Roadha Mihaaru
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ޝަރީއަތެއް މިއަދު

އުއްތަމަ ފަނޑިޔާރަށް ކުރާ ދައުވާއެއްގެ ޝަރީއަތް މިއަދު ފަށަނީ

18 މާޗް 2018

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު މި ވަގުތު ހުންނެވީ ފުލުހުން ބެލުމުގެ ދަށުން ދޫނިދޫގަ އެވެ. އެމަނިކުފާނުގެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު 3:00 ގަ އެވެ.

އުއްތަމަ ފަނޑިޔާރު، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނަނީ ރައީސް އޮފީހުގެ ހަތަރު ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުވުމުން އީ-ގަވަރްމެންޓް ނިޒާމް ބޭނުން ނުކުރެވޭ ގޮތް ހެދި ކަމަށް ބުނެ އެވެ. އެކަމަކު، ފުލުހުންގެ އެ ތުހުމަތު އުއްތަމަ ފަނޑިޔާރު ދޮގު ކުރައްވަ އެވެ.

ފުލުހުން އެ ބުނާ ހަތަރު ސިޓީއަކީ، ސިޔާސީ ލީޑަރުން ދޫކޮށްލަން މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކޮށްފި ނަމަ ދައުލަތް ހިންގުން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރު ކެނޑިދާނެ ކަމަށް ވިދާޅުވެ އެކަމަށް ހައްލު ހޯއްދަވައިދެއްވަން އެދި ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީތަކުގެ ވާހަކަ އެވެ.

އެ ސިޓީތައް ފޮނުއްވުމުން، އުއްތަމަ ފަނޑިޔާރު ޖަވާބު ނުދެއްވި ކަމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން ޖެހިވަޑައިގަތް ސަބަބުތައް ވިދާޅުވެ ދެއްވަމުން ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ 5 ގައި ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ވަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގަ އެވެ. އަދި އޭގެ ފަހުން ފުލުހުން ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް، ހެކި ނައްތާލުމުގެ ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާއެއް އުއްތަމަ ފަނޑިޔާރަށް ވަނީ ލިބިފަ އެވެ. އަދި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް އެ މަނިކުފާނު މަސައްކަތް ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.