އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ފެށުނު ހަނގުރާމަ 12 ދުވަސް ފަހުން ނިމުނު އިރު އެ މުއްދަތުގައި އިޒްރޭލުން ޣައްޒާގައި ފަލަސްތީނުގެ 870 މީހަކު ޝަހީދުކޮށްލިކަން ހިސާބުތަކުން ހާމަވެއްޖެ އެވެ.
އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ފެށުނު ހަނގުރާމަ 12 ދުވަސް ފަހުން ނިމުނު އިރު އެ މުއްދަތުގައި އިޒްރޭލުން ޣައްޒާގައި ފަލަސްތީނުގެ 870 މީހަކު ޝަހީދުކޮށްލިކަން ހިސާބުތަކުން ހާމަވެއްޖެ އެވެ.
އިޒްރޭލު-އީރާން ހަނގުރާމައަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައި އޮތް އިރު ޣައްޒާގައި އިޒްރޭލުގެ ހަމަލާތައް ވަރުގަދަކުރި އެވެ. އިޒްރޭލާއި އެމެރިކާއިން ބޭނުންވާ ގޮތަށް އެހީގެ ސާމާނު ބަހާ ޖަމިއްޔާގެ ސެންޓަރުތަކުގެ ކައިރިއަށް މީހުން ޖަމާވެފައި ވަނިކޮށް ހަމަލާ ދިނުން އާންމު ކަމަކަށް ހަދާފައި ވާއިރު އެ ފަދަ ހަމަލާތައް ވެސް ގިނަވި އެވެ.
ޣައްޒާގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިޒްރޭލާއި އީރާންގެ 12 ދުވަހުގެ ހަނގުރާމައިގެ ތެރޭ ޣައްޒާގައި ވަނީ އެންމެ މަދުވެގެން ވެސް 870 މީހަކު ޝަހީދުކޮށްލައިފަ އެވެ.
ހަނގުރާމަ ނިމުނު ފަހުން ހޭދަވި 24 ގަޑިއިރު ތެރޭގައި ވެސް ޣައްޒާއިން 90 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެ އެވެ.
މީގެ ތެރޭގައި ވެސް ގިނައީ އިޒްރޭލުގެ ހިސާރުގެ ސަބަބުން ހައިހޫނުކަމުގައި އުޅެންޖެހިފައިވާ މީހުން ކާނާ ހޯދަން މަރުކަޒުތަކުގެ ކައިރިއަށް އެއްވާ ވަގުތު، ހަމަނުޖެހުން އުފެއްދުމާއި ސިފައިންނަށް ނުރައްކާކުރާ ކަމަށް ބުނެ ދޭ ހަމަލާތަކުގައި ޝަހީދުވާ މީހުންނެވެ. މިގޮތަށް ޝަހީދުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު އދ. އިން ވަނީ މިކަން ކުށްވެރިކޮށްފަ އެވެ.
އދ. އިން އެހީގެ މަސައްކަތްކުރުން އިޒްރޭލާއި އެމެރިކާއިން ހުއްޓުވުމަށް ފަހު އެހީގެ މަސައްކަތް ހަވާލުކޮށްފައިވާ އެމެރިކާގެ ޖަމިއްޔާއިން ކަންތައް ކުރާ ގޮތުން، އެހީ ހޯދުމުގެ މަސައްކަތް މިހާރު ވެފައި ވަނީ މަރުގެ ދަންތުރައަކަށް ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ ދެ އަހަރުވާން ގާތްވެފައި ވާއިރު އެ ހަމަލާތަކުގައި 56،156 މީހަކު ޝަހީދުވިކަން ކަށަވަރުވެ އެވެ. އެކަމަކު މި އަދަދު މިއަށްވުރެ މާ މަތިވާނެ ކަމަށް ބެލެވެ އެވެ. މި މުއްދަތުގައި ޒަހަމްވި މީހުންގެ އަދަދު 132،239 އަށް މިހާރު ވަނީ އަރައިފަ އެވެ.
"ޣައްޒާއިން އިޒްރޭލު ކުޑަކަކޫމައްޗަށް ތިރިކޮށްފި"
ހަތަރު ސިފައިންގެ މަރަށް ފަހު އީރާނުން އިންޒާރެއް
އިޒްރޭލުގެ ހަމަލާތައް އީރާންގެ މިސައިލް ސައިޓްތަކަށް
އިޒްރޭލުން އީރާނަށް ހަމަލާދޭން ފަށައިފި
އީރާނުން އިޒްރޭލަށް މިސައިލްތަކެއް ފޮނުވާލައިފި
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
ގާޒާ ހަނގުރާމަ ފުޅާވެދާނެ، އީރާން ތައްޔާރު
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
ހަމަލާ ހުއްޓާލާށޭ ނުކިޔާ، މިއީ ހަނގުރާމައިގެ ވަގުތު