Roadha Mihaaru
ހޯރަފުށީގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

ހޯރަފުށީގައި ފެނުގެ ނިޒާމުގެ ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި

09 މާޗް 2018

ހއ. ހޯރަފުށީގައި ސާފު ބޯ ފެން ލިބޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހއ. ހޯރަފުށީގައި ސާފު ބޯ ފެން ލިބޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް އިއްޔެ ފަށްޓަވައި ދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އެ މަޝްރޫއުގެ ދަށުން ގަޑިއަކު އަށް ޓަނުގެ ފެން އުފައްދާ ދެ އާރް އޯ ޕްލާންޓް އެރަށުގައި ގާއިމް ކުރެވޭނެ އެވެ. އެ ދެ ޕްލާންޓުން ދުވާލަކު 156 ޓަނުގެ ފެން އުފެއްދޭނެ އެވެ.

އެ މަޝްރޫއު ނިމޭއިރު ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް، ހޯރަފުށީގެ ހުރިހާ ގެއަކާއި އޮފީސްތަކަށް ސާފު ބޯ ފެން ލިބޭނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ އެ މަޝްރޫޫއުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

އެ މަޝްރޫއަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ޖުމްލަ އަގު 52 މިލިއަން ރުފިޔާއަށް އަރަ އެވެ.