18 ފެބުރުއަރީ 2018
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މީގެ ހަތަރު މަސް ކުރިން މަރުވި އަބްދުﷲ ރަޝީދު، ގ. ކީމާ، މަރަށް އިންސާފް ހޯދަން ކުރަމުން އަންނަ މަސައްކަތަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މީގެ ހަތަރު މަސް ކުރިން މަރުވި އަބްދުﷲ ރަޝީދު، ގ. ކީމާ، މަރަށް އިންސާފް ހޯދަން ކުރަމުން އަންނަ މަސައްކަތަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
މެއި 1، 2015ގައި ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ އޮކްޓޫބަރު 10 ގަ އެވެ. އޭނާ މަރުވީ ފަރުވާ ނުލިބި އެތައް ދުވަހެއް ވުމުން ކަމަށް އާއިލާއިން ބުނެ އެވެ.
އަބްދުﷲގެ މައްޗަށް ހުކުމް އައީ އެ މުޒާހަރައިގެ ތެރޭގައި ފުލުހަކު ވައްޓާލައިގެން ކުރި އަނިޔާގައި ބައިވެރިވެގެންނެވެ.
Abdulla ge fahuvaguth kolhu: Eynaa vanee ethah veyneh thahammal kohfai
The most trusted news source in the Maldives
Mihaaru
އަބްދުﷲ މަރުވުމުގެ ކުރިން އުޅުނު ހާލާ ގުޅޭ--
އާއިލާ އިން ބުނާ ގޮތުގައި އަބްދުﷲ މަރުވީ ކަރެކްޝަންސްއިން އެކަށީގެންވާ ފަރުވާ ނުދިނުމުންނެވެ. އެހެންކަމުން އެ މަރުގައި އިހުމާލެއްވޭތޯ ބެލުމަށް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ފުލުހުން ވެސް ވަނީ ތަހުގީގު ފަށާފަ އެވެ. އެ ތަހުގީގުތަކަށް އަބްދުﷲގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމްގެ ބަޔާން ވެސް ވަނީ ނަގާފަ އެވެ.
ޝެހެނާޒް ބުނީ އަބްދުﷲގެ މަރަށް އިންސާފު ލިބޭތޯ ކުރި މަސައްކަތަށް މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ޖަވާބު ދީފައިނުވާ ކަމަށެވެ. އަދި ފިރިމީހާގެ މަރަށް އިންސާފް ލިބޭނެ ކަމަށް މިހާރު ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ސަރުކާރުގެ އިހުމާލުން ފިރިމީހާ މަރުވީ. މި ސަރުކާރަކުން އިންސާފެއް ނުލިބޭނެ އެކަމަކަށް،" އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިންގެ މަންމަ ބުންޏެވެ.
އަބްދުﷲ ބަލިވެގެން ޖަލުގައި ބޭސްކުރި ކަމުގެ ލިއުންތައް އާއިލާ އަށް ވަނީ ލިބިފަ އެވެ. އެ ލިއުންތަކަށް ބަލާއިރު ވެސް އަބްދުﷲ މަރުގައި ކަރެކްޝަަނަލް ސާވިސްގެ އިހުމާލު ހިމެނޭ ކަމަށް ތުހުމަތުރެވޭނެ ޖާގަ އެބަ އޮތް ކަމަށް ޝެހެނާޒް ބުންޏެވެ. "ލިއުންތަކުން އެބަ އެނގޭ ކިޑްނީ އާއި ފުއްޕާމޭ ފެއިލްވެފައިވާ ކަން. އެކަން އެހެންވީ ބަލި ހާލަތު ބޮޑުވިއިރު ވެސް އެކަށީގެންވާ ފަރުވާ ނުދިނުމުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އޭނާ ބުންޏެވެ.
އަބްދުﷲގެ މަރާ ގުޅިގެން އެ ދުވަސްވަރު މާފުށީ ޖަލުގައި ހުރި ގައިދީއަކު އެހެން މީހަކަށް ފޮނުވި މެސެޖެއްގައި ބުނީ އަބްދުﷲ މަރުވީ ޖަލު ގޮޅީގައި ވޭންތަކެއް ތަހައްމަލްކުރަމުން ގޮސް ކަމަށެވެ. އޭނާއަށް އެކަށީގެންވާ ފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވެފައިވާ ކަމަށް، އަަބްދުﷲގެ ހާލަތަށް އަންނަމުން ދިޔަ ބަދަލުތަކުން އެނގޭ ކަމަށް ވެސް ގައިދީ ބުނެފައިވެ އެވެ.
އަބްދުﷲގެ މަރުގައި އިހުމާލުވެފައިވާކަމަށް ކުރެވޭ ތުހުމަތުތަކަށް ކަރެކްޝަނުން ދެކޮޅުހަދަ އެވެ.
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އަތުހަރުގެ އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުމެއް ނުވޭ
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް
ޖަލު އޮފިސަރަކަށް ހަމަލާދޭން އުޅުނު ދެ މީހަކު ހައްޔަރު
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
ކަރެކްޝަންސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފި
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ޖަލު އޮފިސަރުން ވެސް ކެމެރާ ބޭނުންކުރަން ފަށައިފި
އެންމެ ގިނަ ސިމް ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި!