Roadha Mihaaru
ގަތަރު، ސައުދީ، ޔޫއޭއީގެ ލީޑަރުންނާ ޓްްރަމްޕް ބައްދަލު ކުރައްވަނީ

ގަތަރު، ސައުދީ، ޔޫއޭއީގެ ލީޑަރުންނާ ޓްްރަމްޕް ބައްދަލު ކުރައްވަނީ

25 ފެބުރުއަރީ 2018

ވޮޝިންޓަން (ފެބްރުއަރީ 25) - ގަތަރާއި ސައުދީ އަރަބިއާ އަދި ޔޫއޭއީ ހިމެނޭ ގޮތަށް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ލީޑަރުންނާއި ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް މަސްތަކުގައި ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 25) - ގަތަރާއި ސައުދީ އަރަބިއާ އަދި ޔޫއޭއީ ހިމެނޭ ގޮތަށް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ލީޑަރުންނާއި ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް މަސްތަކުގައި ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ގަލްފުގެ ބައެއް ގައުމުތަކުގެ މެދުގައި މިހާރު އުފެދިފައިވާ ޑިޕްލޮމެޓިކް މައްސަލަ ހައްލު ކުރުމުގެ ގޮތުން މެދުއިރުމަތީގެ ލީޑަރުން ކުރިއަށް އޮތް ދެ މަސް ދުވަސްތެރޭ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ވަނީ ބުނެފަ އެވެ. މި ގޮތުން މާޗް އަދި އޭޕްރީލް މަހު ޓްރަމްޕާ ބައްދަލު ކުރަން ހަމަޖެހިފައިވާ ލީޑަރުންގެ ތެރޭގައި ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، އަބޫ ދާބީގެ ވަލީ އަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަދި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ހިމެނެ އެވެ.

އެމެރިކާގެ އޮފިޝަލް ވިދާޅުވީ ޓްރަމްޕާ އެކު ޖީސީސީގެ ލީޑަރުން ބާއްވާ ބައްދަލުވުމުގައި މި އަހަރުގެ ފަހުކޮޅު ޖީސީސީގެ ސަމިޓެއް ބޭއްވުމާއި މެދުއިރުމަތީގައި އީރާނުގެ ރޯލާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ގަލްފުގެ ގައުމުތަކުގެ މެދުގައި މައްސަލަ ބޮޑުވެފައި ވަނީ ސައުދީ އަަރަބިއާ، ޔޫއޭއީ، ބަހުރޭން އަދި މިސްރުން މިދިޔަ އަހަރުގެ ޖޫން މަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމުންނެވެ. ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ގަތަރަށް ކުރި ތުހުމަތު އެ ގައުމުން ވަނީ ދޮގުކޮށްފަ އެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ މި މަހު ކުރީކޮޅު ވިދާޅުވެފައި ވަނީ އެމެރިކާއާ އެކު ބާއްވާ ޖީސީސީގެ ސަމިޓެއްގައި ގަތަރުން ބައިވެރިވާނެ ކަމަށެވެ. އެމެރިކާއާ އެކު ޖީސީސީގެ ސަމިޓެއް އެންމެ ފަހުން ބާއްވާފައި ވަނީ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި މިދިޔަ އަހަރުގެ މެއި މަހު އެވެ.