06 މާޗް 2018
އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކަށް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރުގެ މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކަށް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރުގެ މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކުރީ ކާކުކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހާމަ ނުކުރީ އެވެ. އޭނާ އަކީ ރާއްޖޭން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ މީހެކެވެ. އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި މާލެއިންނެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެއާގެ އުޅަނދަކަށް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށްބުނާ "ޝިން ޔުއާން 18" އިން މުއާމަލާތްތަކެއް ކުރިކަން ޖަޕާނުގެ ފޮރިން މިނިސްޓްރީން ހާމަކުރުމާ އެކު ދިވެހި ސަރުކާރުން ވަނީ އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ބުނެފަ އެވެ. އެ ޓޭންކަރަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށް މެރިޓައިމް ވެބްސައިޓްތަކުން ދެއްކި ނަމަވެސް ސަރުކާރުން ވަނީ އެއީ ދޮގު މައުލޫމާތެއް ކަމަށް ބުނެފަ އެވެ.
ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ދެ އުޅަނދު ފެނުނީ އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގަނިކޮށް ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ މި ގޮތަށް ކަނޑުމަތީގައި މުއާމަލާތު ކުރުމަކީ މަނާ ކަމެކެވެ.
ޓޭންކަރުގެ މައްސަލާގައި ބައިނަލްއަގުވާމީ ތަހުގީގެއް ފަށާފައި ވާއިރު ދިވެހި ސިފައިންނާއި ފުލުހުން ވެސް އެ ތަހުގީގުގައި ބައިވެރިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ތެޔޮ ޓޭންކަރުގެ މައްސަލައަކީ ބޮޑު ރޭވުމެއް: މިނިސްޓަރު
ބޯޓު މައްސަލާގައި ހައްޔަރުކުރި މީހާ އަށް ގިނަ ތުހުމަތު
ތެޔޮ ބޯޓާއި ރާއްޖެއާ ގުޅުން އެބަ ހުރި: ސައުދު
ތެޔޮ ބޯޓުގެ މުއާމަލާތް އިދިކޮޅުގެ ބޮލުގައި އަޅުވައިފި!
ތެޔޮ ބޯޓުގައި ބޭނުންކުރީ ރާއްޖޭގެ ނަންބަރެއް ނޫން
"ބޯޓުގެ މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނަން"
ތެޔޮ ބޯޓުގައި ދިވެހި ދިދަ ނެގި މައްސަލަ ތަހުގީގުކުރަނީ
ޖަޕާނުން ބުންޏަސް އެއީ ރާއްޖޭގެ ބޯޓެއް ނޫން: ސަރުކާރު
ޖަޕާނުން ދިވެހި ފުލުހުންނަށް ގިނަ އަދަދެއްގެ ވެހިކަލް
ސަލާންޖަހާ ޖަޕާނު މީހާ އިމިގްރޭޝަނުން ދޫކޮށްލައިފި