28 ފެބުރުއަރީ 2018
އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބީސީ އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސައިކްލޯން ބީސީ ހޯދައިފި އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބީސީ އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސައިކްލޯން ބީސީ ހޯދައިފި އެވެ.
ޓީރެކްސް އިން ފިރިހެން ޑިވިޝަން ކާމިޔާބުކުރީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ވާދަވެރި ކިންގްސް ބީސީ އަތުން 98-85 ޕޮއިންޓުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކިންގްސްގެ ރިޝްފާން ރަޝީދެވެ. އޭނާ 22 ޕޮއިންޓް އެއްކުރި އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާން (ޗިކު) އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ރިޝްފާންގެ އިތުރުން ސްޓިންގާސްގެ މުހައްމަދު ސަބީހް ތައުފީގާއި ޓީރެކްސްގެ ހުސެއިން ހަލީމާއި އަހުމަދު ޒަބީރުގެ އިތުރުން އަހުމަދު ހުޝާމެވެ.
ސައިކްލޯން ކުޅުންތެރިން. --ފޮޓޯ: ސައިކްލޯން ބީސީގެ ފޭސްބޫކް
މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސައިކްލޯން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުން ޖިބިލީ ސްޕޯޓްސް ކްލަބް އަތުން 48-36 ޕޮއިންޓުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސައިކްލޯންގެ ރައިފާ އިބްރާހީމެވެ. އޭނާ 13 ޕޮއިންޓް އެއްކުރި އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޖިބިލީ އަށް ކުޅޭ، ރާއްޖޭގެ އެންމެ ހުނަރުވެރި އެއް އަންހެން ކުޅިވަރު ތަރި އައިމިނަތު ޝިއުރާ އަބްދުލްބާރީ އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސައިކްލޯންގެ ރައިފާ، އައިމިނަތު އިސްރާއު އަބްދުލްޝުކޫރު، ނަޝްފާ އާމިރާ (ނައްފަ)، ޒުލެއިޚާ އިބްރާހިމް އަދި ފާތިމަތު ޝައިލާން އަފްޒަލް އެވެ.
މި ފަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވަނީ އެއް މެޗުގައި އެންމެ ގިނަ ޕޮއިންޓް އެޅި ޓީމުގެ ރެކޯޑް ދެ ފަހަރު، އަދި އެންމެ ގިނަ ޕޮއިންޓް އެޅި ކުޅުންތެރިޔާގެ ރެކޯޑް ތިން ފަހަރު މުގުރާލައިފަ އެވެ.
ޓީރެކްސްގެ ޗިކު: ތަފާތު މޮޅު ކުޅުމެއް ދެއްކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ރެޑްލައިނުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ޒިލާލް 2013 ވަނަ އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕުގެ މެޗެއްގައި 67 ޕޮއިންޓް އެއްކޮށްގެން ހަދާފައިވާ އިންޑިވިޖުއަލް ރެކޯޑް މި ފަހަރުގެ މުބާރާތުގައި އެންމެ ފުރަތަމަ މުގުރާލީ ލަޔަނެސް ސްޕޯޓްސް ކްލަބް ކޮޅަށް 85 ޕޮއިންޓް އެއްކޮށްގެން ޓީރެކްސްގެ ޗިކު އެވެ. އޭގެ ފަހުން ސްޓިންގާސްގެ އުމުރުން 19 އަހަރުގެ ސަބީހު ވަނީ ލަޔަނެސް ކޮޅަށް 88 ޕޮއިންޓް އަޅައިގެން އެ ރެކޯޑް މުގުރާލައިފަ އެވެ. ޗިކު އަލުން އެ ރެކޯޑް މުގުރާލީ ހާފް ކޯޓް މޯލްޑިވްސް ކޮޅަށް 110 ޕޮއިންޓް އަޅައިގެންނެވެ.
އެމްބީއޭ ޗެމްޕިއަންޝިޕުގައި 2013 ވަނަ އަހަރު ވީ ޔުނައިޓެޑް އަތުން 220-43 ޕޮއިންޓުން މޮޅުވެ ރެޑްލައިނުން ހެދި ރެކޯޑް ޓީރެކްސް އިން އެންމެ ފުރަތަމަ މުގުރާލީ އެމްބީއޭ ޗެމްޕިއަންޝިޕުގައި މި މަހުގެ 10 ވަނަ ދުވަހުގެރޭ ލަޔަނެސް ސްޕޯޓްސް ކްލަބް އަތުން 231-14 ޕޮއިންޓުން މޮޅުވެގެންނެވެ. އެ ރެކޯޑް އެ ޓީމުން އަލުން އާކުރީ ކްލަބް ބްލޫ ލެޕަޑް ސްޕޯޓްސް އަތުން 255-32 ޕޮއިންޓުން މޮޅުވެގެންނެވެ.
ޒިލާގެ ކޯޗުކަމުން ކިންގްސްއަށް ތަށި، ހާއްސަ ކާމިޔާބެއް
އަމްޒަރާއި އިސްރާއު: ދެމަފިރިންނަށް ހާއްސަ އުފަލެއް
އެެއް ވަނައިގައި ސްޓިންގާސް އާއި ކިންގްސް
ޓީރެކްސް ރެކޯޑް އާކުރިއިރު ސަބީހަށް އާ ރެކޯޑެއް
ޗިކާއި ޓީރެކްސް އިން ބާސްކެޓުގެ ރެކޯޑެއް ގާއިމްކޮށްފި
ފުރަތަމަ ދެ މެޗު ކިންގްސް އާއި ރޯޔަލްސް އަށް
އެމްބީއޭ ޗެމްޕިއަންޝިޕް ޓީރެކްސް އާއި ޓައިޓަންސް އަށް
ޓީރެކްސް އާއި ކިންގްސް ފައިނަލަށް
އެމްބީއޭ ޗެމްޕިއަންޝިޕް ރެޑްލައިން ކާމިޔާބުކޮށްފި
އެމްބީއޭ ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަން ޔޫތަށް