01 މާޗް 2018
ބާސެލޯނާ (މާޗް 1) - މިއީ އާސެނަލް ކޯޗުކަމުން އާސެން ވެންގާ ވަކިކޮށް އެ ޓީމުގެ ކުރީގެ ތަރި ތިއެރީ އޮންރީއާ އެ ޓީމު ހަވާލުކުރަންވީ ވަގުތު ކަމަށް ބާސެލޯނާގެ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ ބުނެފި އެވެ.
ބާސެލޯނާ (މާޗް 1) - މިއީ އާސެނަލް ކޯޗުކަމުން އާސެން ވެންގާ ވަކިކޮށް އެ ޓީމުގެ ކުރީގެ ތަރި ތިއެރީ އޮންރީއާ އެ ޓީމު ހަވާލުކުރަންވީ ވަގުތު ކަމަށް ބާސެލޯނާގެ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ ބުނެފި އެވެ.
އާސެނަލްގެ ނަތީޖާތަށް ފާއިތުވި އަހަރުތަކުގައި ދަށްވަމުން އަންނާތީ އެ ޓީމުގެ ކޯޗުކަމުން ވެންގާ ވަކި ކުރަން އެ ޓީމުގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ތަފާތު ކެމްޕެއިންތައް ހިންގަމުންނެވެ. އެހެން ނަމަވެސް އާސެނަލްގެ މެޖޯރިޓީ ހިއްސާދާރު ސްޓެން ކްރޮއެންކާ މަގާމުގައި ހުއްޓައި ވެންގާ އެ ޓީމުން ދުރު ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާގެ ރައީސް ކަމުގައި ލަޕޯޓާ ހުރިއިރު އެ ޓީމުގެ ނަތީޖާތަށް ދަށްވަމުން ދަނިކޮށް އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ފްރޭންކް ރައިކާޑް މަގާމުން ދުރުކުރަން ނިންމީ 2008 ވަނަ އަހަރު މެއި މަހު ވާދަވެރި ރެއާލް މެޑްރިޑް އަތުން 4-1 އިން ބަލިވި މެޗަށް ފަހު އެވެ. ރައިކާޑް މަގާމުން ދުރުކޮށް ލަޕޯޓާ އެ ޓީމުގެ ކޯޗުކަމަށް ގެނައީ ޕެޕް ގާޑިއޯލާ އެވެ. ގާޑިއޯލާ އަކީ އޭރު ބާސެލޯނާގެ ދެ ވަނަ ޓީމުގެ ކޯޗެވެ. ގާޑިއޯލާ ގެންނަން ލަޕޯޓާ ނިންމީ އެ ޓީމުގެ ބޯޑުން ހޯސޭ މޮރީނިއޯ ގެންނަން ލަފާދީފައިވަނިކޮށެވެ.
"ހަގީގަތުގައި އަހަރެން ވިސްނިގޮތަށް ގިނަ ބަޔަކު އޭރު ނުވިސްނި. ގިނަ ބަޔަކު ދުށީ ގާޑިއޯލާ ފެއިލްވާނެ ކަމަށް. އެކަމަކު ފެނިގެންދިޔައީ ގާޑިއޯލާ ތާރީހު ބަދަލުކޮށްލިތަން. އަރަމުން އަންނަ ކޯޗުންނަށް ފުރުސަތު ދިނުން ރަނގަޅު. އަހަރެންގެ ނަޒަރުގައި މިއީ އާސެނަލުން އޮންރީ އަށް ފުރުސަތު ދޭންވީ ވަގުތު. އޮންރީ އަކީ ކޯޗިންގެ ތަޖުރިބާ އެންމެ މުއްސަނދި މީހާއެއް ނޫން. އެކަމަކު އާސެނަލް އެންމެ ރަނގަޅަށް އެނގޭނީ އޮންރީ އަށް،" ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ލަޕޯޓާ ބުންޏެވެ.
އާސެނަލުން މި ސީޒަނަށް ފަހު ވެންގާ ވަކިކުރާނެ ކަމަށް އިނގިރޭސި މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި އެ ޓީމާ ދެން ހަވާލުވާނެ ކަމަށް މީޑިއާގައި ނަން ހިނގާ ކޯޗުންނަކީ ޔޫރަޕްގައި ގިނަ ކާމިޔާބީތަކެއް ހޯދި ކާލޯ އަންޗެލޮޓީ އާއި ލިވަޕޫލްގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސް އެވެ.
ދާދި ފަހުން ސްކައި ސްޕޯޓްސްގެ ޝޯއެއްގައި އޮންރީ ވަނީ އާސެނަލް ކޯޗުކަމަށް އަންނަން ފުރުސަތު ލިބިއްޖެނަަމަ ބޭނުން ހިފާނެ ކަމަށް ބުނެފަ އެވެ.
"އާސެނަލް ކޯޗުކަމަށް އަންނަން ފުރުސަތު ލިބިއްޖެނަމަ އެއީ ހުވަފެނެއް ހަގީގަތަކަށް ވުން. އާސެނަލް ކަހަލަ ޓީމެއްގެ ކޯޗުކަން ލިބިއްޖެނަމަ އެއްވެސް ކޯޗެއް ދޫކޮށްލާނެ ހެނެއް ހިއެއް ނުވޭ. އަމުދުން އަހަންނަކީ އާސެނަލްގެ މީހެއް،" މިހާރު ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތް ކުރަމުން އަންނަ އޮންރީ ބުންޏެވެ.
އާސެނަލް ކޯޗުކަމުން ވެންގާ ވަކިކުރުން ލަސްވެއްޖެ ކަމަށް އެ ޓީމަށް ކުރިން ކުޅުނު ފޯވާޑް އިއާން ރައިޓް ވަނީ ބުނެފަ އެވެ.
އޮންރީ ހަވާލުވާނީ ފްރާންސް ކްލަބަކާ: ވެންގާ
ހަަރަދު ނުކޮށް އާސެނަލަށް ދެން ކުރިމަގެއް ނެތް: އޮންރީ
އާސެނަލް ރަށުން ބޭރުގައި ބަލިވުމުން ހައިރާނެއް ނުވޭ
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
އާސެނަލް ގަންނަން އުޅޭ ބިލިއަނަރުގެ ފަހަތުގައި އޮންރީ
އާސެނަލާއި ބާސެލޯނާ އަށް ނޫނެކޭ ނުބުނާނަން: އޮންރީ
ވެންގާ އަށް އާސެނަލުން މަގާމެއް ދެނީ
އާސެނަލްގެ ހާލަތާ މެދު ވެންގާ ހިތާމަކުރަނީ
ކޯޗިންގައި އޮންރީ ފްލޮޕަކަށް ނުވާނެ: ވެންގާ
މެސީ އާއި ރޮނާލްޑޯ ނުގެނެވުމަކީ ހިތާމައެއް: ވެންގާ