކޮށްފައި ތިބި ވަކީލުންގެ ސަސްޕެންޝަން އުވާލަން އެ ވަކީލުންގެ ފަރާތުން މިއަދު ގޮވާލައިފި އެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އަދިވެސް ސަސްޕެންޑްކޮށްފައި ތިބި ވަކީލުންގެ ސަސްޕެންޝަން އުވާލަން އެ ވަކީލުންގެ ފަރާތުން މިއަދު ގޮވާލައިފި އެވެ.
ސްޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން 54 ވަކީލެއް ސަސްޕެންޑްކުރި އެވެ. އެކަމަކު އޭގެ ތެރެއިން 27 ވަކީލަކަށް މިހާރު ވަނީ ވަކީލްކަން ކުރުމުގެ ހުއްދަ ދީފަ އެވެ.
ވަކީލުން ސަސްޕެންޑްކުރިތާ މިހާރު މަހެއް ވެއްޖެ އެވެ.
ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ ވަކި މުއްދަތެއް ނެތް ގޮތަށް ފިޔަވަޅު އެޅުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށެވެ. އަދި ބައެއް ވަކީލުންގެ ސަސްޕެންޝަން އުވާނުލައި ވަނީ ޒާތީ ކަންތައްތަކެއްގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަކީލުންނާ ދޭތެރޭ އަރާ ރުޅިއަކުން [ސަސްޕެންޝަން] ހިފަހައްޓައިގެން ހުންނަނީ. އެއްވެސް އަސާސެއްގެ މައްޗަށް އޮތް ސަސްޕެންޝަނެއް ކަމަށް ގަބޫލެއް ނުކުރަން،" ސުއޫދު ވިދާޅުވި އެވެ.
ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --މިހާރު ފޮޓޯ: ހުސެއިން ވަހީދު
ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ސަސްޕެންޑްކުރި ވަކީލުންނަށް މާފު ދިނުމުގައި ވަކި އުސޫލެއް ނުގެންގުޅޭ ކަމަށެވެ.
ވަކީލުން ވެސް މަސައްކަތްކުރަނީ ޝަރުއީ ދާއިރާ އިސްލާހް ކުރަން ކަމަށް ވިޔަސް ސުޕްރީމް ކޯޓުގެ ވިސްނުން ހުރީ އެއީ އެ ކޯޓުގެ ފަނޑިޔާރުންނާ ޖައްސާލައިގެން ކުރާ ކަމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސަސްޕެންޑްކުރުމުން ބައެއް ވަކީލުން ވަނީ މައާފަށް އެދިފަ އެވެ. އެކަމަކު ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ މާފަށް އެދުނު ބައެއް ފަރާތްތަކުގެ ސަސްޕެންޝަން ވެސް އުވާނުލާ ކަމަށެވެ.
ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕުރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ޕެޓިޝަން ހުށަހެޅިތާ އެއް މަސް ވީއިރު އޭގައި ހުރި ވާހަކަތައް އެއްވެސް އިދާރާއަކުން ދޮގުކޮށްފައި ނުވާ ކަމަށެވެ.
ވަކީލުންތަކެއް ސަންޕެންޑް ކުރި ނަމަވެސް ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތް އެކި ގޮތްގޮތަށް ކުރިއަށްގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިސްލާހަށް އެދުމުން ފިޔަވަޅު އެޅުމަކީ ބޭއިންސާފެއް"
ހިސާން އާއި ރިފްއަތުގެ ސަސްޕެންޝަން އުވާލައިފި
ޕެޓިޝަނާ ގުޅިގެން 54 ވަކީލުން ސަސްޕެންޑްކޮށްފި
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ސުއޫދު ހާޒިރުކުރީ ބިރު ދައްކަން: އެމްޑީޕީ
ސުއޫދު ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގައިފި
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި
އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި