01 މާޗް 2018
އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ރޭވުމެއް ކަމަށް ޕީޕީއެމުން މިއަދު ތުހުމަތުކޮށްފި އެވެ.
އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގި ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުނާ ރާއްޖޭގެ ތެޔޮ ޓޭންކަރަކީ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ރޭވުމެއް ކަމަށް ޕީޕީއެމުން މިއަދު ތުހުމަތުކޮށްފި އެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެ ހުރީ އުތުރު ކޮރެއާއާ އެއް މިސްރާބަކަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ތެޔޮ ޓޭންކަރުގެ މުއާމަލާތަކީ އިދިކޮޅު ފަރާތްތަކެއްގެ ރޭވުމަކަށް ވުން ގާތް ކަމަށެވެ.
"މި ކަންކަމަކީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ނަން ހަޑިކޮށްލުމަށް ކޮށްގެން އުޅޭ ކަމަކަށް ވުން ވެސް އެކަށީގެންވޭ،" ތޯރިގް ވިދާޅުވި އެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި އިއްޔެ ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ "ޝިން ޔުއާން 18" އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ "ޗޮން މާން ސަން" ފެނުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުން ކަމަށެވެ.
ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޯޓެއް ނޫން ކަމަށް ބުނެފަ އެވެ.
Raajje aai Uthuru Korea ge boat akun manaa muaamalaaiy thakeh
The most trusted news source in the Maldives
Mihaaru
ރާއްޖެ އާއި އުތުރުކޮރެއާގެ ބޯޓުން މަނާ މުއާމަލާތްތަކެއް ކުރި ކަމަށް ބުނުން.
ޑިފެންސް މިނިސްޓްރީން ބުނީ އެ ބޯޓުގައި ދިވެހި ދިދަ ނަގާފައިވާ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ތެޔޮ ބޯޓުގައި ދިވެހި ދިދަ ޖަހާފައި ހުރީ ރާއްޖެ އާއި އުތުރު ކޮރެއާއާ ގުޅުން އޮތް ކަން ދައްކަންވެގެން ކަމަށް ވެދާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ ވިދާޅުވެފަ އެވެ.
ނިއުކްލިއަ ބޮން އުފައްދާތީ އެމެރިކާ އާއި އދ. އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި އެ ގައުމަށް ތެޔޮ ވިއްކުން ވެސް މަނަ އެވެ.
ތެޔޮ ބޯޓުގައި ދިވެހި ދިދަ ނެގި މައްސަލަ ތަހުގީގުކުރަނީ
ތެޔޮ ޓޭންކަރުގެ މައްސަލައަކީ ބޮޑު ރޭވުމެއް: މިނިސްޓަރު
ތެޔޮ ބޯޓާއި ރާއްޖެއާ ގުޅުން އެބަ ހުރި: ސައުދު
ތެޔޮ ބޯޓުގައި ބޭނުންކުރީ ރާއްޖޭގެ ނަންބަރެއް ނޫން
"ބޯޓުގެ މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނަން"
ޖަޕާނުން ބުންޏަސް އެއީ ރާއްޖޭގެ ބޯޓެއް ނޫން: ސަރުކާރު
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން