26 ފެބުރުއަރީ 2018
މިިދިޔަ ސީޒަން ނިންމާލި ފަދަ މޮޅު ކުޅުމަކާ އެކު ސީޒަން އަލުން ފަށަން ނިއު ރޭޑިއަންޓް ކެތްމަދުވެފައި އޮތްއިރު، އެ ޓީމާ ދެކޮޅަށް މި ސީޒަން ފަށަން ޖެހުމަކީ ޓީސީ ސްޕޯޓްސް ކްލަބަށް ޗެލެންޖެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މިިދިޔަ ސީޒަން ނިންމާލި ފަދަ މޮޅު ކުޅުމަކާ އެކު ސީޒަން އަލުން ފަށަން ނިއު ރޭޑިއަންޓް ކެތްމަދުވެފައި އޮތްއިރު، އެ ޓީމާ ދެކޮޅަށް މި ސީޒަން ފަށަން ޖެހުމަކީ ޓީސީ ސްޕޯޓްސް ކްލަބަށް ޗެލެންޖެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު މި ދެ ޓީމު ބައްދަލުކުރާނެ އެވެ. މިދިޔަ ސީޒަނުގެ ފަހު ތިން މުބާރާތުގެ ތަށި ނިއު އިން ހޯދިއިރު، އެ ޓީމާ އެންމެ ގާތުން ވާދަކުރީ ޓީސީ އެވެ. އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރަން ޖެހޭތީ ޓީސީ އަށް މިދިޔަ ސީޒަނަށް ފަހު މި އަހަރަށް ތައްޔާރުވާން ލިބުނީ މަދު ވަގުތެވެ.
ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނީ ސީޒަންގެ ފުރަތަމަ މެޗަށް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
"ތެދެއް ޓީސީއާ އަހަރެމެން މިދިޔަ އަހަރު މުބާރާތްތަކަށް ޗެލެންޖް ކުރީ. މިދިޔަ ސީޒަނަށް ފަހު ޓީސީ އަށް ރަނގަޅު ބްރޭކެއް ނުލިބުނު އޭއެފްސީގައި ކުޅެން ޖެހޭތީ. އަހަރެމެން ރެސްޓް ކޮށްގެން ވަރަށް ރަނގަޅު ޕްރީ ސީޒަނެއް ކުރިއަށް ގެންދެވިއްޖެ. ދެ ޓީމުގެ ފިޓްނަސް ލެވެލްގައި ތަފާތުތަކެއް ހުންނާނެ. އެ ކަންތައް މެޗުގައި ފެންނާނެ،" އޮސްކާ ބުންޏެވެ.
"ހަތަރު ހަފްތާއާ ބައިގެ ޕްރީ ސީޒަނެއް ހެދިން. އަހަރެން ދެކޭގޮތުގައި ކުޅުންތެރިން ތިބީ ފޯމުގައި. އަހަރެން މިހުރީ ކުޅުންތެރިން އެ ކުޅުން ދައްކާތަން ބަލަން ކެތްމަދުވެފައި،" އޭނާ ބުންޏެވެ.
މިދިޔަ ސީޒަނުގައި ނިއު އަށް ގެއްލުނީ އެސްޓީއޯ މާލޭ ލީގު އެކަންޏެވެ. އެ ޓީމުން ވަނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ހޯދައިފަ އެވެ. މި ފަހަރު ވެސް ނިއު އިން ވަރުގަދަ ސްކޮޑަކާ އެކު ނުކުންނައިރު، ގިނަ ބަޔެއްގެ ނަޒަރުގައި ފޭވަރިޓަކީ އެ ޓީމެވެ. އޮސްކާ ބުނީ ފޭވަރިޓަށް ވުމަކުން އޭނާ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަހަރެމެން މި ފަށަނީ މާލޭ ލީގުން. އަހަރެމެންނަކީ މިދިޔަ އަހަރު މާލޭ ލީގުގެ ޗެމްޕިއަނުންނެއް ނޫން. މާޒިޔާ އަކީ ޗެމްޕިއަން. އަހަރެންނަށް ވަރަށް ގިނަ އަޑުތަކެއް އެބަ އިވޭ. އަހަރެމެންނަކީ އެންމެ ވަރުގަދަ ޓީމޭ. ފޭވަރިޓޭ ކިޔާ އަޑު. މިދިޔަ ސީޒަނަކީ މާޒީ. އަހަރެމެން އެއާ މެދު ނުވިސްނަން. އަހަރެމެންގެ އަމާޒަކީ ފުރަތަމަ މާލޭ ލީގު ކާމިޔާބު ކުރުން،" އޭނާ ބުންޏެވެ.
މިދިޔަ އަހަރު އޮތް ސްކޮޑުން ނިއު އަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. މުހިއްމު ކުޅުންތެރިން ވަނީ އެ ޓީމުގައި މަޑުކޮށްފަ އެވެ. އޮސްކާ ބުނީ މިހާރު އޮތީ ކުރިއަށް ވުރެން ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމެކެވެ.
"ވަރަށް ބެލެންސް ޓީމެއް މި ފަހަރު މި އޮތީ. ރަނގަޅު 18 ކުޅުންތެރިންނާއި ތިން ގޯލް ކީޕަރުން އެބަތިބި. އަހަރެން ކުޅުންތެރިން ތަފާތެއް ނުކުރާނަން. އަހަރެން ވީއައިޕީ ކާޑެއް ނުދޭނަން ތަޖުރިބާ ހުރުމަކުން ނޫނީ ޒުވާން ކުޅުންތެރިޔަކަށް ވީމާ. ނޫނީ ބޭރު ކުޅުންތެރިންނަށް ވީމައެއް. އަހަރެމެން މިއީ މުޅިން އެއްބަޔެއް. އެންމެ ރަނގަޅު ކުޅުންތެރިންނަށް ފުރުސަތު ދޭނީ،" އޭނާ ބުންޏެވެ.
ޓީސީގެ ކޯޗު ނިޒާމްބެ ބުނީ ނިއު އަކީ މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި ޓީމު ކަމަށާއި ޓީސީން ނުކުންނާނީ އެކަން ދަނެގެން ރަނގަޅު ރޭވުމަކާ އެކު ކަމަށެވެ.
"އެ މީހުން އޭއެފްސީ އަށާ އެއްކޮށް ސްކޮޑު އެއްކޮށް ތައްޔާރުކުރީ. އެ ހުރިހާ ކަމަކަށް ވިސްނައިގެން ޓީސީ ނުކުންނާނީ. މިއީ ސީޒަންގެ ފުރަތަމަ މެޗަށް ވުމުން ބަލިނުވެ ނިންމާލަން ބޭނުންވަނީ. ރަނގަޅު ނަތީޖާ އަކާ އެކު ނިންމާލުމަކީ ސީޒަން ކުރިއަށް ދިއުމަށް އެޅޭނެ ފިޔަވަޅެއް،" ނިޒާމްބެ ބުންޏެވެ.
ޓީސީ ވަނީ އޭއެފްސީ ކަޕް ކޮލިފައިންގައި ހަތަރު މެޗެއް ކުޅެފަ އެވެ. މި ހުރިހާ މެޗެއްގައި އެ ޓީމު ކުޅެފައިހުރި ގޮތް ނިއު އަށް އެނގޭނެ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ. އަދި އެއީ މި މެޗަށް ނުކުންނައިރު އޮތް ޗެލެންޖެއް ކަމަށް ވެސް ބުންޏެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެއް ގޮތުން މިއީ ޗެލެންޖަކަށް ވުރެ ބޮޑަށް ދެ ޓީމަށް ވެސް ތަންކޮޅެއް އުނދަގޫވާނެ ކަމެއް. ސީޒަން ނިންމާފައި ހުރި ގޮތާ. ޓީސީ އަށް މި ސީޒަނުގައި ނިއު ރޭޑިއަންޓްގެ ކުޅުން ފެނިފައެއް ނެތް. އެކަމަކު ޓީސީގެ ކުޅުނު މެޗުތައް ނިއު އަށް ފެނިފައި ހުންނާނީ. އެއީ އުނދަގޫވާނެ ކަމެއް. އެއް ގޮތުން އެއީ އެޑްވާންޓޭޖަކަށް ވެސް ވެދާނެ އެއީ ލޯކަލް ލީގުގައި ޓީސީ ކުޅޭނީ އެ ގޮތަކަށް ނޫންވީމަ. އެޑްވާންޓޭޖެއް ގޮތަށް ނަގަން މަސައްކަތް ކުރާނީ،" ނިޒާމްބެ ބުންޏެވެ.
ޓީސީން މި ސީޒަނަށް ގެނައި ބެލަރޫސްގެ ކީޕަރު ޑިމިޓްރީ އަސްނިން އަށް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން އަނިޔާވުމުން އޭނާ ކުޅުމާ ދުރަށްދާން ޖެހުނެވެ. އެހެން ނަމަވެސް އަސްނިންގެ ރިކަވަރީ ވަރަށް އަވަހަށްދާތީ މި ވަގުތަށް އޭނާ ބަހައްޓަން އެ ކްލަބުން ވަނީ ނިންމައިފަ އެވެ.
އަސްނިންގެ އަނިޔާއާ އެކު ޓީސީން ވަނީ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ގޯލްކީޕަރު އިފްރާހް އަރީފް ގެނެސްފަ އެވެ. ނިޒާމްބެ ބުނީ އިފްރާހް ގުޅުމަކީ ޓީމަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ދިވެހި އެކްސްޕީރިއެންސް ކީޕަރެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން. އިފްރާ ކޮންޑިޝަން އަދި އެންމެ ރަނގަޅެއް ނޫން. އެ ރަނގަޅު ކުރަން މަސައްކަތް މި ކުރަނީ. އިފްރާ ފޯމަކަށް އައިސްފިނަމަ ދިވެހި ދެ ކީޕަރުންނަށް އިސްކަންދޭނީ،" ނިޒާމްބެ ބުންޏެވެ.
ނިއުއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީސީގެ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް އަންނާނެ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
ނިއު އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
އުނދަގޫ މޮޅަކުން ނިއު އަށް ބޮޑު ލީޑެއް
ނިއު އަށް ލީގުގެ ކުރީގައި ހަމަޖެހިލުމުގެ ފުރުސަތެއް
ފޭދޫ އިއްބެގެ ހެޓްރިކާ އެކު ޓީސީ ތިން ވަނަ އަށް
ފަހު ވަގުތު ޓީސީން މާޒިޔާއާ އެއްވަރުކޮށްފި