އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުން ވަކި ކުރެވޭ ގޮތަށް ހެދުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ނިންމައިފި އެވެ.
13 މާޗް 2018
އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުން ވަކި ކުރެވޭ ގޮތަށް ހެދުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ނިންމައިފި އެވެ.
އެހެން ދުވަސްތަކާ ޚިލާފަށް މެންދުރު 1:00 ގައި ބާއްވާ ޖަލްސާގެ އެޖެންޑާގައި އޮތީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އެންޓި ޑިފެކްޝަން ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން އެކަންޏެވެ. ބެލެވޭ ގޮތުގައި މި ދެ ބިލަށް މިއަދު ވޯޓަށް އަހާނެ އެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފުގެ މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ ކަމަށެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލް ފާސް ކުރިއިރު، ބޮޑެތި ބަދަލުތަކެއް ނުގެނެ އެވެ. ހަމައެކަނި ކޮމިޓީގައި ބަދަލު ގެނައީ ބިލްގައި ހުރި ބައެއް އިބާރާތްތަކަށެވެ.
އެކަމަކު، ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލް ކޮމިޓީން ދިރާސާ ކުރިއިރު، ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެ އެވެ. އެގޮތުން އެ ބިލް މިހާރު ބައްޓަންކޮށްފައި އޮތީ މަޖިލީހުގެ އިދިކޮޅު 12 މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވިދާޅުވީ ކޮމިޓީން ބިލް ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހިނގި ކަންކަމަށް ބިލްގެ ބާރު ލިބޭ ގޮތަށް ކަމަށެވެ. އެކަމަކު، ކޮމިޓީ ރިޕޯޓު އަދި ހާމަކޮށްފައި ނުވާތީ ބިލަށް ގެނައި ބަދަލުތައް އަދި އެނގިފައެއް ނުވެ އެވެ.
އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.
ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ހެދި ބިލް ފާސްކޮށްފި
"ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާ"
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސާބަސް: ފަލާހް
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
ފަނޑިޔާރުންނަށް ބިރު ދައްކާތީ އާޒިމްގެ މައްސަލަ ކޯޓަށް
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް