މެޑްރިޑް (ފެބްރުއަރީ 23) - ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ހޯދުމަށް ރެއާލް މެޑްރިޑުން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވާން ރެއާލުގެ ކިޓް ސްޕޮންސަރު އެޑިޑާސް އިން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
23 ފެބުރުއަރީ 2018
މެޑްރިޑް (ފެބްރުއަރީ 23) - ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ހޯދުމަށް ރެއާލް މެޑްރިޑުން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވާން ރެއާލުގެ ކިޓް ސްޕޮންސަރު އެޑިޑާސް އިން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 24 އަހަރުގެ ކޭން އަކީ މި ވަގުތު ޔޫރަޕްގައި އެންމެ ފޯމުގައި ހުރި އެއް ފޯވާޑެވެ. މި ސީޒަނަށް ފަހު ކޭން ހޯދުމަށް ރެއާލުން ބޮޑު ބިޑެއް ކުރާނެ ކަމަށް ބެލެވެ އެވެ. ޓޮޓެންހަމުން ކޭން ނުވިއްކާނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް ރެއާލުން އޮތީ ދޫދޭ ގޮތަކަށް ނޫނެވެ.
ކޭން އަކީ ރެއާލުގެ އެއް ވަނަ ޓާގެޓް ކަމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ހަވާލާދެއްވައި ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޕެރޭޒް ވަނީ ފާއިތުވި ހަފްތާގައި އެޑިޑާސްއާ އެކު ކޭން އަށް ސްޕޮންސަޝިޕް އެއްބަސްވުންތަކެއް ތައްޔާރުކުރަން ވާހަކަ ދައްކައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕެރޭޒްގެ ވިސްނުން ހުރީ ކޭން ރެއާލާ ގުޅިއްޖެނަމަ އޭނާ އަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބޭ ވަރުގެ މުސާރައެއް ދިނުމަށެވެ. އެގޮތުން އެޑިޑާސް މެދުވެރިކޮށް ކޭންގެ މުސާރައިގެ ބޮޑު ބައި ސްޕޮންސަޝިޕް އެއްބަސްވުމެއްގެ ތެރެއިން ދޭން ރެއާލުން ވަނީ ނިންމައިފަ އެވެ.
އެޑިޑާސް އަކީ ފާއިތުވި 20 އަހަރު ރެއާލުގެ ސްޕޮންސަރެވެ. މީގެ ކުރިން ވެސް އެޑިޑާސް އިން ވަނީ ކުޅުންތެރިން ގެންނަން ރެއާލުން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވެފަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ގަރެތު ބޭލް އެވެ. ރެއާލުން 2013 ވަނަ އަހަރު ޓޮޓެންހަމަށް 100 މިިލިއަން ޔޫރޯ ދެއްކުމަށް ފަހު ބޭލް ގަތްއިރު، ރިޕޯޓްތައް ބުނާގޮތުން ބޭލްގެ މުސާރައިގެ 30 އިންސައްތަ ދޭން އެއްބަސްވެފައިވަނީ އެޑިޑާސް މެދުވެރިކޮށް ލިބޭ ސްޕޮންސަޝިޕް އެއްބަސްވުންތަކުންނެވެ.
ބެންޒެމާގެ މަގާމަށް ރެއާލުން ކޭން އަށް ފާރަލަނީ
ރެއާލް މެޑްރިޑް ކޭން ގަތުމުގެ މަޝްވަރާތަކުގައި
ކޭން އަށް ޒިދާންގެ ތައުރީފް
ކޭންގެ 60 ވަނަ ލަނޑާއެކު ބެޔާން ލީގު ހޯދުމާ ގާތަށް
ރެއާލުގެ ކޯޗުކަމާ ކްލޮޕް ހަވާލުނުވާނެ ކަމުގެ އިޝާރާތެއް
"ރެއާލުން އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއް ނެތް"
ރެއާލްގެ އެނބުރި އައުން ފެއިލްވެ އާސެނަލް ސެމީއަށް
އާސެނަލާ ދެކޮޅަށް ރެއާލުގެ ރޫހަކީ އެނބުރި އައުން
އާސެނަލަށް ބޮޑު މޮޅެއް، ރެއާލުން ބުނަނީ ނަތީޖާ އަނބުރާލެވޭނެ ކަމަށް
ރެއާލް ބަލިވެ ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް