Roadha Mihaaru
ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އިންޒާރު ދީފި

ކޯޓުގެ ހުރުމަތް ކަނޑާ ކަމަށް ބުނެ ސުއޫދަށް ސުޕްރީމް ކޯޓުން އިންޒާރު ދީފި

07 ނޮވެމްބަރ 2016

ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އިންޒާރު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އިންޒާރު ދީފި އެވެ.

ކޯޓުތަކުގައި ވަކާލާތު ކުރުން ވަކި މުއްދަތެއް ނެތި ސުއޫދަށް މަނާކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓަށް އޭނާ ހާޒިރުކޮށް އިންޒާރު ދިނީ ސުއޫދު ކުރައްވާފައިވާ އެކި ޓްވީޓްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލާގައި އިންޒާރު ދިނުމުގެ އިތުރުން ނަސޭހަތް ދީ އަދި ބަޔާނެއް ނެގި ކަމަށް ވެސް ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އޭނާގެ ސަސްޕެންޝަނާ މެދު ވަކި އެއްޗެއް ނާންގަ އެވެ.

މީގެކުރިން ހައި ކޯޓުން ވެސް ވަނީ ސުއޫދު ހާޒިރުކޮށް، ބަޔާން ނަގައިފަ އެވެ.

ސުއޫދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް ކޯޓުތަކުގައި ވަކާލާތު ކުރުން މުއްދަތެއް ނެތް ގޮތަށް ވަނީ މަނާކޮށްފަ އެވެ.