Roadha Mihaaru
ތަޖުރިބާކާރު ދެ މިޑްފީލްޑަރުންގެ ކުރިމަތިލުމެއް

ތަޖުރިބާކާރު ދެ މިޑްފީލްޑަރުންގެ ކުރިމަތިލުމެއް

10 މާޗް 2018

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް ވާދަކުރާއިރު، ދެ ކުޅުންތެރިޔެއްގެ ވާދަވެރިކަމެއް ފެންނާނެ ކަމަށް ބެލެވެ އެވެ. އެއީ މި ދެ ޓީމު ލީޑުކުރަން މެދުތެރެއިން ތިބި ދެ ކުޅުންތެރިންގެ ކުރިމަތިލުމެވެ. ގްރީންގެ ކެޕްޓަން ބޭންޑް އަޅައިގެން އަސްހަދު އަލީ (އަޑޭ) ނުކުންނައިރު، އީގަލްސްގެ މެދު ތެރޭގައި ހުރީ މުހައްމަދު އާރިފް (ބަކާ) އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޗުގެ ކުރިން ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ގްރީން އިން އަޑޭ ހޯދީ ވަރަށް މަސައްކަތުން ކަމަށާއި ބަކާގެ މުހިއްމުކަން އީގަލްސް އަށް ވެސް ބޮޑުކަން ފެނިގެން ގޮސްފި ކަމަށެވެ.

"މީގެ ލީޑަޝިޕްހުރި ކުޅުންތެރިޔެއް މެދަށް ބޭނުންވާ ކަމުގެ ހެއްކެއް އަޑޭ ވަރަށް މަސައްކަތުން ގްރީން އަށް ހޯދާފައި މި ހުރީ. ދެން ބަކާ އީގަލްސް އަށް ގެންދިޔައީ ވެސް ބައިވަރު ޒުވާން ކުޅުންތެރިން ތިއްބާވެސް އެ ކަހަލަ ލީޑަޝިޕް ހުރި އެކްސްޕީރިއަންސް ކުޅުންތެރިއަކު ބޭނުންވާތީ،" ސުޒޭން ބުންޏެވެ.

މި ދެ ކުޅުންތެރިންނަކީ ވެސް ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިތިބި ކުޅުންތެރިންނެވެ. އަދި ކްލަބް ލެވެލްގައި ވެސް އެއް ޓީމަށް ކުޅެފައިތިބި ކުޅުންތެރިންނެވެ. ސުޒޭން ބުނީ މިއީ މި ދެ ކުޅުންތެރިންގެ ރަނގަޅު ޗެލެންޖެއް ފެނިގެންދާނެ މެޗެއް ކަމަށެވެ.

"ޗެލެންޖް ވަރަށް ރަނގަޅަށް ފެނިގެންދާނެ. އެއް ކަަހަލަ ސްޓައިލަކަށް ކުޅޭ އެކަމަކު ވެސް ތަފާތު ކަންތައްތަކެއް ހުރި ދެ ކުޅުންތެރިންނަށް ވެފައި މި ވަގުތު ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ދެ މިޑްފީލްޑަރުންނޭ ދެންނެވޭނީ. މިއީ ބަލާލަން ހިތްގައިމު ޗެލެންޖަކަށް ވާނެޔޭ އަޅުގަނޑު ދަންނަވާނީ،" ސުޒޭން ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަޑޭ ވަނީ ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފަ އެވެ. މި ފަހަރު ގްރީން އިން ކުޅުނު ދެ މެޗު ވެސް ޓީސީ އާއި މާޒިޔާއާ ދެކޮޅަށް އެއްވަރުވިއިރު ދެ މެޗުގައި ވެސް އަޑޭ ރަނގަޅަށް ކުޅުނެވެ. އަދި އެ ޓީމުން ދެ މެޗުގައި ވެސް ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރިއިރު، އަޑޭގެ ދައުރު އޭގައި ހިމެނެ އެވެ.

ބަކާ އަށް ގައުމީ ޓީމުން ފަހަކަށް އައިސް ފުރުސަތު ނުލިބެ އެވެ. މި ފަހަރު އީގަލްސް އަށް ބަދަލުވުމަށް ފަހު މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ބަކާ ކުޅުނު ދެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.