11 މާޗް 2018
އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ ކުޅުނު ދެ މެޗުން ނަތީޖާ ނުނެރެވުނަސް ކުޅުންތެރިންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެކަމަކު ކުރިއަށް ހުރި މެޗުތަކުން ނަތީޖާ ނެރުން ވަރަށް މުހިއްމު ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުންޏެވެ.
އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ ކުޅުނު ދެ މެޗުން ނަތީޖާ ނުނެރެވުނަސް ކުޅުންތެރިންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެކަމަކު ކުރިއަށް ހުރި މެޗުތަކުން ނަތީޖާ ނެރުން ވަރަށް މުހިއްމު ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުންޏެވެ.
ފުރަތަމަ މެޗުގައި މާޒިޔާ އިން ދެ ލަނޑު ޖަހާފައިވަނިކޮށް ކްލަބް ގްރީންސްޓްރީޓްސް އިން ވަނީ ފަހު ވަގުތު 2-2 އިން އެއްވަރުކޮށްފަ އެވެ. އަދި ދެ ވަނަ މެޗުން ނިއު ރޭޑިއަންޓުގެ މައްޗަށް ކޮންޓްރޯލް ހޯދި ނަމަވެސް 1-0 އިން ބަލިވީ އެވެ. ލީގުގައި މިއަދު ހަވީރު އެ ޓީމު ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ.
އިންމަ ބުނީ އެ ދެ މެޗުގައި ހިތްދަތި ގޮތެއް ދިމާވި ނަމަވެސް ކުޅުންތެރިންގެ އިތުބާރާއި ދަނޑުމަތީގައި އެ ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
"އެކަމަކު ފުޓްބޯޅައިގައި ހަމައެކަނި ކުޅެގެން ލީގުގައި ކުރިއަށް ނުދެވޭނެ. ވަރަށް މުހިއްމު ކަމެއް ނަތީޖާއަކީ. ނަތީޖާ ނެރެން ޖެހޭ ކުޅުމާ އެއް ލެވެލެއްގައި. އަޅުގަނޑުމެން ކޮޅަށް ނަތީޖާ ބުރަވާ ހިސާބުން އިތުރަށް މޯޓިވޭޓްވެ ލީގުގައި އިތުރަށް ކުރިއަށް ދާން ކޮންފިޑެންސް ލިބޭނެ ކުރިއަށް އޮތް މެޗުތަކާ ކުރިމަތިލާއިރު. އެހެންވެ ކުރިއަށް މިއޮތީ ވަރަށް މުހިއްމު މެޗެއް،" އިންމަ ބުންޏެވެ.
އިންމަ ބުނީ ލީގުގެ އެންމެ ރަނގަޅު ހިސާބެއްގައި މާޒިޔާ މި ވަގުތު ނެތުމަކީ އެއްވެސް ވަރަކަށް ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި ދިގު ލީގެއް ކުޅޭއިރު އެންމެ ދެ މެޗުން، އަދި އޮންނަންވާ ހިސާބެއްގައި ނޯވެދާނެ ކަމަށެވެ.
"ރަނގަޅު ކަންތައްތަކެއް ވޭދުވެ ދިޔަ ދެ މެޗުގައި ފެނިގެން ދިޔައީ. ކުޅުންތެރިންގެ އެޓިޓިއުޑާއި ކުޅުންތެރިންގެ މޯޓިވޭޝަނާއި އަދި ކުޅުންތެރިން ދަނޑުމަތީގައި އެކުރާ ހިތްވަރަށް އެޔަކަށް އެއްވެސް ބަދަލެއް ނާދޭ .ޑްރޯވި މެޗުގައި ވެސް އަދި ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި ވެސް. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ ވެލެންސިއާ މެޗުގައި ވެސް އެ މޯޓިވެޝަނާ އެ ހިތްވަރާއި އެކު ދަނޑުމައްޗަށް ކުޅުންތެރިން ނުކުންނާނެ ކަމަށް. ނުކުމެގެން އަޅުގަނޑުމެންނަށް ނަތީޖާ ނެރެވިއްޖެ ކަމަށް ވަންޏާ، އަޅުގަނޑުމެން އިރާދަކުރެވިއްޔާ ޕްލެޔަރުން ނަތީޖާ ވެސް ނެރޭނެ. އެގޮތަށް ކުރިއަށް ދެވޭ ކަމުގައި ވަންޏާ އަޅުގަނޑުމެން ލީގުގައި ހަމަ ކުރިއަށްއޮތް މެޗުތަކުގައި އަޅުގަނޑުމެން ޓީމު އިތުރަށް ވަރުގަދަވެ އިތުރު ހިތްވަރެއް ލިބިގެންދާނެ،" އިންމަ ބުންޏެވެ.
ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި ކްލަބް އީގަލްސްއާ 3-3 އިން އެއްވަރުވިއިރު ރަނގަޅު ގޭމެއް ކުޅުނު އިރު ވެސް ގޯސްތަކެއް ހެދުނު ކަމަށާއި މި މެޗަށް ނުކުންނައިރު އެކަމަށް ވިސްނާނެ ކަމަށެވެ.
"އެ މިސްޓޭކްތައް ރަނގަޅުކޮށްގެން މާޒިޔާ އަކީ ކިހާ ވަރުގަދަ ޓީމެއްކަން ދަނެގެން ނުކުންނާނީ. މާޒިޔާ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުފަދަ ދެ ޓީމުގެ ތެރެއިން އެއް ޓީމު،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ ޕްރެކްޓިސް މެޗެއްގެ ތެރެއިން މާޒިޔާ އަތުން ބަލިވި ކަމަށާއި އެކަމަކު އެ ދުވަހު އޭނާ އަށް ހެދުނު މިސްޓޭކްތަކާއި ކުޅުންތެރިންގެ އެޓިޓިއުޑް ހުރި ގޮތް ކިޔާ ދެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުގެ ގޭމް ޕްލޭނަށް މަސައްކަތްކަތް ކުރެވިއްޖެއްޔާ އުއްމީދު އެބައޮތް. އަޅުގަނޑަށް އެނގޭ މާޒިޔާގައި ވަކިވަކި (މޮޅު ކުޅުންތެރިން ތިބިކަން)، މިސާލަކަށް ހާއްސަކޮށް އެ ސްޓްރައިކަރު ކޯނޭ. އޭގެ އިތުރުން ދާދު، އާއްކޮ. މި ސްޓްރައިކް ލައިނަށް ބަލާއިރު ވަރަށް އަވަސް ވަރަށް ހަލުވި. ވަރަށް ސަމާލުވެގެން ނޫނީ މާޒިޔާގެ މި ސްޓްރައިކް ލައިން ނުހިފެހެއްޓޭނެ. އޭގެ އިތުރަށް މާޒިޔާގެ ވީކް ޕޮއިންޓްތައް ވެސް އެނގޭ. އެކަމަކު އޭގެ މާނައަކީ އެއްގޮތަކަށް ވެސް މާޒިޔާ ދަށްކޮށަލީނީކީ ނޫން. ތަކުރާރުކޮށް މި ބުނަނީ މާޒިޔާ އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ މި މެޗުގައި ވަރަށް ސަމާލުވެ ވަރަށް މަސައްކަތްކުރާނެ ކަމަށާއި އުއްމީދަކީ މަދުވެގެން ޕޮއިންޓެއް ހިފައިގެން ގެޔަށް ދިޔުން ކަމަށެވެ. އޭނާ ބުނީ މާޒިޔާ ފަދަ ޓީމެއްގެ ޕޮއިންޓެއް ލިބުމަކީ ވެސް ލިބޭނެ ބޯނަހެއް ކަމަށާއި އެއީ ކުޅުންތެރިންނަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެ ކަމަށެވެ.
އަސަދުﷲ އެނބުރި އައި މެޗުން މާޒިޔާ އަށް މޮޅެއް
ވެލެންސިއާ ބަލިކޮށް މާޒިޔާ އަށް ހަމަޖެހުމެއް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ހުމުގެ ރޯގާއާ ހެދި ވެލެންސިއާއަށް މެޗު ނުކުޅެވުނު،
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި