09 ސެޕްޓެމްބަރ 2017
އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބީސީ އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓައިޓަންސް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބީސީ އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓައިޓަންސް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ޓީރެކްސް ކާމިޔާބުކުރީ ކިންގްސް ބީސީއާ ވާދަކޮށް އެންމެ ޕޮއިންޓެއްގެ ތަފާތުން 74-75 ޕޮއިންޓުންނެވެ.
މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު 23-19 ޕޮއިންޓުން ކުރީގައި އޮތީ ކިންގްސް އެވެ. އެކަމަކު ދެ ވަނަ ކުއާޓަރު ނިމުނުއިރު ޓީރެކްސް ވަނީ 45-42 ޕޮއިންޓުން ކުރިއަށް ޖެހިލައިފަ އެވެ. ތިން ވަނަ ކުއާޓަރު ނިމުނުއިރު ދެ ޓީމު ވެސް އޮތީ 57-57 ޕޮއިންޓުން ހަމަހަމަކޮށެވެ. ފަހު ކުއާޓަރު ވަރަށް ވާދަވެރިކޮށް ދިޔައިރު ޓީރެކްސް ވަނީ އެންމެ ޕޮއިންޓެއްގެ ތަފާތުން މޮޅުވެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ކިންގްސްގެ އަފްޝަން (ވ) އާއި ޓީރެކްސްގެ ޒަބީރު ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މި މެޗުގައި ކިންގްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 16 ޕޮއިންޓާ އެކު ރިޝްފާން ރަޝީދެވެ. މީގެ އިތުރުން މުހައްމަދު ޒިލާލް ވަނީ 15 ޕޮއިންޓް އެއްކޮށްދީފަ އެވެ. ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 23 ޕޮއިންޓް އެއްކޮށްދިން ހުސެއިން ހަލީމެވެ. ދެން އެންމެ ގިނައިން ޕޮއިންޓް އެއްކޮށްދިނީ 18 ޕޮއިންޓާ އެކު ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާން (ޗިކު) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ އަހުމަދު ހުޝާމެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކިންގްސްގެ ޒިލާލާއި ރިޝްފާނާއި ޓީރެކްސްގެ އަހުމަދު ޒަބީރާއި ޗިކު އަދި ދަ ބައުސްގެ އަބްދުﷲ އަމްޒަރެވެ.
ޓައިޓަންސްގެ ހުސްނާ އާ ޝަރަފްވެރި މެހެމާން ސަލްސާ އާމިރު (ވ) ތަށި ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓައިޓަންސް އިން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ސައިކްލޯން ބީސީއާ ވާދަކޮށް 41-37 ޕޮއިންޓުން މޮޅުވެގެންނެވެ. ފުރަތަމަ ކުއާޓަރުގައި 7-5 އިން ސައިކްލޯން ކުރީގައި އޮތްއިރު ދެ ވަނަ ކުއާޓާރުގައި ވެސް އެ ޓީމު ވަނީ 16-13 އިން ކުރި ހޯދައިފަ އެވެ. އެކަމަކު ތިން ވަނަ ކުއާޓަރުގައި 28-25 އިން ޓައިޓަންސް ކުރި ހޯދި ގޮތަށް އެ ޓީމުން މެޗު ނިންމާލީ 41-37 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނީ ޓައިޓަންސްގެ އައިމިނަތު ޝިއުރާ އެވެ. އޭނާ މި މެޗުގައި 19 ޕޮއިންޓް އެއްކުރިއިރު އޭނާ އަކީ އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ކުޅުންތެރިއާ ވެސް މެ އެވެ. ސައިކްލޯން އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 13 ޕޮއިންޓާ އެކު ފާތިމަތު ރިޝްމާ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސައިކްލޯންގެ ނަޝްފާ އާމިރާ (ނައްފަ) އާއި ރިޝްމާ އާއި ޓައިޓަންސްގެ ޝިޒްނާ ރަޝީދާއި އައިމިނަތު ނާޒިމާ އަދި ހުސްނާ މުހައްމަދު (ހުސީ) އެވެ.
ޓައިޓަންސް އާއި ސައިކްލޯން އިއްޔެ ހަވީރު ފައިނަލުގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒިލާގެ ކޯޗުކަމުން ކިންގްސްއަށް ތަށި، ހާއްސަ ކާމިޔާބެއް
އަމްޒަރާއި އިސްރާއު: ދެމަފިރިންނަށް ހާއްސަ އުފަލެއް
އެެއް ވަނައިގައި ސްޓިންގާސް އާއި ކިންގްސް
ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް އަށް
ޓީރެކްސް ރެކޯޑް އާކުރިއިރު ސަބީހަށް އާ ރެކޯޑެއް
ޗިކާއި ޓީރެކްސް އިން ބާސްކެޓުގެ ރެކޯޑެއް ގާއިމްކޮށްފި
ފުރަތަމަ ދެ މެޗު ކިންގްސް އާއި ރޯޔަލްސް އަށް
ޓީރެކްސް އާއި ކިންގްސް ފައިނަލަށް
އެމްބީއޭ ޗެމްޕިއަންޝިޕް ރެޑްލައިން ކާމިޔާބުކޮށްފި
އެމްބީއޭ ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަން ޔޫތަށް