12 އެޕްރީލް 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހައި ކޯޓުން އިއްޔެ ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ހުކުމުން އެނގުނީ މި ސަރުކާރުން އެ މަނިކުފާނަށް ނުހައްގު އަނިޔާދެމުންދާކަން ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހައި ކޯޓުން އިއްޔެ ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ހުކުމުން އެނގުނީ މި ސަރުކާރުން އެ މަނިކުފާނަށް ނުހައްގު އަނިޔާދެމުންދާކަން ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ވ. އާރަށް މައްސަލާގައި ދައުލަތަށް 52 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ. އެއީ އެ މައްސަލާގައި ހުކުމްކުރި ފަހުން ދައުލަތަށް ފައިސާ ދައްކަން އަމުރު ނެރެފައިވާތީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި ހުކުމުގައިވެ އެވެ.
މި އަމުރު ބާތިލްކުރި ނަމަވެސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގައި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ޖޫރިމަނާގެ ގޮތުގައި ދައްކަން އެބަ އޮތެވެ. ބާތިލްކުރީ ލޯންޑާކުރިކަން ސާބިތުވި ފައިސާ އާއި އެ ފައިސާ އިންވެސްޓުކޮށްގެން ލިބުނު މަންފާގެ 53 މިލިއަން ރުފިޔާ އެވެ.
ޕީޕީއެމާއި ޕީއެންސީ ކޯލިޝަން ހިންގުމުގައި މިވަގުތު އިސްކޮށް ހުންނެވި އަދުރޭ "މިހާރު" އަށް ވިދާޅުވީ ޔާމީންގެ މައްޗަށް ފުލުފުލުގައި ހިންގާ ދައުވާތަކުގެ ތެރޭގައި ހިމަނައިގެން 52 މިލިއަން ރުފިޔާ ދައްކަން އަމުރު ނެރުނު އިރު ވެސް އެއީ ބާތިލް އަމުރެއް ކަމަށެވެ. ޔާމީންގެ ފަރާތްޕުޅުން މައްސަލަ އިސްތިއުނާފްކޮށްފައި އޮއްވައި އެ ވަރުގެ ހުކުމެއް ނެރެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ރަނގަޅު މަގުން ދާ ނަމަ، ރައީސް ޔާމީންގެ މައްޗަށް އެ އަމުރެއް ނެރޭނެ، ޕީޖީން ވެސް އަމުރަކަށް ނުވެސް އެދޭނެ. މީގެއިން މި އަންގައިދެނީ ރައީސް ޔާމީނަށް އަނިޔާކުރަން ޖެއްސުން ކުރަން އެކި ގޮތްގޮތުން މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް،" އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި އެ ޕާޓީ ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް
އޭނާ ވިދާޅުވީ، ހައި ކޯޓުން އިއްޔެ އެ އަމުރު ބާތިލްކުރުމަކީ އަދުލު އިންސާފުގެ ދާއިރާއަ ށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"ހަމަ އެގޮތަށް ރައީސް ޔާމީނަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް."
އަދުރޭ ވިދާޅުވީ އިއްޔެގެ ޝަރީއަތް އަޑުއަހާލުމުން ވެސް ސާފުވީ އަދަލު އިންސާފުގެ ދާއިރާގެ ތެރެއަށް ސަރުކާރުގެ ނުފޫޒު އިންތިހާއޮތް ވަރު ކަމަށެވެ.
އެ އަމުރު ނެރުނީ ޔާމީން ޖަލަށްލާން ހުކުމްކުރިތާ ދެ މަސް ފަހުން ދައުލަތުން ފޮނުވި ސިޓީއާ ގުޅިގެން ކަން ފާހަގަކޮށް، ހުކުމުގައި ވަނީ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަމުރު ނެރުމުގެ ކުރިން ޔާމީނަށް އެކަމާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
މިކަމަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވި ގޮތުގައި އެއީ ސަރުކާރުން ޔާމީނާ ދޭތެރޭގައި ނުހައްގުން އަނިޔާކުރާ މިންވަރު އަންގައިދޭ ވާހަކަ އެކެވެ.
"މީގެއިން އެބަ އެނގޭ ނޫންތޯ އަޅުގަނޑުމެން މިދައްކަނީ ހުސްވާހަކަ ނޫން ކަން. އަޅުގަނޑުމެން ނޫން އެ ވާހަކަ ބުނެފައި އޮތީ. ހައި ކޯޓުގެ ބެންޗުގައި އިންނެވި ފަނޑިޔާރުގެ ވާހަކަ،" އަދުރޭ ވިދާޅުވި އެވެ.
"ސަަރުކާރުން ނިޒާމީ ސިފައެއްގައި ރާވައިގެން ރައީސް ޔާމީނަށް އަނިޔާކުރަން ކުރާ މަސައްކަތް އެ އެނގެނީ."
އަދުރޭ މިއަދު ވެސް ތަކުރާރު ކުރެއްވި ގޮތުގައި ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ނުހައްގު ދައުވާތަކެއް ކަމާއި އެމަނިކުފާނު މިނިވަންވާނެ ކަމުގެ ޔަގީންކަން ކޯޓުތަކުގެ ހުކުމްތަކުން ވެސް އަންނަނީ ލިބެމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭނެ ކަމީ ހިތުގައި ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަަމަށް ދަންނަވަނީ އެ ސަބަބުތަކާ ހެދި ކަަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް
އޭނާ ވިދާޅުވި ގޮތުގައި މި އަހަރު ބާއްވާ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ އެވެ.
ޖަލު ހުކުމުގައި ހުންނެވި ޔާމީން ވަރަށް އަވަހަށް ގެއަށް ބަދަލުކުރާނެ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.
އަދުރޭ ވިދާޅުވީ އެމަނިކުފާނު ގެއަށް ބަދަލުކޮށްދޭން ވަރަށް ގިނަ ފަހަރު މަތިން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.
"މިއީ ތިން ވަނަ ރަމަޟާން މަސް ރައީސް ޔާމީން ޖަލުގައި މި ސަރުކާރުން ގެންގުޅޭތާ. ހުކުމްކޮށްފައި ޖަލަށް ގެންދިޔަ ދުވަހުން ފެށިގެން ވެސް ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވާތީ އާއި ރައީސް ޔާމީންގެ އެންމެ ހަގު ފިރިހެން ދަރިފުޅުގެ އޯލެވެލް އަހަރު ކަމަށްވާތީއާ އެކީގައި އެކި ގޮތްގޮތަށް ސަރުކާރުގައި ދެންނެވިން،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިސް ބޭފުޅުން ލައްވައި ވެސް އެ ހުށަހެޅުން އެމަނިކުފާނާ ހިސާބަށް ހުށަހެޅުއްވި އެވެ.
"ކަރެކްޝަންސްއާ އަޅުގަނޑުމެން ވާހަކަ ދެއްކިން. އާއިލާގެ ފަރާތުން ސިޓީ ވެސް ހުށަހެޅި. މި ހުރިހާ މަސައްކަތެއް ކުރީމާ ވެސް ސަރުކާރުން ގެއަށް ބަދަލެއް ނުކޮށްދިން. އެހެންވީމާ ނޭނގެ ރައީސް ޔާމީން ގެއަށް ބަދަލުކުރާ ކަމެއް އަދި ނުކުރާ ކަމެއް ވެސް. ރައީސް ސޯލިހްގެ ނިޔަތަކަށް އޮތީ ރައީސް ޔާމީނަށް އަނިޔާކުރުމާއި ޖެއްސުންކުރުމާއި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުން،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރު ނިމިއްޖެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަށާއި ކޯލިޝަން ބައިވެރިން އެ މަނިކުފާނާ ދުރަށް ޖެހި އެކަނިވެރިވެފައިވާ ކަމަށެވެ.
"ކޯލިޝަން ހިންގާނަމޭ ވިދާޅުވާ އިރު ހަގީގަތުގައި އެއްވެސް ބޭފުޅަކު ނެތެއް ނޫންތޯ ރައީސް ސޯލިހާ އެކު،" އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރަކަށް އެންމެ ތާއީދު ބޮޑު ލީޑަރަކަށް ނުވަތަ އެންމެ ގިނަ ވޯޓު ހޯއްދެވޭނެ ބޭފުޅަކަށް ހުންނެވީ ޔާމީނެވެ. އެ މަނިކުފާނު ވާދަކޮށް ފުރަތަމަ ބުރުން ވެސް ކާމިޔާބު ހޯއްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
ރިޔާސީ އިންތިހާބު ފަސްކުރަން އިދިކޮޅުން ގޮވާލައިފި
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
"އެހެން ޕާޓީތަކުން އަރަން ޖެހޭނީ ޕީޕީއެމްގެ ފަހަތަށް"
"ސިޔާސީ މައިދާނަށް މި ނުކުތީ ޑިމޮކްރަސީ ނެތިގެންދާތީ"
ސަފުތައް ރުކުރުވާލައި ޕީޕީއެމް އެކުގައި ނުކުންނަނީ
"ޔާމީންގެ ފަރާތުން ދޮގުހެކި ހުށަހަޅާފައެއް ނުވާނެ"
ޓިކެޓުގެ ވާހަކަ ދައްކަން ލީޑަޝިޕަށް ފުރުސަތެއް ނުދިން
އަދުރޭ ވިދާޅުވީ އެއީ ހަރާމް ހުކުމެއް ކަމަށް