މަނާމާ (ޖުލައި 17) - ބަހުރޭނުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޯޓު އަމުރެއްގެ ދަށުން އުވާލާ އެ ޕާޓީގެ މުދާތައް ހިފަހައްޓައިފި އެވެ.
18 ޖުލައި 2016
މަނާމާ (ޖުލައި 17) - ބަހުރޭނުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޯޓު އަމުރެއްގެ ދަށުން އުވާލާ އެ ޕާޓީގެ މުދާތައް ހިފަހައްޓައިފި އެވެ.
ޝިއައީންގެ ވަފާގު ނޭޝަނަލް އިސްލާމިކް ސޮސައިޓީ އުވާލުމުގެ ކުރިން ބަހުރޭނުގެ ސުންނީ މުސްލިމް ސަރުކާރުން މިދިޔަ މަހު ވަނީ އެ ޕާޓީ މަނާކޮށްފަ އެވެ. ބަހުރޭނުގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ވަފާގު ޕާޓީގެ ހުރިހާ މުދަލަކާއި ފައިސާއެއް ސަރުކާރާ ހަވާލު ކުރާނެ ކަމަށް ވެސް އަލް އަރަބިޔާ ޓީވީން ބުންޏެވެ.
ވަފާގުން ދަނީ 2011 ވަނަ އަހަރުން ފެށިގެން ބަހުރޭނުގައި ޑިމޮކްރެސީ ގާއިމްކުރުމަށް އެދި ގޮވާލާ އެއްވުންތައް ބާއްވަމުންނެވެ. އެ އަހަރުގެ ފެބްރުއަރީ މަހު މަގުތަކަށް ނުކުތް މީހުން ވަނީ ސިޔާސީ ހައްގުތައް ހޯދުމަށާއި ޝިއައީންނާ މެދު ތަފާތު ނުކުރުމަށް އެދި ގޮވާލައިފަ އެވެ. ޖެހިގެން އައި މަހު ރަސްގެފާން ހަމަދު ބިން އީސާ އަލް ޚަލީފާ ވަނީ އަވަށްޓެރި ގައުމުތަކުން ސިފައިން ގެނެސް ގަދަ ބާރުން މުޒާހަރާތައް ހުއްޓުވައިފަ އެވެ. މި ހަމަނުޖެހުންތަކުގައި ވަނީ އާއްމުންގެ 30 މީހުންނާއި ފުލުހުންގެ ފަސް މީހުން މަރުވެފަ އެވެ.
ޖަސްޓިސް މިނިސްޓްރީން މިދިޔަ މަހު ބުނީ ގައުމީ ސަލާމަތަށް ޓަކައި ވަފާގު ޖަމާއަތް މަނާކުރުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. މި ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ ޖަލު ހުކުމް ހަތަރު އަހަރުން ނުވަ އަހަރަށް ކޯޓުން މިދިޔަ މަހު ވަނީ އިތުރު ކޮށްފަ އެވެ. މީގެ އިތުރުން ބަހުރޭނުގެ އެންމެ ވަރުގަދަ ޝިއައީ ދީނީ ލީޑަރު ޝެއިޚު އީސާ ގާސިމްގެ ރައްވެހިކަން ވެސް ވަނީ ނަގައިފަ އެވެ.
12 މެމްބަރުންގެ ގޮނޑި: ދެން ވާނީ ކިހިނެއް؟
"މި ހާލަތު ނިމުމަކަށް ގެނެވޭނީ އުއްތަމަ ފަނޑިޔާރަށް"
މައުމޫނާއި ނަޝީދު، މެމްބަރުންގެ ހައްގުގައި
ބަހުރޭނުގެ އިދިކޮޅު ޕާޓީ މަނާކޮށްފި
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
އޮޅުވާލައިގެން ޕާޓީ ބަދަލުކުރުމުން ގާނޫނީ އެހީ ދެނީ
ހަސަން ލަތީފު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފި
ނޭނގި ޕާޓީބަދަލުވާ މައްސަލާގައި އެމްޑީޕީގެ ކަންބޮޑުވުން
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
އެމްޑީޕީން ޕީޕީއެމާއެކު ހަދާނެ ޑީލެއް ނޯންނާނެ: ޝަރީފް