Roadha Mihaaru
ސިއްހީ ހިދުމަތުގެ ގައުމީ ފެންވަރުގެ ޕްލޭން ލޯންޗުކޮށްފި

ސިއްހީ ހިދުމަތް ދޭންޖެހޭ ގައުމީ ފެންވަރުގެ ޕްލޭން އިފްތިތާހް ކޮށްފި

22 ފެބުރުއަރީ 2018

ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ފެންވަރުގެ ޕްލޭން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު އިފްތިތާހް ކޮށްދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ފެންވަރުގެ ޕްލޭން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު އިފްތިތާހް ކޮށްދެއްވައިފި އެވެ.

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރަން ކަނޑައަޅާފައިވާ ޕްލޭނުގެ ދަށުން، އެ ތަންތަނުގެ ފެންވަރާއި ބަލި މީހާއަށް ލިބެން ހުރި ފަރުވާތަކާއި މެޑިކަލް ވޭސްޓް ނައްތާލުމާ ގުޅޭ ކަންކަން ރަނގަޅު ގޮތެއްގައި ކުރެވިގެންދާނެ އެވެ. އޭގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު އެނގި، އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަން މިނިސްޓްރީން ފާހަގަކުރި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ނޭޝަނަލް ޕޭޝަންޓް ސޭފްޓީ އެންޑް އިންފެކްޝަން ކޮންޓްރޯލް ކޮމެޓީގެ މެމްބަރަކަށް، ހެލްތް މިނިސްޓަރު ނާޒިމް (ކ) ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ސަބަބުން ޖެހޭ ބަލިތަކުން ދުނިޔެ އިން އެތައް ބަޔަކު މަރުވާ ކަން ދިރާސާތަކުން ދައްކާ ކަމަށެވެ. ރާއްޖޭގައި އެފަދަ ދިރާސާއެއް ހަދާފައި ނެތް ކަމުގައި ވިއަސް އެއީ ރާއްޖޭގައި ވެސް ވަމުންދާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ނާޒިމް ވިދާޅުވީ ހިދުމަތް ދޭންޖެހޭ ފެންވަރުގެ ޕްލޭނެއް އެކުލަވާލުމުން، ދާއިރާއާ ގުޅޭ މުހިއްމު ތަފާސްހިސާބުތައް އެއްކުރެވިގެންދާނެ ކަމަށެވެ. ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އިމާރާތްކުރަމުން އަންނައިރު، އެ ދާއިރާ އަށް އިތުރަށް މީހުން ތަމްރީނުކުރަންޖެހޭ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހެލްތް މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހެލްތް މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑރ. އަރްވިންދް މާތުރް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު އިފްތިތާހް ކުރި ޕްލޭނަކީ ވެސް، ވަރަށް މުހިއްމު އަދި ބޮޑު ކުރިއެރުމެއް ލިބިގެން އަންނާނެ ޕްލޭނެއް ކަމަށް ވިދާޅުވި އެވެ.

އަރްވިންދް ވިދާޅުވީ ރާއްޖެ ފަދަ ގައުމެއްގައި ސިއްހީ ހިދުމަތް ދޭނެ ގައުމީ ފެންވަރެއް ކަނޑައަޅާފައި ހުރުމަކީ، ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.