އެމަނިކުފާނަށް ލިބިވަޑައިގެންނެވީ "ޝަހީދެއްގެ ދަރަޖަ" ކަމަށާއި އެކަމަކު، ގިޔާމަތް ދުވަސް އަދި އެބަ އޮތް ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އަށް މިއަދު ބަހުގެ ހަމަލަތަކެއް ދެއްވައިފި އެވެ.
08 މެއި 2018
އެމަނިކުފާނަށް ލިބިވަޑައިގެންނެވީ "ޝަހީދެއްގެ ދަރަޖަ" ކަމަށާއި އެކަމަކު، ގިޔާމަތް ދުވަސް އަދި އެބަ އޮތް ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އަށް މިއަދު ބަހުގެ ހަމަލަތަކެއް ދެއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވީ، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އެމަނިކުފާނު އެންގެވި މައްސަލާގައި ކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ.
މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
މި ހުކުމް އިއްވަމުން ދިޔަ ވަގުތު، އުއްތަމަ ފަނޑިޔާރުގެ މޫނުފުޅުން ނުތަނަވަސްކަން ފެނުނެވެ. އަދި ހުކުމް ކުރުމާ އެކު، އެމަނިކުފާނުގެ ޓައި ވަރަށް ބާރުކޮށްލެއްވި އެވެ.
މީގެ އިތުރުން، މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ، ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވާފައި ކޯޓު ރޫމުން ނުކުމެވަޑައިގަންނަވަން ފެއްޓެވުމުން، ގާޒީ އަށް އަޑު އިވޭވަރަށް އުއްތަމަ ފަނޑިޔާރު ހަމައެކަނި ވިދާޅުވީ "ގިޔާމަތް ދުވަސް "އަދި އެބައޮތް ކަމަށެވެ. އެކަމަކު އޭގެ ޖަވާބުގައި ގާޒީ އިބްރާހިމް އަލީ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޝަރީއަތް ނިމުނު ފަހުން، އުއްތަމަ ފަނޑިޔާރު ވަނީ އިށީންނަވައިގެން އިންނެވި ގޮނޑިކޮޅުން ތެދުވެވަޑައިގެން، އަޑު އަހަން ޝަރީއަތުގެ މަޖިލީހަށް ވަދެ ތިބި މީހުންނަށް އިޝާރާތްކޮށް "މި ލިބުނީ ޝަހީދެއްގެ ދަރަޖަ" ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އަދި "މަރު ނުވާ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން، އުއްތަމަ ފަނޑިޔާރު ކޯޓު ރޫމުން ނުކުމެވަޑައިގެންނެވީ އެމަނިކުފާނުގެ ވަކީލުންނާ ސަލާމް ކުރެއްވުމަށް ފަހު އެވެ. އަދި ޝަރީއަތް އަޑުއަހަން ކޯޓު ރޫމުގައި ތިބި ނޫސްވެރިންނާއި އާންމުންނާ ދިމާލަށް ހިނިތުންވުމާ އެކު، އަތްޕުޅުގެ އިޝާރާތުން ސަލާމް ކުރެއްވުމަށް ފަހު އެވެ.
ސިޔާސީ އިދިކޮޅު ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުރި ކަންތައް އިތުރަށް މުރާޖައާ ކޮށްދިނުމަށް އެ ކޯޓުގައި އެދުމަށް ޖެމްސް މެދުވެރިކޮށް، ސަރުކާރުން ފޮނުވި ސިޓީތައް ވެސް ސުޕްރީމް ކޯޓުން ބަލައިނުގަންނަ ކަމަށް ސަރުކާރުން ބުނެ އެވެ. ސިޓީތައް ބަލައިނުގަތުމަށް ފެބްރުއަރީ 4، 5 ގައި، އުއްތަމަ ފަނޑިޔާރުގެ އަމުރަށް އެ ކޯޓުގެ ޖެމްސް ސިސްޓަމް ހުރީ ނިއްވާލާފައި ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ނަމަވެސް، އުއްތަމަ ފަނޑިޔާރު ވަނީ ދައުވާ އަށް އިންކާރު ކުރައްވައި، އެއީ އެމަނިކުފާނު "ދެނެހުރި ކަމެއް ވެސް ނޫން" ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ތެރެއިން އެކަކު ބުނެފައި ވަނީ ޖެމްސްގެ ހިދުމަތް ކަނޑާލަން، އުއްތަމަ ފަނޑިޔާރު، އޭނާ އަށް އަމުރުކުރެއްވި ކަމަށެވެ. އަދި އެ އަމުރު އޭނާ އަށް ކުރެއްވުމުން، ސުޕްރީމް ކޯޓުގެ މުވައްޒަފަކަށް އެކަން ކުރަން އަންގާފައިވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ.
އެހެން ހެކިވެރިއަކު ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އިސް މީހަކު ގުޅާފައި ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އެންގުމުން، އެ ހިދުމަތް ދޭ ވާގަނޑު ކަނޑާލާފައިވާނެ ކަމަށެވެ. މި މައްސަލަ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވެފައި ވަނީ ހެކިންގެ ހެކިބަހަށް ރިއާޔަތް ކުރުމަށް ފަހު އެވެ.
އުއްތަމަ ފަނޑިޔާރު ހަތަރުމަހަށް ޖަލަށްލާން ހުކުމްކޮށްފި
ކުށްވެރިއަކަށް ނުހެދޭނެ، ކޯޓަށް ވަނީ ވަގަކަށް ނޫން
ޖެމްސް ހުއްޓުވި މައްސަލައިގެ ހުކުމް މާދަމާ
އަލީ ހަމީދާއި ހަސަން ސައީދުގެ ހެކި ބަހެއް ނުނެގި!
"އުއްތަމަ ފަނޑިޔާރަށް ކުރާ ދައުވާ ފުރިހަމައެއް ނޫން"
"ޖެމްސްގެ ހިދުމަތް މެދުކަނޑާލިކަން ނުވެސް ދެނަހުރިން"
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ޝަރީއަތެއް މިއަދު
ޑީޑީ ސަސްޕެންޑް ކުރި އިރު އަނބިކަނބަލުން ވަޒީފާގައި!
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ