ތެހެރާން (މާޗް 8) - އީރާނުގައި ބުރުގާ އަޅަން އޮންނަ އުސޫލާ މެދު ހިތްހަމަނުޖެހުން ފާޅު ކުުރުމުގެ ގޮތުން އާއްމު ތަނެއްގައި ބުރުގާ ބޭލި އަންހެން މީހާ ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.
08 މާޗް 2018
ތެހެރާން (މާޗް 8) - އީރާނުގައި ބުރުގާ އަޅަން އޮންނަ އުސޫލާ މެދު ހިތްހަމަނުޖެހުން ފާޅު ކުުރުމުގެ ގޮތުން އާއްމު ތަނެއްގައި ބުރުގާ ބޭލި އަންހެން މީހާ ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.
ތެހެރާންގެ ޕްރޮސެކިއުޓަރު އައްބާސް ޖާފަރީ ވިދާޅުވީ އަންހެން މީހާގެ ހުކުމް ތަންފީޒު ކުރުން ވަނީ ފަސްކޮށްފައި ކަމަށެވެ. އަދި އޭނާ އަށް ބޭސް ފަރުވާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އެ އަންހެން މީހާ ބުރުގާ ބޭލި ފަހުން އެކަމަށް ތާއީދުކޮށް އެތައް ބަޔަކު ފަހުން ވަނީ ބުރުގާ ބާލަން ފަށައިފަ އެވެ. އާއްމު ތަނެއްގައި ބުރުގާ ބާލައިގެން ފެބްރުއަރީ މަހު ވެސް އީރާނުން ވަނީ 29 މީހުން ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ އެންމެން ފަހުން ވަނީ ދައުވާ ނުކޮށް ދޫކޮށްލައިފަ އެވެ.
އިހްތިޖާޖް ކުރި ބައެއް އަންހެނުން ބުނެފައި ވަނީ ބުރުގާ އެޅުމަށް އެ މީހުން ލޯބިކުރާ ކަމަށާއި އެކަމަކު ދެކޮޅު ހަދަނީ އެއީ މަޖްބޫރު ކަމަކަށް ހަދާފައި އޮންނާތީ ކަމަށެވެ.
ޖަލަށް ހުކުމްކުރި އަންހެން މީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ ޑިސެމްބަރު މަހު އޭނާ ވަނީ ބުރުގާ ބޭލުމަށް ފަހު ދަނޑިއެއްގެ ކުރީގައި ހަރުކޮށްގެން އާއްމު ތަނެއްގައި ހުރެ ހޫރުވައިފަ އެވެ.
އީރާނުގައި އަންހެނުން ބުރުގާ އެޅުން މަޖްބޫރުކޮށްފައި ވަނީ 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު އެވެ.
އީރާނުގައި ބުރުގާ ނާޅާ އުޅުނު 29 އަންހެނަކު ހައްޔަރުކޮށްފި
ތެހެރާންގައި މިހާރު ބުރުގާ މަޖުބޫރެއް ނޫން: ފުލުހުން
ހަނގުރާމައަށްފަހު އީރާންގައި ޖީޕީއެސް އޮޅުންބޮޅުންވެފައި
ނިއުކްލިއާ ޕްރޮގްރާމެއް ނުހުއްޓާނަން: އީރާން
ވައިގެ ދިފާއީ ނިޒާމު ބަދަލުކޮށްފިން: އީރާން
އިޒްރޭލުގެ ހަމަލާއެއްގައި އީރާންގެ ރައީސް ޒަހަމްވި
އިޒްރޭލުން އީރާންގެ ރައީސް އަވަހާރަކޮށްލަން އުޅުނު
އިޒްރޭލުގެ ހަމަލާތަކުން 935 މީހަކު މަރުވި: އީރާން
"އީރާނުން ޔުރޭނިއަމް ފައްކާކުރުން ލަސް ނުވެ ފެށޭނެ"
ޚާމަނާއީއަށް ހަމަލާދޭން ހޯދިން، ނުފެނުނީ: އިޒްރޭލް