ދިވެހި ދައުލަތާ ވަކިން އެންމެ ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ސަރުކާރު، ޔުނައިޓެޑް ސުވައިދީބު ރިޕަބްލިކްގެ ވެރިޔާ އަބްދުﷲ އަފީފުގެ ދަރިކަލަކަށް ސީޝެލްގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސްކަން ލިބިވަޑައިގެންފި އެވެ.
07 މާޗް 2018
ދިވެހި ދައުލަތާ ވަކިން އެންމެ ދެކުނުގެ ތިން އަތޮޅުގައި އުފެއްދި ސަރުކާރު، ޔުނައިޓެޑް ސުވައިދީބު ރިޕަބްލިކްގެ ވެރިޔާ އަބްދުﷲ އަފީފުގެ ދަރިކަލަކަށް ސީޝެލްގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސްކަން ލިބިވަޑައިގެންފި އެވެ.
ސީޝެލްސް ސަރުކާރުގެ މަތީ މަގާމުތަކެއް ވެސް ކުރިން ފުރުއްވާފައިވާ، އަދި މިހާރު އެ ގައުމުގެ އިދިކޮޅު ޕާޓީގައި އުޅުއްވާ އަހުމަދު އަފީފު މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހަމަޖައްސަވާފައިވަނީ އިއްޔެ އެވެ. އެއީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވުމުންނެވެ. އަހްމަދު އަފީފް މަޖިލީހަށް އިންތިހާބުވީ މިދިޔަ އަހަރު އެވެ.
ސީޝެލްސްގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، ރައީސްގެ މަގާމުގައި ހުންނެވި ޕެޓްރިކް ޕިލޭ، އިސްތިއުފާ ދެއްވުމުން ނައިބު ރައީސް ނިކޮލަސް ޕްރިއާ، މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރެއްވުމުންނެވެ.
އިގުތިސާދީ ދާއިރާ އިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ އަފީފަކީ އަބްދުﷲ އަފީފުގެ ހަ ބޭފުޅުންގެ ތެރެއިން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ހަމައެކަނި ބޭފުޅާ އެވެ. ހަ ބޭފުޅުން ވެސް އެކި ދާއިރާތަކުން ތައުލީމް ހާސިލް ކުރައްވާފައިވެ އެވެ.
އަބްދުﷲ އަފީފް ރާއްޖެ ދޫކޮށް ސީޝެލްސް އަށް ދިރިއުޅުން ބަދަލު ކުރީ 1963 ވަނަ އަހަރު ސުވައިދީބު ސަރުކާރު އުވާލުމާއި ގުޅިގެން އިނގިރޭސީންގެ ހިމާޔަތުގަ އެވެ. އޭގެ ފަހުން އޭނާއާއި އާއިލާ ދިރިއުޅުއްވަނީ ސީޝެލްސްގަ އެވެ.
ސީޝެލްސްގެ ނައިބު ރައީސަށް އައްޑޫ އަފީފުގެ ދަރިކަލެއް
ޒާހިރުގެ "އައްޑޫ ރަދުން" ނެރެފި
ސުވައިދީބު ހާދިސާ އަފީފު ކިޔައިދިން ގޮތަށް، މިރޭ!
ވަގަށް އެތެރެކުރަނިކޮށް އެއްލައްކަ ސިނގިރޭޓު އަތުލައިފި
އިކުއޭޓާ ވިލެޖުގެ މައްސަލަ ހައްލުކޮށްފި
އީކުއޭޓާ ވިލެޖު ސްޓާފް ކުއާޓާޒްގެ ކޮޓަރިތައް ހުސްކޮށްފި
ފެނަަކައިގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކުރަނީ
ކޮޓަރިތައް ހުސްކުރަން އެއްބަސްވެ، ހައްލަކާ ދިމާއަށް
ޝަންގްރިއްލާ ރިސޯޓު މައްސަލައިގައި އަނެއްކާ މަޝްވަރާ
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ