07 މާޗް 2022
މާދަމާ ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ބާއްވާއިރު ބައެއް ކަންކަންމަށް ސަމާލުވުމަށް ޖެންޑާ މިނިސްޓްރީން އެދިއްޖެ އެވެ.
މާދަމާ ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ބާއްވާއިރު ބައެއް ކަންކަންމަށް ސަމާލުވުމަށް ޖެންޑާ މިނިސްޓްރީން އެދިއްޖެ އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއިކުރައްވައި މިދިޔަ މަހުގެ 27 ގައި ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވި ސިޓީއެއްގައި، އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާއިރު ސަމާލުވާން އެދިވަޑައިގެންނެވީ ކަންތައްތަކަކީ:
• މަރުހަބާ ކިޔަން ރަތް ދޫލަ އެޅުން
• މާބޮނޑި ދިނުން
• ފިނިފެންމާ ދިނުން
• ޗޮކްލެޓް ދިނުން
• ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި.
އަންހެނުންގެ ދުވަސް ފާހަގަކުރަން އެ ތަކެތި އަންހެނުންނަށް ހަދިޔާއަކަށް ނުދިނުމުގެ އިތުރުން ވަކި ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް [މިސާލަކަށް އަންހެނުންނަށް ހާއްސަ ކަމަށް ބައެއް މީހުން ގަބޫލުކުރާ ފިޔާތޮށި ކުލަ] ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށް ވެސް ޖެންޑާ މިނިސްޓްރީން އެދެ އެވެ.
ސާކިއުލާގައިވާ ގޮތުން އަންހެނުންގެ ދުވަސް ފާހަގަކުރަން ވާނީ "ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ޝިއާރުގެ މަގްސަދު ހާސިލް ކުރެވޭނެ ގޮތަކަށެވެ. އަދި އެ ހަރަކާތްތަކުގެ ހޭޝްޓެގްގެ ގޮތުގައި "ޖެނަރޭޝަން އިކުއަލިޓީ" އާއި އައިޑަބްލިއުޑީ2022" ބޭނުންކުރެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، އަންހެނުންނަށް މާބޮނޑި އާއި ފިނިފެންމަލާއި ޗޮކްލެޓް ފަދަ ތަކެތި ދިނުމަކީ ވަރަށް އާންމު ކަމެކެވެ. ވަކިން ހާއްސަކޮށް ސްކޫލުތަކާއި ސަރުކާރުގެ އޮފީސްތަކުގައި މުއައްސަސާތަކުގައި ރަތް ދޫލައިން އެ ދުވަހު އަންހެން މުވައްޒަފުންނަށް މަރުހަބާ ކިޔައި، މާބޮނޑި ދެ އެވެ.
ފަޒްނާގެ ދިރިއުޅުމުގެ މިސާލުތަކުން އަންހެނެއްގެ ޒިންމާ
އާ އެކްޝަން ޕްލޭނުން ހައްގުތައް ލިބޭނެ: މިނިސްޓަރު
އާދޭހުގައި 13އަހަރު: މި މަންމަގެ ހައްގެއް ނުލިބުނު!
ސާކިއުލާ ނެރުނީ ޝިއާރާގުޅޭ ހަރަކާތް ހިންގަން ބާރުއަޅަން
"ގޭގައި ތިބެ އާމްދަނީ ހޯދާ އަންހެނުންގެ ދައުރު ބޮޑު"
ކަސްޓަމްސްގެ އަންހެނުން މުދާ ބަލައި ފާސްކުރަން ފަށައިފި
ރާއްޖޭގައި އަންހެނަކަށް ނުވާނެ ކަމެއް ނޯންނާނެ: ޒެނީޝާ
އަންހެނުން ބާރުވެރިކުރުމުގައި ނަމޫނާ ދެއްކިދާނެ: ރައީސް
ނަޝްވާ: 28 އަހަރުގެ ހިދުމަތަށް ސެލިއުޓް ހައްގު
އަންހެނުންނަށް ޓަކައި، މި ކުލަބުގެ ހިތްވަރަކީ މިއީ!