28 ފެބުރުއަރީ 2018
އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު މައުލޫމާތެއް ކަމަށާއި އެހެންވެ، ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެ އާއި ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލަން މަސައްކަތް ކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން މިއަދު ދީފި އެވެ.
އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު މައުލޫމާތެއް ކަމަށާއި އެހެންވެ، ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެ އާއި ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލަން މަސައްކަތް ކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން މިއަދު ދީފި އެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯ މީޓަރު ބޭރުން ޗައިނާ ކަނޑުން ފެނުނު މި ބޯޓުތަކުގެ މައުލޫމާތު އާއްމުކޮށްފައިވަނީ ޖަޕާނުގެ ފޮރިން މިނިސްޓްރީންނެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި ބުނި ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ތެޔޮ ޓޭންކަރާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން، ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ފެނުނު އިރު ދެ އުޅަނދު އޮތީ އެކަތި އަނެކަތީގައި ބަނދެލައިގެން ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށެވެ.
އެކަމަކު އެކަން ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި "ޝިން ޔުއާން 18" ކިޔާ އެ ބޯޓުގައި ދިވެހި ދިދަ ނަގާފައިވާ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ވެެސް މިއަދު ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫން ކަމަށާއި އެހެންވެ، އެ މައްސަލަ ސަރުކާރުން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ޝަހުސަށް ގެއްލުންވާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ކުރާކަން އެނގިއްޖެ ނަމަ އެ ފަރާތަކާ މެދު ވެސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ އެ ގޮތަށް ކަނޑުމަތީގައި މުއާމަލާތު ކުރުމަކީ މަނާ ކަމެކެވެ.
ރައީސް އޮފީހުން ބުނީ އުތުރު ކޮރެއާ އާ ގުޅޭ ގަރާރުތައް ވެސް ހިމެނޭ ގޮތަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތައް ތަންފީޒު ކުރެއްވުމަށް އަބަދު ވެސް ސަރުކާރުން ސަމާލުކަން ދޭ ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަކީ ބޭރު ގައުމުތަކުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކޮށްދޭ ގައުމަކަށް ނުވާތީވެ، އެ އުޅަނދުގައި ދިވެހި ދިދަ ބޭނުންކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ، މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާ ކަމަށް ޑިފެންސް މިނިސްްޓްރީން ބުންޏެވެ.
ތެޔޮ ބޯޓުގައި ދިވެހި ދިދަ ނެގި މައްސަލަ ތަހުގީގުކުރަނީ
ތެޔޮ ބޯޓުގައި ބޭނުންކުރީ ރާއްޖޭގެ ނަންބަރެއް ނޫން
ޖަޕާނުން ބުންޏަސް އެއީ ރާއްޖޭގެ ބޯޓެއް ނޫން: ސަރުކާރު
ތެޔޮ ބޯޓުގެ މުއާމަލާތް އިދިކޮޅުގެ ބޮލުގައި އަޅުވައިފި!
ތެޔޮ ޓޭންކަރުގެ މައްސަލައަކީ ބޮޑު ރޭވުމެއް: މިނިސްޓަރު
ތެޔޮ ޓޭންކަރުގެ މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި
ތެޔޮ ބޯޓާއި ރާއްޖެއާ ގުޅުން އެބަ ހުރި: ސައުދު
ޝިޕިން އެޖެންސީގެ ގަވާއިދު އަލުން އެކުލަވާލައިފި
ރައީސްގެ ތަސައްވުރު ހަގީގަތަކަށް ހަދަން އެހީތެރިވާނަން
އާ މަޝްރޫއުތަކެއް ހިންގުމަށް ޖަޕާނާއެކު މަޝްވަރާކޮށްފި