ރާއްޖޭގައި އަންހެނުންނަށް އަދާނުކުރެވޭނެ ވަޒީފާއެއް، ނުކުރެވޭނެ ކަމެެއް ނޯންނާނެ ކަމަށް ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ.
08 މާޗް 2018
ރާއްޖޭގައި އަންހެނުންނަށް އަދާނުކުރެވޭނެ ވަޒީފާއެއް، ނުކުރެވޭނެ ކަމެެއް ނޯންނާނެ ކަމަށް ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ އަގުވަޒަން ކުރުމަށް ސަރުކާރުން ދޭ ރެހެންދި އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި އަންހެނުންނަށް ހާސިލް ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ކޮންމެ ދާއިރާއެއްގައި ވެސް، ގައުމުގެ އެންމެ މަތީ ފަންތީގެ މަގާމުތަކުގައި މަސައްކަތް ކުރުމުގެ ގާބިލްކަން ދިވެހި އަންހެނުންގެ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ވެސް ބޭއްވި ރަސްމިއްޔާތުގައި ޒެނީޝާ ވަނީ ދިވެހިި އަންހެނުން ހޯދާފައިވާ ކާމިޔާބީތަކާއި އެ މީހުންނަށް ހުރި ފުރުސަތުތައް ފާހަގަ ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންހެނުންގެ ހައްގުތައް ފޯރުކޮށްދިނުމަށް ރާއްޖޭން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން މަތީ ސާނަވީ އަށް ކިޔަވާ އަންހެން ދަރިވަރުންގެ އަދަދު އެހެން ގައުމުތަކާ އަޅާބަލާއިރު ގިނަވުމާއި ވިހެއުމުގެ ތެރޭގައި މައިމީހާ މަރުވާ ނިސްބަތް ކުޑަކުރުމާއި އަންހެނުންގެ ހައްގުތަކާއި އެ މީހުންނަށް ލިބޭ އަނިޔާތަކާއި ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމަށް ގިނަ ގާނޫނުތަކެއް ހަދާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ރެހެނދި އެވޯޑް ލިބިވަޑައިގެން (ކ-ވ) ޒޫނާ އާއި ނަޝްވާ އަދި އައިމިނަތު ވަހީދާ-- މިހާރު ފޮޓޯ: ހުސެން ވަހީދު
"މީގެ އިތުރުން ކައިވެނި ރޫޅޭ ހާލަތުގައި ދެ މީހުންނަށް އެއްވަރަށް މުދާ ބެހޭނެ ގަވައިދެއް އެކުލަވާލާފައިވާއިރު، މިއީ ހައްގުތައް ހިމާޔަތް ކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް." ޒެނީޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުން އަދި އަލަށް ވިޔަފާރި ފަށަން ގަސްދު ކުރާ މީހުންނަށް ސަރުކާރުން ދޭ ލުއި ލޯނުގެ 40 ޕަސެންޓް ހާއްސަ ކޮށްފައިވަނީ އަންހެނުންނާއި ޒުވާނުންނަށެވެ.
ޒެނީޝާ ވިދާޅުވީ ގައުމުގެ މަތީ ފަންތީގެ އެކި ވަޒީފާތަކުގައި އުޅޭ އަންހެނުންގެ އަދަދު އިތުރުވަމުން އަންނައިރު މިހާރަށް ވުރެ މި ނިސްބަތް އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ތަރައްގީގެ ސިޔާސަތު، ތަފާތު ނަޒަރަކުން ރޭވުމާއި އޭގައި އަންހެނުންނާ ގުޅުން ހުރި ކަންކަން ހިމެނުމަށް މަގުފަހި ވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގައި ކުރިއެރުންތަކެއް ހޯދި ނަމަވެސް، އަދިވެސް އެ މީހުންނަށް ކުރިމަތިވާ ގޯނާތައް މަދުނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އަންހެނުންނަށް ގެވެށި އަނިޔާކޮށްގެންނާއި ފުރައްސާރަ ކޮށްގެން ހުށަހަޅާ މައްސަލަތައް ގިނަ ކަމަށެވެ. އަދި މިކަންކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭކަން ވެސް ޒެނީޝާ ފާހަގަ ކުރެއްވި އެވެ.
އަންހެނުންގެ ދުވަހު ދޭ ރެހެންދި އެވޯޑް މި ފަހަރު ހާސިލް ކުރީ ނަރުހެއްގެ ގޮތުގައި 49 އަހަރު ހިދުމަތް ކުރައްވާފައިވާ އައިމިނަތު ވަހީދާ އާއި އިންސްޕެކްޓަރު އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި ޑައިވަރު ޒޫނާ ނަސީމެވެ.
ފަޒްނާގެ ދިރިއުޅުމުގެ މިސާލުތަކުން އަންހެނެއްގެ ޒިންމާ
އާދޭހުގައި 13އަހަރު: މި މަންމަގެ ހައްގެއް ނުލިބުނު!
ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ގިނަ: މިނިސްޓަރު
އަންހެނުން ބާރުވެރިކުރުމުގައި ނަމޫނާ ދެއްކިދާނެ: ރައީސް
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އާ އެކްޝަން ޕްލޭނުން ހައްގުތައް ލިބޭނެ: މިނިސްޓަރު
އަންހެނުންގެ ދުވަސް ފާހަގަކުރަން ހުޅުމާލޭގައި އިވެންޓެއް
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!
ސާކިއުލާ ނެރުނީ ޝިއާރާގުޅޭ ހަރަކާތް ހިންގަން ބާރުއަޅަން
މާބޮނޑި، ފިނިފެންމާ، ކޭކް، ޗޮކްލެޓް މަނާ!