23 އޯގަސްޓް 2017
ސިފައިން ލައްވައި ރައްޔިތުންގެ މަޖިލީސް "ހިސޯރުކޮށް" މުޅި ގައުމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލައިގެ ހުކުމުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.
ސިފައިން ލައްވައި ރައްޔިތުންގެ މަޖިލީސް "ހިސޯރުކޮށް" މުޅި ގައުމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލައިގެ ހުކުމުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރު "ހައިޖެކްކޮށް" ގައުމު ވައްޓާލާފައި ވަނީ ވަރަށް ދަށް ހާލަތަކަށް ކަމަށެވެ. މި ހާލަތުން އަރައިގަތުމަށް، ގާނޫނުއަސާސީގައިވާ ގޮތަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"މި އުޅެނީ ފަނޑިޔާރުންގެ މަސައްކަތާ ބެހޭކަށް ނޫން. މި ދަންނަވާ ވާހަކަ އަކީ ހުކުމެއް ކުރަން ވެފައި އެބައޮތޭ. ގައުމު މިއޮތީ ހުއްޓިފައޭ. ދެ ބާރު މި ފެންނަނީ ހައިޖެކްކޮށްފައި އޮތް މަންޒަރޭ. މަޖިލިސް ހައިޖެކްކޮށްގެން ތިބި ތިބުން ވެސް ނިމުމަކަށް ގެނެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމް ނިންމަވައިގެން،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަސްލަހަތާ ގުޅޭ އެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމަން ޖެހެ އެވެ. އެ މައްސަލައާ ހެދި މެމްބަރުންތަކެއްގެ ހައްގުތަކެއް ގެއްލި ވަރަށް ގިނަ ބަޔަކަށް އަސަރުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވާހަކަ ދައްކަވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ގާނޫނުން ލިބޭ އަދުލު އިންސާފު ނުލިބި ލަސްވުމަކީ އެއީ ބޭއިންސާފެއް. އަޅުގަނޑު ދަންނަވަން މިއުޅެނީ އުއްތަމަ ފަނޑިޔާރަށް ވެސް ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒެއް ނުފޯރުވޭނެއޭ. މިހެން ދެންނެވީމަ ހިތަށް އަރާފާނެ ކިހިނެއްހޭ އެއް ފަނޑިޔާރަކު އަނެއް ފަނޑިޔާރެއްގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
"މިސާލަކަށް އުއްތަމަ ފަނޑިޔާރު ބޭނުންވީ ވަކި މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް، ނުވަތަ ސާކިއުލާއެއް ނެރުއްވަން. އެހެންވެ މިސާލަކަށް އުއްތަމަ ފަނޑިޔާރު ޑްރާފްޓް ކުރައްވަނީ އެފަދަ ލިއުމެއް. ދެން އެހެން ފަނޑިޔާރުން ހާޒިރުކޮށްފައި މި ދަންނަވަނީ މީގައި ސޮއިކުރާށޭ. އޭގައި ސޮއި ނުކޮށްފި ކަމަށްވާ ނަމަ ބަންދުކުރާނަމޭ. ފުލުހުން ހާޒިރުކޮށްގެން ގަދަކަމުން ވެސް ސޮއި ކުރުވާނަމޭ. ނޫނިއްޔާ ތައުދީބީ ފިޔަވަޅު އަޅާނަމޭ."
އެއީ ބިރު ދެއްކުމުގެ މިސާލެއް ކަމަށް ތަކުރާރުކޮށް ވިދާޅަމުން އަލީ ހުސެއިން ވިދާޅުވީ ފަނޑިޔާރެއްގެ މަސައްކަތަށް އެއްވެސް މީހަކު ނުފޫޒު ފޯރުވައި ބިރުދައްކައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައިވާ ކަމަށެވެ. އެހެންވެ އެއް ފަނޑިޔާރަކު އަނެއް ފަނޑިޔާރަކަށް ވެސް ބިރުދައްކައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ މަހެއްހާ ދުވަސްކުރިން މެމްބަރުން ހުށަހެޅި މައްސަލާގައި ހުކުމް އިއްވުން ލަސްވެފައިވާއިރު، އީދު ބަންދާ ދިމާކޮށް އުއްތަމަ ފަނޑިޔާރު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފަ އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ނިންމާލިތާ ދުވަސްކޮޅެއްވެއްޖެ އެވެ. އެ ހަތަރު މެމްބަރުންގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ. އެކަމަކު އެ ދެ ބޭފުޅުން އެ މައްސަލަ ސުޕްރީމް ކޯޓަކަކަށް ހުށަހެއް ނާޅުއްވަ އެވެ.
12 މެމްބަރުންގެ ގޮނޑި: ދެން ވާނީ ކިހިނެއް؟
ހުކުމް ބޮލާލައިޖަހައި އިންތިހާބު ނުބޭއްވޭނެ: އަލީ
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނުގެ ބަހުސް
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ހެދި ބިލް ފާސްކޮށްފި
މުހިންމު ދެ ބިލް މަޖިލީހުން މިއަދު ފާސްކުރަނީ
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟