04 އޮކްޓޯބަރ 2023
ލެންސް (އޮކްޓޫބަރު 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ފްރާންސްގެ ލެންސް އާ ވާދަކޮށް 2-1 އިން އާސެނަލް ބަލިވުމަކީ ހައިރާން ކުރަނިވި ނަތީޖާއެއް ނޫން ކަމަށް އާސެނަލްގެ ލެޖެންޑް ތިއެރީ އޮންރީ ބުނެފި އެވެ.
ލެންސް (އޮކްޓޫބަރު 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ފްރާންސްގެ ލެންސް އާ ވާދަކޮށް 2-1 އިން އާސެނަލް ބަލިވުމަކީ ހައިރާން ކުރަނިވި ނަތީޖާއެއް ނޫން ކަމަށް އާސެނަލްގެ ލެޖެންޑް ތިއެރީ އޮންރީ ބުނެފި އެވެ.
ރޭގެ ބައްޔަކީ އާސެނަލް މި ސީޒަނުގައި ވީ ފުރަތަމަ ބައްޔެވެ. ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފަސޭހަ ކަމާއެކު ނެދަލެންޑްސްގެ ޕީއެސްވީ ބަލިކުރިއިރު، ޕްރިމިއާ ލީގުގައި ވެސް ކުޅުނު ހަތް މެޗުން އަދި ބައްޔެއް ނުވެ އެވެ. ލީގް ކަޕްގައި ވެސް އާސެނަލް ވަނީ މޮޅަކާ އެކު ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.
ލެންސްގެ ދަނޑުގައި ރޭ ގެބްރިއެލް ޖީސުސްގެ ގޯލަކުން މެޗުގެ ވަރަށް ކުރީކޮޅު އާސެނަލް ލީޑު ނެގި ނަމަވެސް، ރޭ މެޗުގައި އާސެނަލްގެ ގޯލު ބެލެހެއްޓި ޑޭވިޑް ރާޔާ އަށް ހެދުނު ގޯހަކުން އެޑްރިއެން ތޮމާސޮން ލެންސަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. ދެވަނަ ހާފުގައި ލެންސް މޮޅު ކޮށްދިނީ އެލްޔޭ ވަހީ ޖަހައިދިން ގޯލުންނެވެ.
ލެންސް މޮޅުވި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
"ޔޫރަޕްގައި ރަށުން ބޭރުގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން. ސްކްރީނުން އަހަރެމެންނަށް މި ފެންނަ ކުޅުންތެރިން މޮޅުވާން ޖެހީ މޮޅު ގޯލެއް. ކޮންމެ ބޯޅައަކަށް ވަރަށް ވަރުގަދައަށް މަސައްކަތް އެބަ ކުރޭ،" އެމެރިކާގެ ސީބީއެސް ސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޮންރީ، ރޭމެ މެޗަށް ފަހު ބުންޏެވެ.
"އެމީހުން [ލެންސް] އާއްމު ގޮޮތެއްގައި އަމިއްލަ ދަނޑުގައި ބައްޔެއް ނުވާނެ، އެކަން ދައްކުވައިދީފި މިރޭ. ސީޒަންގެ ފެށުން އެމީހުނަށް ގޯސް ވިއަސް އެއީ ހޯމްގަ [އަމިއްލަ ދަނޑުގަ] މޮޅު ޓީމެއް. މިއީ އަހަރެން ހައިރާން ވާ ނަތީޖާއެއް ނޫން."
"Away from home, nothing is easy... I'm not surprised with this result."
— CBS Sports Golazo ⚽️ (@CBSSportsGolazo) October 3, 2023
Thierry Henry, @carra23 and @micahrichards reflect on Arsenal's loss to Lens. pic.twitter.com/2K2pdFzVMG
އާސެނަލްގެ މި ބައްޔާ އެކު އެޓީމަށް ދިމާވި އެންމެ ބޮޑު ނުތަނަވަސްކަމަކީ އެޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ ބުކަޔޯ ސަކާ އަށް އަނިޔާ ވުމެވެ. މެޗަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އަނިޔާ ސީރިއަސް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އާސެނަލް އަށް ކުރިއަށް އޮތީ އާދިއްތަ ދުވަހުގެ ރޭ ލީގުގައި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. މިދިޔަ ސީޒަންގައި އާސެނަލް ލީގު ހޯދުމާ ގާތަށް ޖެހިލައިފައި ވަނިކޮށް ފަހުވަގުތު ކުރިއަރައި ލީގު ހޯދީ ސިޓީ އެވެ. ސިޓީއާ ދެކޮޅަށް ސަކާ އަށް ނުކުޅެވޭ ނަމަ އެއީ އާސެނަލް އަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.
ރޭގެ މެޗަށް އެރުމުގެ ކުރިން އާސެނަލްގެ ސަކާ، އޭނާ އަށް އަނިޔާ ވެގެން ފުރަތަމަ ހާފު ނުނިމެނީސް ވަނީ ބަދަލު ކޮށްފައި.-- ފޮޓޯ: އޭއެފްޕީ
"ބުކަޔޯ [ސަކާ] އާ ބެހޭގޮތުން ބުނަންޏާ ބުނެވޭނީ، ދަނޑުމަތީގައި އޭނާ އެބަ ކުރޭ ކުރެވެން ހުރި ހުރިހާ ކަމެއް،" ރޭގެ މެޗަށް ފަހު އާޓެޓާ ބުންޏެވެ.
"ދަނޑުމަތީގައި އޭނާ ނެތުމަކީ ފަޅުކަމެއް، ނޭނގޭ ކިހާ ދުވަހެއް ވާނެ ކަމެއް [އަނިޔާއިން ރަނގަޅުވާން]، އެކަމު ސިޓީ ބަލިކުރާނެ ގޮތެއް ހޯދަން ޖެހޭ. އެއީ އަހަރެމެންނަށް ލީގުގައި ސިޓީ ބަލި ނުކުރެވޭތާ ވަރަށް ދުވަސް ވެއްޖެ."
ލީގުގައި އެންމެ ފަހުން އާސެނަލް އިން ބޯންމަތާއި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ސަކާ އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ދިމާވި އެވެ. ނަމަވެސް އެއީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށް އާޓެޓާ ބުންޏެވެ.
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ބާސާގެ ފުރަތަމަ ބަލި، އާސެނަލަށް ހޯދުނީ ޕޮއިންޓެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ޕެނަލްޓީ ނުދިނުމުން ޓުޗެލް ބުނީ ރެފްރީ ހިތްވަރެއް ނެތޭ
އާސެނަލްގެ ދަނޑަށް ބެޔާންގެ ސަޕޯޓަރުން ވަނުން މަނާ
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
އިހާނެތި ބަސްތައް ބުނިކަމުގެ ބޮޑު ތުހުމަތެއް އާޓެޓާއަށް
ޕޯޗުގަލްގައި ފަހު ވަގުތު އާސެނަލް ހިމޭން ކޮށްލައިފި
އާސެނަލް މޮޅުކޮށްދިން ގޯލަށްފަހު ޖީސަސްއަށް އަނިޔާވެއްޖެ