Roadha Mihaaru

އިޒްރޭލުގެ ހަމަލާތަކުން 935 މީހަކު މަރުވި: އީރާން

އިޒްރޭލާ އެކު 12 ދުވަސް ވަންދެން ކުރި ހަނގުރާމާގައި އީރާނުން އެންމެ މަދުވެގެން 935 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ޖުޑީޝަރީން ބުނެފި އެވެ.

އިޒްރޭލުގެ ހަމަލާތަކުން 935 މީހަކު މަރުވި: އީރާން

އިޒްރޭލާ އެކު 12 ދުވަސް ވަންދެން ކުރި ހަނގުރާމާގައި އީރާނުން އެންމެ މަދުވެގެން 935 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ޖުޑީޝަރީން ބުނެފި އެވެ.

"ޒަޔަނިސްޓް ސަރުކާރުން އަޅުގަނޑުމެންގެ ގައުމާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި 935 ޝަހީދުން ދެނެގަނެވިފައިވާ،" ޖުޑިޝަރީގެ ތަރުޖަމާނު އަސްގަރް ޖަހަންގީރު ވިދާޅުވި އެވެ.

މަރުވި މީހުންގެ ތެރޭގައި 132 އަންހެނުންނާއި 38 ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތެހެރާންގެ އެވިން ޖަލަށް އިޒްރޭލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 79 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ގައިދީންނާއި އެ މީހުންނަށް ޒިޔާރަތްކުރާ އާއިލާގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން ހިމެނޭ ކަމަށެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން ވަނީ އީރާނަށް އަމާޒުކޮށް ބޮމުގެ ވަރުގަދަ ހަަމަލާތަކެއް ފަށައި، އަސްކަރިއްޔާގެ އިސް ވެރިންނާއި ނިއުކްލިއާ ސައިންސްވެރިން ޝަހީދުކޮށްފަ އެވެ.

އިޒްރޭލުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އީރާންގެ ރައްދު ހަމަލާގެ ތެރޭގައި އިޒްރޭލުގެ 28 މީހަކު ވަނީ މަރުވެފަ އެވެ.