27 ޑިސެމްބަރ 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ދޮގު ހެކިބަސް ދިން ކަމަށް ކޯޓުން ނިންމި ނަމަވެސް ޕީޕީއެމުން އެކަން ދޮގުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ދޮގު ހެކިބަސް ދިން ކަމަށް ކޯޓުން ނިންމި ނަމަވެސް ޕީޕީއެމުން އެކަން ދޮގުކޮށްފި އެވެ.
ވ. އާރަށުގެ މައްސަލާގައި ޔާމީނަށް ކުރި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނުގެ ދިފާއީ ހެކިން ހެކިބަސް ދިނީ އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތު ކުރުމަށެވެ.
ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއީ ހެކިން ދޮގު ހެކިބަސް ދިން ކަމަށް ކޯޓުން ނިންމާފައިވާތީ އެކަން ތަހުގީގު ކުރުމާ މެދު ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.
އެގޮތުން ތަހުގީގު ކުރަމުން ދަނީ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް ދިން ހެކިބަހާ ގުޅިގެންނެވެ.
މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ހުށަހެޅި ހެއްކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޔާމީނުގެ ފަރާތުން ދޮގުހެކި ނުދޭނެ ކަމަށެވެ.
އަދި އެ ހުކުމަކީ މާ ގިނަ ހެކިތަކަކަށް ބަަލައިގެން ކޮށްފައިވާ ހުކުމެއް ނޫން ކަމަށާއި ސަބަބަކީ އެ ހުކުމަކީ ސުޕްރީމް ކޯޓުގެ ނިންމުމާ ދެކޮޅަށް ކޮށްފައިވާ ހުކުމަކަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހުކުމުގައި އޮންނާނެ ފާސިގުންގެ ހެކިބަހަކަށް ހުކުމް ނުކުރެވޭނެ ކަމަށް. އަދީބާއި ޒިޔަތުގެ ހެކިބަސް ގަބޫލު ކޮށްގެން ހުކުމް ކޮށްފައި އެ އޮތީ، އެހެންވީމަ އެ ސަބަބަށްޓަކައި އަޅުގަނޑުމެން ހަރާމް ހުކުމެކޭ، ބާތިލް ހުކުމެކޭ މި ކިޔަނީ." އަދުރޭ ވިދާޅުވި އެވެ.
އޭނާ ވަނީ ނަރީޝްގެ ހެކިބަސް ދޮގު ހެކިބަހަށްވެ، އަދީބާއި ޒިޔަތުގެ ހެކިބަސް ތެދު ވާންވީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.
"ކީއްވެގެންތޯ ނަރީޝްގެ ހެކިބަސް ދޮގުވެފައި އަދީބާއި ޒިޔަތުގެ ހެކިބަސް ތެދުވާންވީ. ކުރުކޮށް ދަންނަވަންޏާ ދަންނަވާނީ ރައީސް ޔާމީނުގެ ފަރާތުން ދޮގުހެކި ހުށަހަޅައިފައެއް ނޯންނާނޭ."
ކްރިމިނަލް ކޯޓުން އިއްޔެ އާންމުކުރި ހުކުމުގައި ވަނީ ޔާމީންގެ ފަރާތުން ހެކިބަސް ދިން އެ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ.
އަދި އެ ހެކިން ދެއްކި ވާހަކަތަކަށް ބަލާއިރު އޮޅުވާލުމުގެ އިތުރުން ކަނޑައެޅިގެން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން އެކަން ހާމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ޔާމީނަށް ދިން އިންޒާރަށް އެއްޗެއްބުނަން މުނާސަބެއް ނޫން
ޔާމީންގެ ފޯމުގައި ސޮއިކުރެވޭ ގޮތް ހަދަން އެދިއްޖެ
ގާސިމަށް ކުރި ބޮޑެތި ތުހުމަތު ޕީޕީއެމުން ދިފާއުކޮށްފި
"ޗާގޯސް ގެއްލުނުއިރު ދެރަވީ ޔާމީން ޖަލުގައި ހުރީމަ"
ޔާމީންގެ މައްސަލަ އަނބުރާ ގެންދަން ޕީޕީއެމުން އެދެފި
ކާމިޔާބުން އެނގުނީ ޔާމީނަށް ދެމުންދާ އަނިޔާ: އަދުރޭ
"ސިޔާސީ މައިދާނަށް މި ނުކުތީ ޑިމޮކްރަސީ ނެތިގެންދާތީ"
ސަފުތައް ރުކުރުވާލައި ޕީޕީއެމް އެކުގައި ނުކުންނަނީ
އަދުރޭ ވިދާޅުވީ އެއީ ހަރާމް ހުކުމެއް ކަމަށް
ޔާމީންގެ ޝަރީއަތް 2 ގަޑިއިރު ލަސްވެއްޖެ!