Roadha Mihaaru
ބަހުރޭނުގެ އިދިކޮޅު ޕާޓީ މަނާކޮށްފި

ބަހުރޭނުގެ އިދިކޮޅު ޕާޓީ މަނާކޮށްފި

15 ޖޫން 2016

މަނާމާ (ޖޫން 15) - ބަހުރޭނުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެ ގައުމުގެ ސުންނީ މުސްލިމް ސަރުކާރުން މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މަނާމާ (ޖޫން 15) - ބަހުރޭނުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެ ގައުމުގެ ސުންނީ މުސްލިމް ސަރުކާރުން މަނާކޮށްފި އެވެ.

ޖަސްޓިސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޝިއައީންގެ މައްޗަށް އެކުލެވޭ ވަފާގު ނޭޝަނަލް އިސްލާމިކް ސޮސައިޓީގެ އޮފީސް ބަންދުކޮށް އެ ޖަމާއަތުގެ މުދާތައް ވެސް ހިފަހައްޓާފައިވާ ކަމަށެވެ. މި ޖަމާއަތުގެ ލީޑަރު ވެސް ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ.

ބަހުރޭނުގައި 2011 ވަނަ އަހަރުން ފެށިގެން ވަނީ ޑިމޮކްރެސީގެ ހަރަކާތްތައް ފަށާފައި. --ފޮޓޯ:އޭއެފްޕީ

ބަހުރޭނުގައި 2011 ވަނަ އަހަރުން ފެށިގެން ވަނީ ޑިމޮކްރެސީގެ ހަރަކާތްތައް ފަށާފައި. --ފޮޓޯ:އޭއެފްޕީ

ވަފާގުގެ ވަކީލް ބުނީ މިއީ ކުރިން އެންގުމަކާ ވެސް ނުލައި ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ. ވަފާގުން ދަނީ 2011 ވަނަ އަހަރުން ފެށިގެން ބަހުރޭނުގައި ޑިމޮކްރެސީ ގާއިމްކުރުމަށް އެދި ގޮވާލާ އެއްވުންތައް ބާއްވަމުންނެވެ. އެ އަހަރުގެ ފެބްރުއަރީ މަހު މަގުތަކަށް ނުކުތް މީހުން ވަނީ ސިޔާސީ ހައްގުތައް ހޯދުމަށާއި ޝިއައީންނާ މެދު ތަފާތު ނުކުރުމަށް އެދި ގޮވާލައިފަ އެވެ. ޖެހިގެން އައި މަހު ރަސްގެފާން ހަމަދު ބިން އީސާ އަލް ޚަލީފާ ވަނީ އަވަށްޓެރި ގައުމުތަކުން ސިފައިން ގެނެސް ގަދަ ބާރުން މުޒާހަރާތައް ހުއްޓުވައިފަ އެވެ. މި ހަމަނުޖެހުންތަކުގައި ވަނީ އާއްމުންގެ 30 މީހުންނާއި ފުލުހުންގެ ފަސް މީހުން މަރުވެފަ އެވެ.

އިދިކޮޅު އެކްޓިވިސްޓުން ބުނީ ފުލުހުންނާ އެކު ހިންގި ކުރިމަތިލުންތަކުގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ.

ބަހުރޭނުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ޒައިނަބު މިދިޔަ ހަފުތާގައި ޑެންމާކަށް ފުރާފައިވާ އިރު އަނެއް އެކްޓިވިސްޓް ނަބީލް ވަނީ ހޯމަ ދުވަހު ހައްޔަރުކޮށްފައި.

ބަހުރޭނުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ޒައިނަބު މިދިޔަ ހަފުތާގައި ޑެންމާކަށް ފުރާފައިވާ އިރު އަނެއް އެކްޓިވިސްޓް ނަބީލް ވަނީ ހޯމަ ދުވަހު ހައްޔަރުކޮށްފައި.

ބަހުރޭން ނިއުސް އެޖެންސީގައި ޝާއިއުކޮށްފައިވާ ޖަސްޓިސް މިނިސްޓްރީގެ ބަޔާނުގައި ބުނީ ކޯޓު މެދުވެރިކޮށް ވަފާގު ހުއްޓުވަނީ "ގައުމު ސަލާމަތް ކުރަން" ކަމަށެވެ. ކޯޓަށް ހުށަހެޅިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަމުރު ވަނީ ތަންފީޒުކޮށްފަ އެވެ.

ބަހުރޭނުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ މަނާކުރި އިރު އެ ގައުމުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އިސް އެކްޓިވިސްޓެއް ކަމަށްވާ ނަބީލް ރަޖަބު ވަނީ މީގެ އެއް ދުވަސް ކުރިން ފުލުހުން ހައްޔަރުކޮށްފަ އެވެ. އެހެން އެކްޓިވިސްޓެއް ކަމަށްވާ ޒައިނަބް އަލް ޚަވާޖާ ހައްޔަރުކޮށްފާނެ ކަމުގެ ބިރު ހީވުމުން އޭނާ މިދިޔަ ހަފުތާގައި ވަނީ ފިލައިގެން ޑެންމާކަށް ގޮހެވެ.