Roadha Mihaaru
ސާކިއުލާ ނެރުނީ ޝިއާރާގުޅޭ ހަރަކާތް ހިންގަން ބާރުއަޅަން

މަލާއި ކޭކު ފަދަ އެެއްޗެހި ނުދޭން އެންގީ ޝިއާރާ ގުޅޭ ހަރަކާތްތައް ހިންގަން ބާރުއަޅަން: ޖެންޑާ މިނިސްޓްރީ

07 މާޗް 2022

މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ބާއްވާއިރު، މާބޮނޑި އާއި ފިނިފެންމަލާއި ކޭކު ފެޅުން ފަދަ ކަންތައްތައް ނުކުރަން އެންގީ، މި އަހަރުގެ ޝިއާރާ ގުޅުވައިގެން ކަންކަން ކުރުމަށް ބާރުއަޅަން ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ބާއްވާއިރު، މާބޮނޑި އާއި ފިނިފެންމަލާއި ކޭކު ފެޅުން ފަދަ ކަންތައްތައް ނުކުރަން އެންގީ، މި އަހަރުގެ ޝިއާރާ ގުޅުވައިގެން ކަންކަން ކުރުމަށް ބާރުއަޅަން ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ސޮއިކުރައްވައި، މިދިޔަ މަހުގެ 27 ގައި ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އަންހެން މުވައްޒަފުންނަށް ރަތް ދޫލައިން މަރުހަބާ ކިޔައި، މާބޮނޑިއާ ފިނިފެންމާ އަދި ޗޮކްލެޓު ދިނުމުގެ އިތުރުން ކޭކު ފަޅައި ބަދިގޭގައި ގެންގުޅޭ ތަކެތި ހަދިޔާ ނުކުރަން އަންގައިފަ އެވެ.

އެ ކަންކަމުގެ އިތުރުން ހުރިހާ ހަރަކާތެއްގައި ވެސް ހޭޝްޓެގްގެ ގޮތުގައި "ޖެނެރޭޝަންއީކުއަލިޓީ އަދި #އައިޑަބްލިއުޑީ2022 ބޭނުންކުރަން އެދިފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް މިނިސްޓްރީއަށް އަމާޒުވެފައިވެ އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި އަންހެނުންގެ ދުވަސް ފާހަގަކުރަން ހިންގާ ހަރަކާތްތަކާ މެދު ޖެންޑާ މިނިސްޓްރީން ގޮތްތައް ނިންމުމަށް ވުރެ އަންހެނުންގެ ހައްގުތައް ގެއްލިގެންދާއިރު، އެކަމާ ކަންބޮޑުވުންވުން ރަނގަޅެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރާއިރު ސަމާލުވާން މިނިސްޓްރީން އެދޭ ކަންކަން:

• މަރުހަބާ ކިޔަން ރަތް ދޫލަ އެޅުން

• މާބޮނޑި ދިނުން

• ފިނިފެންމާ ދިނުން

• ޗޮކްލެޓް ދިނުން

• ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި.

އެއަށް ރައްދު ދެމުން މިނިސްޓްރީން ބުނީ ސާކިއުލާގެ މައިގަނޑު މަގުސަދަކީ މި އަހަރުގެ ޝިއާރާ ގުޅިގެން ހަރަކާތްތައް ހިންގުމަށް ބާރުއެޅުން ކަމަށެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހަށް އދ. ގެ އަންހެނުންގެ ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "ޖެންޑާ އީކުއަލީ ޓުޑޭ ފޯ އަ ސަސްޓެއިނަބްލް ޓްމޯރޯ" ނުވަތަ ދެމެހެއްޓެނިވި މާދަމާއަކަށް ޖިންސުގެ ހަމަހަމަކަމެވެ.