19 ފެބުރުއަރީ 2023
މާލޭގެ މަގުމަތީގައި ސަލާން ޖަހައިގެން ފައިސާ ހޯދަން އުޅުނު ޖަޕާންގެ އަންހެން މީހާ ފުލުހުން އިމިގްރޭޝަނާ ހަވާލުކުރުމުން ދޫކޮށްލައިފި އެވެ.
މާލޭގެ މަގުމަތީގައި ސަލާން ޖަހައިގެން ފައިސާ ހޯދަން އުޅުނު ޖަޕާންގެ އަންހެން މީހާ ފުލުހުން އިމިގްރޭޝަނާ ހަވާލުކުރުމުން ދޫކޮށްލައިފި އެވެ.
އެ މީހާއަކީ މަގުމަތިން މީހުންނާ ބައްދަލުކޮށް، އެކި ފަހަރު އެކި ވާހަކަ ދައްކައިގެން ފައިސާ ހޯދާ މީހެކެވެ. އޭނާ ކުރިން އުޅެނީ ހުޅުމާލެ މަގުމަތީގަ އެވެ. ނަމަވެސް މިހާރު އާންމުކޮށް މާލޭގެ މަގުމަތިން ފެންނަ މީހާގެ މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް އައީ އޭނާގެ ވީޑިއޯއެއް މީހަކު ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ.
ފުލުހުން އެ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިމިގްރޭޝަނާ ހަވާލުކުރި ނަމަވެސް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަނީ އެ މީހާ ހައްޔަރުކޮށްފައި ބަހައްޓައިގެން ނޫން ކަމަށެވެ.
"ބައިވަރު ކަންތައްތަކެއް ހުރީމަ، ކޮންމެ ދުވަހަކު ވަކި ގަޑިއެއްގައި އިމިގްރޭޝަނަަށް ހާޒިރުވާގޮތަށް ދޫކޮށްލައިފައި ބަހައްޓައިގެން މައްސަލަ ބަލަނީ. އިމިގްރޭޝަނުން ގުޅީމާ އަންނާނީ. މައްސަލަ އެއްކޮށް ބަލައި ނިމުނީމާ އެނގޭނީ އޭނާ ފޮނުވާލާނީތޯ ނޫނީ ދެން އޭނާ އަށް ހަދާނީ ކިހިނެއްތޯ،" އޮފިޝަލް ވިދާޅުވި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މިއީ ދިވެއްސަކާ އިނދެގެން އުޅޭ މީހެކެވެ. އެހެންވެ އޭނާގެ އަތުގައި ރެސިޑެންސް ވިސާ އޮންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
މި މީހާ ސަލާންޖަހަން އުޅޭއިރު ދިމާވާ ބައެއް މީހުން ގާތު ބުނެފައި ވަނީ ކާނެ އެއްޗެއް ނެތިގެން ފައިސާ ހޯދަނީ ކަމަސެވެ. އަނެއް ބައެއްގެ ގާތު ބުނަނީ ވަރިކޮށްފައި ގެއިން ނެރެލުމުން ހާލުގައި ޖެހިގެން އުޅެނީ ކަމަށެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި މި އަންހެން މީހާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ.
ސަލާންޖަހަން އުޅުނު ޖަޕާނު މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
ޖަޕާނުން ދިވެހި ފުލުހުންނަށް ގިނަ އަދަދެއްގެ ވެހިކަލް
ޖަޕާނުން ފުލުހުންނަށް ދެ މިލިޔަން ޑޮލަރުގެ ތަކެތި ދީފި
ތެޔޮ ޓޭންކަރުގެ މައްސަލައަކީ ބޮޑު ރޭވުމެއް: މިނިސްޓަރު
ތެޔޮ ޓޭންކަރުގެ މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި
އޭސީސީ ހަރުދަނާކުރުމަށް ޖަޕާނާ އެކު އެއްބަސްވުމެއް
އިހުތިޖާޖުކުރި 55 ބިދޭސީން އިމިގްރޭޝަނަށް
ހަލީލަށް ޖަޕާނުގެ އެމްޕެރާގެ ހާއްސަ ޝަރަފެއް އަރުވައިފި
ބޯޑަރުގައި ބޭނުންކުރަން ސިއްހީ ސާމާނު ހަދިޔާ ކޮށްފި
ހަށި ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފި